|
ސްޕަވައިޒަރ
|
މަޤާމް:
|
|
01 (އެކެއް)
|
ބޭނުންވާ އަދަދު:
|
|
ބިލްޑިންގް މެއިންޓެނެންސް
|
ޑިޕާޓްމަންޓް:
|
|
ގދ.ރަތަފަންދޫ ބްރާންޗް
|
މަސައްކަތް ކުރާތަން:
|
|
5200ރ. (ފަސްހާސް ދުއިސައްތަ ރުފިޔާ)
|
މުސާރަ:
|
|
މުސާރައިގެ %45
|
ސަރވިސް އެލަވަންސް:
|
|
މުސާރައިގެ %35
|
ހާޟިރީ އެލަވަންސް:
|
|
މުސާރައިގެ %20
|
އިތުރުގަޑީގެ އެލަވަންސް:
|
|
(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
(ށ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލް ކޮށްފައިވުން، ނުވަތަ
(ނ) ވަކިވަކި ދާއިރާތަކުގެ އޮނިގަނޑު ތަކުގައި އެ ދާއިރާއަކުން އެމް.އެސް 1 ރޭންކަށް ކަނޑައަޅާ ތަމްރިނެއް ހާސިލްކޮށްފައިވުން، ނުވަތަ
(ރ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތު ކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުންދިއުމާއިއެކު، ޖީ.އެސް 4 ރޭންކުގެ ޝަރުތު ފުރިހަމަވެ އެ ރޭންކުގައި މަޤާމާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
(ބ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތު ކޮށްދިނުމާއިއެކު، އެމް.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރާ މީހެއް ކަމުގައިވުން،
(ޅ) އުމުރާއި ސިއްޙަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން.
|
ފެންވަރު ނުވަތަ ޝަރުތު:
|
- އޮފީހަށް ލިބޭ ސިޓީ ފަދަ ތަކެއްޗައް އަޅަންޖެހޭ ފިޔަވަޅު އޮފީސް ހިންގަވަންހުނަ ވެރިއެއްގެ މަޝްވަރާގެ ދަށުން އަޅަމުން ގެންދިއުން.
- ދުވަހުން ދުވަހަށް ނިންމަންޖެހޭ މަސައްކަތް ރަސްމީގަނޑީގައި ނިންމުމަށް ބާރު އެޅުމާއި މިގޮތުގެމަތީން ނިންމަންޖެހޭ ކަމެއް ނުނިމިއޮތްނަމަ އެކަމެއް ޤަވާޢިދުން އިތުރުގަޑީގައި މުވައްޒަފުން ނެރެގެން ކޮށް ނިންމުން. އަދި މުވައްޒަފުންނާއި، ޙަވާލުކުރެވިފައިވާ މަސައްކަތްތައް ކުރުމުގައި އެހީތެރިވެ އެއްބާރުލުމާއި، ގުޅިގެން މަސައްކަތްކުރުން.
- އިންޖީނުގެއިން ފޮނުވަންޖެހޭ ހުރިހައި ރިޕޯޓްތަކެއް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، އޮފީހުގެ ފަރާތުން ފޮނުވަންޖެހޭ ސިޓީ މެސެޖް ފަދަ ތަކެތި ކަމާއިބެހޭ މުވައްޒަފުންލައްވާ ތައްޔާރުކޮށް ފޮނުވަމުން ގެންދިއުން.
- އާންމުން އަދި އެހެނިހެން ފަރާތްތަކުން އިންޖީނުގެއަށް ހުށައަޅާ ތަފާތު މައްސަލަތައް އެވަގުތަކު އޮފީސް ހިންގަވަންހުރި ވެރިއެއްގެ ލަފާމަތީން ޖަވާބުދާރީ ވަމުން ގެންދިއުން.
- ރަށުގެ ކުރިއެރުމާއި ތަރައްޤީއާއި ގުޅޭ ގޮތުން ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކުރުމަށް ބޭނުންވާނެ ކަންތައްތައް ޕްލޭންކޮށް އޮފީސް ހިންގުމާއި ޙަވާލުވެ ހުންނެވި ވެރިއެއްގެ ލަފާގެމަތީން ކަމާއިބެހޭ ޑިޕާރޓްމަންޓަށް ހުށައެޅުން.
- އިންޖީނުގެއާއި އޮފީސް ހިންގުމާބެހޭ ހުރިހާކަމެއް ކަނޑައެޅިފައިވާ ޤަވާޢިދުތަކާއި އުސޫލުތަކާއި އެއްގޮތަށް ރާވާ ހިންގުމާއި އެކަންކަން ހިގާނުހިގާ ގޮތް ބެލެހެއްޓުން.
- އިންޖީނުގެ ހިންގުމަށް ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަންކަމުގައި އެހެން މުވައްޒަފުންނަށް އެހިތެރިވުމާއި އިންޖީނުގެއިން ޖަވާބުދާރީ ވާންޖެހޭ ފެކްސް، ސިޓީ، މެއިލްއަށް އޮފީސް ހިންގަން ހުންނަ ވެރިއެއްގެ ލަފާމަތީން ޖަވާބުދާރީ ވަމުން ގެންދިއުން.
- ކޮންމެ މަހަކު ބޭއްވޭ މުވައްޒަފުންގެ ބައްދަލުވުމުގެ ޔައުމިއްޔާ ކުންފުނީގެ ހެޑް އޮފީހަށް ފޮނުވާ ދިމާވާ ދަތިތައް ރިޕޯޓެއްގެ ގޮތުގައި ހުށަހަޅާ އެކަންތައްތައް ހައްލުކުރުމަށް ކަމާއިބެހޭ ޑިޕާރޓްމަންޓްތަކާއި ގުޅިގެން މަސައްކަތްކުރުން.
- އޮފީހުގައި ބޭނުންކުރަމުން ގެންދާ އެންމެހާ އިކުއިޕްމަންޓްތައް ރަނގަޅަށް މެއިންޓެއިން ކުރަމުން ގެންދޭތޯ ބަލައި ޗެކްކުރުމާއި، އެކަންކަން މުވައްޒަފުން ލައްވާ ކުރުވުން.
- ކުރިއަށްއޮންނަ އަހަރަށް ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކާއި ގުޅޭގޮތުން ބޭނުންވާ ކަންކަން ބަލާ އެފަދަކަންކަން ބަޖެޓްގައި ހިމެނުމަށްޓަކައި ޕްރޮޕޯޒަލް ތައްޔާރުކޮށް ހުށަހެޅުމާއި އެކަން ކުރުމަށް އޮފީސް ހިންގަވަން ހުންނަ ވެރިއެއްގެ ލަފާމަތީން މަސައްކަތްކުރުން.
- ކަސްޓަމަރ ސާރވިސްގެ މަސައްކަތާއި، ފައިސާގެ މަސައްކަތްތަކާއި، އަދި އިދާރީ އެންމެހައި މަސައްކަތް ތަކުގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތް ކުރުން.
- ބްރާންޗްއިން ހަދަންޖެހޭ ހުރިހައި ރިޕޯރޓްތަކެއް ހެދުމަށް މުވައްޒަފުންލައްވާ މަސައްކަތް ކުރުމާއި، އަދި އެރިޕޯރޓްތައް ހެދުމަށް ޢަމަލީގޮތުން ބައިވެރިވެ، ރިޕޯރޓްތައް ފޮނުވަންޖެހޭ ތާރީޚަށް ކަމާއިބެހޭ ޑިޕާރޓްމެންޓަކަށް ފޮނުވުމަށް މަސައްކަތް ކުރުން.
- ރަށުގެ ކުރިއެރުމާއި ތަރައްޤީއާއި ގުޅޭ ގޮތުން ކަރަންޓްގެ ޚިދުމަތް ފުޅާކުރުމަށް ބޭނުންވާނެ ކަންތައްތައް ޕްލޭންކޮށް ކަމާއިބެހޭ ޑިޕާރޓްމަންޓަށް ހުށައެޅުން.
- ޓެކްނިކަލް ގޮތުން ހަދަންޖެހޭ ހުރިހަ ރިޕޯރޓްތަކެއް ހަދައި ކޮންމެ މީލާދީ މަހެއްގެ 10 ވަނަދުވަހުގެ ކުރިން ފޮނުވަންޖެހޭ ޑިޕާރޓްމެންޓް ތަކަށް ފޮނުވުން.
- މުވައްޒަފުންގެ މަސައްކަތްތައް ބަލާ ސްޕަވައިޒް ކުރުން.
- ކުންފުނީގެ އެކިއެކި ބްރާންޗް ތަކަށާއި، އެކިއެކި ޑިޕާޓްމަންޓް ތަކަށް ފޮނުވޭ ލިޔެކިޔުންތަކާއި، ޑިޕާޓްމަންޓަށް ލިބޭ ލިޔެކިޔުންތައް ދުވަހުން ދުވަހަށް ފައިލްކުރުމާއިއެކު އެތަކެތި ބޭނުންވެއްޖެ ހިނދެއްގައި ފަސޭހައިން ފެންނާނެ ގޮތައް ފައިލްކޮށް ބެލެހެއްޓުން.
- ކުއްލި ޙާލަތްތަކުގަ އާއި އެނޫންވެސް ޙާލަތްތަކުގައި ހަމަޖެހިފައިވާ ޤަވާއިދުގެ ދަށުން އެހެން ރަށްރަށުގެ ބްރާންޗްތަކުގައި މަސައްކަތް ކުރަން ދިއުން.
|
ވަޒީފާގެ މަސްއޫލިއްޔަތުތައް:
|
|
ސްޕަވައިޒަރ
|
މަޤާމް:
|
|
01 (އެކެއް)
|
ބޭނުންވާ އަދަދު:
|
|
ޔުޓިލިޓީ ސަރވިސަސް / ސްވަރޭޖް
|
ޑިޕާޓްމަންޓް:
|
|
ގދ.ރަތަފަންދޫ ބްރާންޗް
|
މަސައްކަތް ކުރާތަން:
|
|
5200ރ. (ފަސްހާސް ދުއިސައްތަ ރުފިޔާ)
|
މުސާރަ:
|
|
މުސާރައިގެ %45
|
ސަރވިސް އެލަވަންސް:
|
|
މުސާރައިގެ %35
|
ހާޟިރީ އެލަވަންސް:
|
|
މުސާރައިގެ %20
|
އިތުރުގަޑީގެ އެލަވަންސް:
|
|
(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
(ށ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލް ކޮށްފައިވުން، ނުވަތަ
(ނ) ވަކިވަކި ދާއިރާތަކުގެ އޮނިގަނޑު ތަކުގައި އެ ދާއިރާއަކުން އެމް.އެސް 1 ރޭންކަށް ކަނޑައަޅާ ތަމްރިނެއް ހާސިލްކޮށްފައިވުން، ނުވަތަ
(ރ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތު ކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުންދިއުމާއިއެކު، ޖީ.އެސް 4 ރޭންކުގެ ޝަރުތު ފުރިހަމަވެ އެ ރޭންކުގައި މަޤާމާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
(ބ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތު ކޮށްދިނުމާއިއެކު، އެމް.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރާ މީހެއް ކަމުގައިވުން،
(ޅ) އުމުރާއި ސިއްޙަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން.
|
ފެންވަރު ނުވަތަ ޝަރުތު:
|
- ސްވަރޭޖް އަދި ވޭސްޓްމެނޭޖްމަންޓު ސަލާމަތީ ކަންތައްތައް ހުރީ ތިމާއާއި އެހެން މީހުންގެ ސަލާމަތަށް ރަނގަޅަށް މަސައްކަތް ކުރެވޭފަދަ ހާލަތެއްގައިތޯ ޗެކްކުރުން (މިގޮތުން ސޭފްޓީގެ ގޮތުގައި ބޭނުންކުރަންޖެހޭ ހުރިހާ ސާމާނެއް އެމުވައްޒަފަކު ބޭނުން ކުރަން ޖެހޭނެއެވެ.)
- ސްވަރޭޖް ޓްރީޓްމަންޓް ޕްލާންޓުން އުފައްދާ ފެނުގެ ފެންވަރު (ކޮލިޓީ) ބެލުމަށްޓަކައި މަހަކު އެއްފަހަރު ފެނުގެ ސާންޕަލް މާލެ އަށް ފޮނުވައިގެން ތަހްލީލް ކުރުން.
- ޑިއުޓީ ކުރަން ޖެހިއްޖެ ހާލަތެއްގައި ޑިއުޓީއާއި ޙަވާލުވުމުގެ ކުރިން، ކުރީ ޝިފްޓްގައި އެއްވެސް މައްސަލައެއް ދިމާވެފައިވޭތޯ ބެލުމާއި، އެހެނިހެން ކަންތައްތައް ޗެކްކޮށް އަދި ޓޫލްސްއާއި އެފަދަ ތަކެތި ހަމަތޯބަލާ ޗެކްކުރުމާއި ޑިއުޓީގައި އާދަޔާއި ޚިލާފުކަމެއް ދިމާވެފައިވާނަމަ، ދެންހަވާލުވާ ޝިފްޓަށް އެކަމެއް އޮޅުން ފިލުވައިދިނުމާއި އެކަމެއް ވަކިގޮތަކަށް ނިމެންދެން މަސައްކަތް ކުރުން.
- ޑިއުޓީ ބަދަލުވާއިރު ޑިއުޓީ ޗެކްލިސްޓް ފުރިހަމަ ކޮށްފައިވޭތޯ އަދި ޝިފްޓް ޑިއުޓީ ހިނގާދިޔަ ގޮތުގެ މައްޗަށް ޑިއުޓީ ރިޕޯރޓް ތައްޔާރުކޮއްފައިވޭތޯބެލުން.
- ޑިއުޓީގައި ދިމާވާ މައްސަލަތައް، ރިޕޯރޓް ކުރެވުމުން އެކަންތައް ހައްލުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- ޝިފްޓް ޑިއުޓީ ކުރުމާއި، ސަވަރެޖް އަދި ވޭސްޓްމެނޭޖްމަންޓު ހިންގާ އަދި އެހެނިހެން ޓޫލްސްއާއި އިކްއިޕްމަންޓްސް ކަނޑައެޅިފައިވާ އުޞޫލުން ބެލެހެއްޓެމުން ގެންދޭތޯ ބަލައި ޗެކްކުރުން.
- ގަޑިހަމަކޮށް ކުރަންޖެހޭ މެއިންޓެނަންސް މަސައްކަތްތައް ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް ކުރަމުން ގެންދޭތޯ ބެލުން. މިގޮތުން ސަވަރެޖްގައި ބޭނުންކުރާ އިންޖީނުގެ އަޑީތެޔޮ ބަދަލުކުރޭތޯ ބެލުމާއި، ފިލްޓަރުތައް ބަދަލުކުރޭތޯ ބެލުމާއި، ޑީސަލް ޓެންކުގެ ޑީސަލް ހަމަތޯ ބެލުމާއި، ބެޓްރީތަކުގެ ފެންހަމަތޯ ބަލާ ހަމަނޫންނަމަ ފެންހަމަކުރޭތޯ ބެލުމާއި، ޑައިނަމޯ ސާވިސްކުރުން، އަލިފާންނިވާ ފުޅިތަށް ހުރިނަމަ ފޮހެ ސާފުކޮށް ބަލަހައްޓަމުން ގެންދޭތޯ ބެލުމާއި، މުއްދަތު ހަމަވޭތޯބަލާ ޗެކްކުރުމަށްފަހު ކަމާއިބެހޭ ޑިޕާޓްމަންޓަށް އެންގުން. އަދި ޑީކާރބަނައިޒް ކުރުމާއި އޯވަރހޯލް ކުރުމަށް އޮންނަ ޤަވާއިދުން އެކަންތަށް ކުރޭތޯ ބެލުން.
- ލޮގް ނަގާ ލޮގްޝީޓްތައް ފުރިހަމަކޮށް،ރެކޯޑްތައް ޗެކްކޮށް ބެލެހެއްޓުން.
- ސްވަރޭޖް ޚިދުމަތް ކެނޑިގެން އަންގައިފިނަމަ، އެކަމެއް ހައްލުކުރުމާއި އަމިއްލައަށް ރަގަޅުނުކުރެވޭވަރުގެ ކަމެއްނަމަ، އިސްމުވައްޒަފުންނާއި ގުޅިގެން އެކަމެއް ހައްލުކޮށްދިނުމަށް މަސައްކަތްކުރުން.
- ސްވަރޭޖް ނެޓްވޯރކާއި ގުޅިފައިވާ ސަބްސްޓޭޝަންތަށް ބެލެހެއްޓުން.
- ކުންފުނިން ހަމަޖައްސަވާފައި އޮންނަ އުސޫލެއްގެ ސްވަރޭޖް ހިދުމަތް ރަށްޔިތުންނަށް ފޯރުކޮށް ދިނުން.
- ގޭގެއިން ސަވަރެޖް ބޭނުންކުރުމުގައި ގަވާއިދާ ހިލާފުވާފަރާތެއް ފެނޭތޯ މަސައްކަތް ކުރުމާއި، މިގޮތުން ޝައްކު ކުރެވޭ ތަންތަނުގެ މައްސަލަ ލަސްނުކޮށް ކަމާބެހޭ މުވައްޒަފުންނަށް ހުށަހަޅައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- ރަށުގެ ރައްޔިތުންނާއި އެހެނިހެން ފަރާތްތަކަށް ސްވަރޭޖް ޚިދުމަތް ފޯރުކޮށް ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްކުރުން.
- ސްވަރޭޖްގައި ޓެކްނިކަލް ގޮތުންނާއި އެހެނިހެން ގޮތްގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއްގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތްކުރުން.
- ސްވަރޭޖް ހިންގުމަށް ބޭނުންކުރާ ޖަނަރޭޓަރަށް ބޭނުންވާ ޑީސަލްއުފުލުމާއި އަދި ތަނަށް ބޭނުންވާ އެހެނިހެން ތަކެތި އުފުލުމާއި ގުދަން ކުރުން.
- ޑިސްޓްރިބިއުޝަން މަރާމާތުކުރުމާއި، އަޕްގްރޭޑް ކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ސްވަރޭޖްގެ ގޯތިތެރެއާއި ގޯތިން ބޭރުގައިހުރި ސަވަރެޖް އަދި ވޭސްޓްމެނޭޖްމަންޓުގެ އެންމެހާ ތަންތަނާއި ތަކެތި ސާފުކޮށް ކުލައާއިދަވާދުލުމާއި މަރާމާތުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ސްވަރޭޖް ނެޓްވޯރކް މަރާމާތުކުރުމާއި، އަޕްގްރޭޑިންގ މަސައްކަތްތައް ރާވާހިންގުން.
- ސްވަރޭޖްގެ ޚިދުމަތް ދިނުމަށް ޤާއިމްކުރެވިފައިވާ ނިޒާމް އެންމެފުރިހަމަގޮތުގައި ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކަނޑައެޅިފައިވާ އުޞޫލުން ހިންގުން.
- ބްރާންޗުން އެންގެވި ހާލަތެއްގައި އިންޖީނުގޭގައި ޑިއުޓީ ކުރުމާއި ، ރީޑިންގ ނެގުމާއި، ގޭގޭގެ މީޓަރ ރީޑިންގ ނަގަމުންދާއިރު ޤަވާޢިދާ ޚިލާފަށް ކަރަންޓް ބޭނުންކުރާ ފަރާތެއް ފެނޭތޯ މަސައްކަތް ކުރުމާއި، މިގޮތުން ޝައްކު ކުރެވޭ ތަންތަނުގެ މައްސަލަ ލަސްނުކޮށް ކަމާބެހޭ މުވައްޒަފުންނަށް ހުށަހަޅައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- ރަށުގެ ކުރިއެރުމާއި ތަރައްޤީއާއި ގުޅޭ ގޮތުން ސަވަރެޖް އަދި ވޭސްޓްމެނޭޖްމަންޓު ގެ ޚިދުމަތް ފުޅާކުރުމަށް ބޭނުންވާނެ ކަންތައްތައް ޕްލޭންކޮށް ކަމާއިބެހޭ ޑިޕާރޓްމަންޓަށް ހުށައެޅުން.
- ޓެކްނިކަލް ގޮތުން ތައްޔާރުކުރަންޖެހޭ ހުރިހައިރިޕޯރޓްތަކެއްތައްޔާރުކޮށް ކޮންމެ މީލާދީ މަހެއްގެ 10 ވަނަދުވަހުގެ ކުރިން ފޮނުވަންޖެހޭ ޑިޕާރޓްމެންޓް ތަކަށް ފޮނުވުން.
- ޓެކްނިކަލް މަސައްކައްތަށް ސްޓޭޝަން މެނޭޖަރާއި ގުޅިގެން ރާވާ ހިންގުން.
- މުވައްޒަފުންގެ މަސައްކަތްތައް ބަލާ ސްޕަވައިޒް ކުރުން.
- ކުންފުނީގެ އެކިއެކި ބްރާންޗް ތަކަށާއި، އެކިއެކި ޑިޕާޓްމަންޓް ތަކަށް ފޮނުވޭ ލިޔެކިޔުންތަކާއި، ޑިޕާޓްމަންޓަށް ލިބޭ ލިޔެކިޔުންތައް ދުވަހުން ދުވަހަށް ފައިލްކުރުމާއިއެކު އެތަކެތި ބޭނުންވެއްޖެ ހިނދެއްގައި ފަސޭހައިން ފެންނާނެ ގޮތައް ފައިލްކޮށް ބެލެހެއްޓުން.
- ކުއްލި ޙާލަތްތަކުގައާއި އެނޫންވެސް ޙާލަތްތަކުގައި ހަމަޖެހިފައިވާ ޤަވާއިދުގެ ދަށުން އެހެން ރަށްރަށުގެ ބްރާންޗްތަކުގައި މަސައްކަތް ކުރަން ދިއުން.
- މުވައްޒަފުންނާއި ގުޅޭގޮތުން ކުންފުނިން ހެދިފައިވާ އެންމެހައި ޤަވާޢިދުތަކާއި އެއްގޮތަށް ޢަމަލުކުރަމުން ގެންދިއުމާއި، އެޤަވާޢިދު ތަކަށް ހުރުމަތްތެރިކޮށް ހިތުން.
|
ވަޒީފާގެ މަސްއޫލިއްޔަތުތައް:
|
|
އެކައުންޓްސް އޮފިސަރ
|
މަޤާމް:
|
|
01 (އެކެއް)
|
ބޭނުންވާ އަދަދު:
|
|
އެޗް.އާރް ބިލިންގ، ސޭލްސް ކަލެކްޝަން އެންޑް ކްރެޑިޓް ކޮންޓްރޯލް
|
ޑިޕާޓްމަންޓް:
|
|
ގދ.ރަތަފަންދޫ ބްރާންޗް
|
މަސައްކަތް ކުރަންޖެހޭތަން:
|
|
4850ރ. (ހަތަރުހާސް އަށްސަތޭކަ ފަންސާސް ރުފިޔާ)
|
މުސާރައާއި އިނާޔަތްތައް:
|
|
މުސާރައިގެ %45
|
ސަރވިސް އެލަވަންސް:
|
|
މުސާރައިގެ %35
|
ޙާޟިރީ އެލަވަންސް:
|
|
މުސާރައިގެ %20
|
އިތުރުގަޑީގެ އެލަވަންސް:
|
|
(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިހާން ފުރިހަމަ ކޮށްފައިވުން، ނުވަތަ
(ށ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ ވަކިވަކި ދާއިރާތަކުގެ އޮނިގަނޑު ތަކުގައި އެ ދާއިރާއަކުން ޖީ.އެސް 1 ގެ ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލްކޮށްފައިވުން، ނުވަތަ
(ނ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުން ދިއުމާއިއެކު، އެސް.އެސް 5 ރޭންކުގެ ޝަރުތު ފުރިހަމަވެ، އެ ރޭންކުގައި މަޤާމެއްގައި މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
(ރ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ޖީ.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން.
(ބ) ބިލިންގ އާއި ގުޅުންހުރި މަސައްކަތްތަކާއި، ރީޑިންގ ނެގުމުގެ މަސައްކަތްތައް ކުރެވޭނެ މީހަކު ކަމުގައިވުން.
(ޅ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.
|
ފެންވަރު ނުވަތަ ޝަރުތު:
|
- ހަމަޖެހިފައި އޮންނަ އުސޫލެއްގެ މަތީން އޮފީސް ހުޅުވައި ބަންދުކުރުން.
- އިލެކްޓްރިކް ފީ އާއި، މަސައްކަތައް ހަދާބިލް އަދި ތަކެތި ވިއްކުމަށް ހަދާ ބިލާއި، އެހެނިހެން ގޮތްގޮތުންލިބެންވާ ފައިސާ ބަލައިގަތުމާއި، ހަމަޖެހިފައިވާ ގޮތުގެ މަތިން އެފައިސާ ތިޖޫރީގައި ރައްކާކޮށް ބެހެއްޓުމާއި ތިޖޫރީ ރިޕޯރޓް ހެދުން.
- ބޭންކް ހުންނަ ރަށެއްނަމަ ލިބޭފައިސާ ދުވަހުން ދުވަހަށް ބޭންކަށް ޖަމާކުރުމާއި، ބޭންކް ނުހުންނަ ރަށެއްނަމަ މަދުވެގެން މަހަކު އެއްފަހަރު ފައިސާ ޖަމާކުރުމަށް ހަމަޖެހިފައިވާތަނަކަށް ފައިސާޖަމާކުރުން ( މޯބައިލް ބޭންކުގެ ޚިދުމަތްލިބޭ ރަށްރަށުގައި ބޭންކް ދޯނި އަންނަ ދުވަހު ތަނުގައި ހުރި އާމްދަނީގެ ހުރިހާ ފައިސާ ބޭންކަށް ޖަމާކުރުމަށް ހަވާލުކުރަންވާނެއެވެ. )
- ފައިސާ ބަލައިގަތުމަށްފަހު އެދުވަހެއްގެ ރިޕޯރޓްތަށް ނަގައި ދުވަހުފޮތާއި އަދި މަހުގައި ލިބުނު ފައިސާގެ ތަފްސީލް ފޮތާއި، އަދި ފައިސާއާއިބެހޭ އެހެނިހެން ފޮތްތައް ފުރިހަމަ ކުރަމުން ގެންދިއުން.
- ބިލިންގ ޕްރޮގްރާމުން ނަގާ ފައިސާގެ ރިޕޯރޓްތަކާއި އަދި އާމްދަނީ ފައިސާއާއި ބެހޭ އެންމެހާ ލިޔެކިޔުންތައް ފަރުވާތެރިކަމާއެކު ތަރުތީބުން ބެލެހެއްޓުމާއި، ފައިސާއާއިބެހޭ ހުރިހާ ރިޕޯރޓްތަކެއް ކޮންމެ މީލާދީ މަހެއްގެ 10 ވަނަދުވަހުގެ ކުރިން ތައްޔާރުކޮށް ކަމާބެހޭ ޑިޕާރޓްމަންޓަށް ފޮނުވަމުން ގެންދިއުން.
- މުވައްޒަފުންނަށް ލިބެންވާފައިސާގެ ތަފާތު ރިޕޯރޓްތަކާއި، ޕޭމަންޓް ވައުޗަރ ހެދުމާއި، އަދި އިދާރީ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތްކުރުން.
- ފައިސާ ނުލިބިހުރި ބިލްތަކުގެ ފައިސާ ހޯދުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް އެވަގުތަކުއޮފީސް ހިންގުމާއި ހަވާލްވެހުންނެވި މުވައްޒަފަކާއި ގުޅިގެންކުރުން.
- އެކައުންޓަށް ޖަމާކުރާ ފައިސާގެ ހިސާބުތައް އެކައުންޓްބާކީ ފޮތްތަށްނަގައި ހިސާބުތަށް ބަލަހައްޓަމުން ގެންދިއުމާއި ކޮންމެ މަހެއް ނިމުމުން ބޭންކް ސްޓޭޓްމަންޓް ހޯދުމަށްފަހު އެކައުންޓްބާކީ އާއި އަޅާކިޔާ ދިމާވާ މައްސަލަތައް ހައްލުކުރުން.
- ބިލިންގ ސިސްޓަމް ކޮމްޕިޔުޓަރައިޒް ކޮށްފާވާނަމަ ސިސްޓަމް މެދުވެރިކޮށް ފައިސާ ބަލައިގަނެ ޤަވާއިދުން ޕޭމަންޓް އެންޓްރީ ހަދައި ޖާނަލް ފުރިހަމަ ކުރުމަށްފަހު ކަމާބެހޭ އެހެން މުވައްޒަފުންނާއި ގުޅިގެން ދުވަހުން ދުވަހަށް ހިސާބުތައް ޗެކްކޮށް ނިންމުމާއި، މާލެއަށް ބަލައިގަންނަ ފައިސާގެ ތަފްސީލް ލިބުމުން އެދުވަހަކަށް ޕޭމަންޓް އެންޓްރީ ހަދައި ޖާނަލް ފުރިހަމަކުރުން.
- ފައިސާ ނުދައްކާ ހުންނަ ބިލުތަކަށް ފައިސާ ހޯދުމަށް ރެޑްނޯޓް ފޮނުވުމާއި، ރެޑްނޯޓްގެ މުއްދަތު ހަމަވުމުންވެސް ފައިސާ ނުދައްކަވާނަމަ ކަމާބެހޭ މުވައްޒަފުންނާއި ގުޅިގެން އެތަނަކުން ކަރަންޓް ކަނޑާލުމަށް ކުރައްޖެހޭ މަސައްކަތްތައް ކުރުން.
- ފައިސާގެ ރަސީދު ފޮތްތަކާއި، އަދި އާމްދަނީ ފައިސާއާއި ބެހޭ އެންމެހާ ލިޔެކިއުންތައް ފަރުވާތެރިކަމާއެކު ތަރުތީބުން ބެލެހެއްޓުމާއި، ފައިސާ އާއިބެހޭ ހުރިހާ ރިޕޯރޓްތަކެއް ތައްޔާރުކުރުން.
- ކޮންމެ އަހަރަކަށްވެސް ތައްޔާރުކުރާ ބްރާންޗްގެ ބަޖެޓް ތައްޔާރުކުރުމަށް ހޯދަންޖެހޭ މަޢުލޫމާތުތައް ހޯދައި ބަޖެޓް ހެދުމުގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތް ކުރުން.
- ކުންފުނިން ހަމަޖައްސަވާފައި އޮންނަ އުސޫލެއްގެ މަތީން ކަރަންޓްގެ ޚިދުމަތްދޭ ހުރިހައި ތަނަކުން މީޓަރ ރީޑިންގ ނެގުން.
- ކުންފުނިން ހަމަޖައްސަވާފައި އޮންނަ އުސޫލެއްގެ މަތީން ކޮންމެމަހެއްގެ ވެސް ކަރަންޓް ބިލްތައް ކަސްޓަމަރުންނާ ޙަވާލުކުރުން.
- އިންޖީނުރޫމްގައި ޑިއުޓީ ކުރާނެ މުވައްޒަފެއް ނެތިގެން އެވަގުތަކު އޮފީސް ހިންގަވަން ހުންނަ ވެރިއަކު އެދިއްޖެނަމަ އިންޖީނުރޫމްގައި ޑިއުޓީ ކުރުން.
- އިދާރީ މުވައްޒަފަކު ޗުއްޓީނަގާފިނަމަ އެމުވައްޒަފެއްގެ މަސައްކަތް އޮފީހުން އަންގާގޮތެއްގެ މަތީން ކުރަމުން ގެންދިއުން.
- ބަޖެޓްކުރެވިފައިވާ ޚަރަދުތައް ހަމަޖެހިފައިވާ ޤަވާޢިދުތަކާއި އެއްގޮތަށް ހިންގާ ބެލެހެއްޓުން.
- ކުންފުނީގެ އެކިއެކި ބްރާންޗް ތަކަށާއި، އެކިއެކި ޑިޕާޓްމަންޓް ތަކަށް ފޮނުވޭ ލިޔެކިޔުންތަކާއި، ޑިޕާޓްމަންޓަށް ލިބޭ ލިޔެކިޔުންތައް ދުވަހުން ދުވަހަށް ފައިލްކުރުމާއިއެކު އެތަކެތި ބޭނުންވެއްޖެ ހިނދެއްގައި ފަސޭހައިން ފެންނާނެ ގޮތައް ފައިލްކޮށް ބެލެހެއްޓުން.
|
ވަޒީފާގެ މަސްއޫލިއްޔަތުތައް:
|
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
މަޤާމް:
|
|
01 (އެކެއް)
|
ބޭނުންވާ އަދަދު:
|
|
އެޗް.އާރް ބިލިންގ، ސޭލްސް ކަލެކްޝަން އެންޑް ކްރެޑިޓް ކޮންޓްރޯލް
|
ޑިޕާޓްމަންޓް:
|
|
ގދ.ރަތަފަންދޫ ބްރާންޗް
|
މަސައްކަތް ކުރަންޖެހޭތަން:
|
|
4850ރ. (ހަތަރުހާސް އަށްސަތޭކަ ފަންސާސް ރުފިޔާ)
|
މުސާރައާއި އިނާޔަތްތައް:
|
|
މުސާރައިގެ %45
|
ސަރވިސް އެލަވަންސް:
|
|
މުސާރައިގެ %35
|
ޙާޟިރީ އެލަވަންސް:
|
|
މުސާރައިގެ %20
|
އިތުރުގަޑީގެ އެލަވަންސް:
|
|
(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިހާން ފުރިހަމަ ކޮށްފައިވުން، ނުވަތަ
(ށ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ ވަކިވަކި ދާއިރާތަކުގެ އޮނިގަނޑު ތަކުގައި އެ ދާއިރާއަކުން ޖީ.އެސް 1 ގެ ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލްކޮށްފައިވުން، ނުވަތަ
(ނ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުން ދިއުމާއިއެކު، އެސް.އެސް 5 ރޭންކުގެ ޝަރުތު ފުރިހަމަވެ، އެ ރޭންކުގައި މަޤާމެއްގައި މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
(ރ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ޖީ.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން.
(ބ) ބިލިންގ އާއި ގުޅުންހުރި މަސައްކަތްތަކާއި، ރީޑިންގ ނެގުމުގެ މަސައްކަތްތައް ކުރެވޭނެ މީހަކު ކަމުގައިވުން.
(ޅ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.
|
ފެންވަރު ނުވަތަ ޝަރުތު:
|
- އިންޖީނުގެއަށް އަންނަ ހުރިހާ ލިޔެކިޔުންތަށް އެންޓްރީ ކުރުމާއި ކަމާބެހޭ މުވައްޒަފުންނަށް ޙަވާލް ކުރުމާއި، ދުވަހުން ދުވަހަށް ފައިލްކުރަން ޖެހޭ ޑޮކިޔުމަންޓްތައް ފައިލްކުރުން.
- އިންޖީނުގެ ހިންގުމަށް ދުވަހުން ދުވަހަށް ނިންމަންޖެހޭކަންކަމުގައި އެހެން މުވައްޒަފުންނަށް އެހިތެރިވުމާއި އިންޖީނުގެއިން ޖަވާބުދާރީ ވާންޖެހޭ ފެކްސް ، ސިޓީ ، މެއިލްއަށް ޖަވާބުދާރީވުން.
- ބްރާންޗްގެ ފަރާތުން ބާއްވާ ބައްދަލުވުންތައް ރޭވުމާއި ބައްދަލުވުން ތަކުގެ ޔައުމިއްޔާ ލިޔުން.
- މުވައްޒަފުންނަށް އެގެންޖެހޭ ފެނަކަ ކޯރޕަރޭޝަން ލިމިޓެޑްގެ އެންގުންތަކާއި، ސަރުކާރުގެ ދެންނެވުމާއި، އެފަދަ އާއްމު އެންގުންތައް، ބްރާންޗްގެ ހިންގުމާއި ހަވާލުވެހުންނަވާ ފަރާތުގެ އިރުޝާދުގެ ދަށުން ހުރިހާ މުވައްޒަފުންނަށް އެންގުން.
- ކުރިއަށްއޮންނަ އަހަރަށް އިންޖީނުގެއަށް ބޭނުންވާ ކަންކަން ބަލާ އެފަދަކަންކަން ބަޖެޓްގައި ހިމެނުމަށްޓަކައި ޕްރޮޕޯޒަލް ތައްޔާރުކޮށް ހުށަހެޅުމާއި އެކަން ކުރުމަށް މަސައްކަތްކުރުން.
- ދިމާވާ ބޮޑެތި ކަންކަމުގައި މުވައްޒަފުންގެ ޚިޔާލުހޯދުމާއި، އާންމުގޮތެއްގައި މަހަކު އެއްފަހަރު މުވައްޒަފުންގެ ބައްދަލުވުމެއް ބާއްވާ މުވައްޒަފުންގެ މަޝްވަރާހޯދުމާއި، މުވައްޒަފުންނަށް ކަންކަން އޮޅުންފިލުވައިދިނުން.
- ކޮންމެ މަހަކު ބޭއްވޭ މުވައްޒަފުންގެ ބައްދަލުވުމުގެ ޔައުމިއްޔާ ކުންފުނީގެ ހެޑް އޮފީހަށް ފޮނުވާ ދިމާވާ ދަތިތައް ރިޕޯޓެއްގެ ގޮތުގައި ހުށަހަޅާ އެކަންތައްތައް ހައްލުކުރުމަށް ޑިޕާރޓްމަންޓްތަކާއި ގުޅިގެން މަސައްކަތްކުރުން.
- ބްރާންޗުން ހަމަޖައްސަވާފައި އޮންނަ އުސޫލެއްގެ މަތިން ކަރަންޓްގެ ޚިދުމަތްދޭ ތަންތަނުގެ މީޓަރ ރީޑިންގ ނެގުން.
- އޮފީހުގެ ބޭނުންތަކުގައި އެހެނިހެން ފަރާތްތަކަށް ފޮނުވަންޖެހޭ އެންމެހާ ލިޔެކިޔުންތައް، ކުންފުނީގެ މަޝްވަރާއާއެކު ދުވަހުން ދުވަހަށް ފޮނުވަމުން ގެންދިޔުމާއި އަދި އެފަދަ ލިޔެކިޔުންތަކަށް އެފަރާތްތަކުގެ ޖަވާބު ހޯދުމަށް މަސައްކަތް ކުރުން.
|
ވަޒީފާގެ މަސްއޫލިއްޔަތުތައް:
|
|
ލޭބަރ
|
މަޤާމު:
|
|
01 (އެކެއް)
|
ބޭނުންވާ އަދަދު:
|
|
ބިލްޑިންގް މެއިންޓެނެންސް
|
ޑިޕާޓްމަންޓް:
|
|
ގދ.ރަތަފަންދޫ ބްރާންޗް
|
މަސައްކަތް ކުރަންޖެހޭތަން:
|
|
4650ރ. (ހަތަރުހާސް ހަސަތޭކަ ފަންސާސް ރުފިޔާ)
|
މުސާރަ:
|
|
މުސާރައިގެ %45
|
ސަރވިސް އެލަވަންސް:
|
|
މުސާރައިގެ %35
|
ހާޟިރީ އެލަވަންސް:
|
|
މުސާރައިގެ %20
|
އިތުރުގަޑީގެ އެލަވަންސް:
|
|
(ހ) ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސަތްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުން، ނުވަތަ
(ށ) މަޤާމުގެ މަސަތްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އެސް.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން.
(ނ) އުމުރާއި ސިއްޙަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.
|
ފެންވަރު ނުވަތަ ޝަރުތު:
|
- އޮފީހުގެ ފަރާތުން އެހެނިހެން އިދާރާތަކަށް ފޮނުވާ ސިޓީއާއި އެހެނިހެން ލިޔެކިއުންތައް، އޮފީހުގެ ޤަވާޢިދުގެ ދަށުން އެފަރާތްތަކާއި ޙަވާލުކުރުން.
- އޮފީހުގެ ގޯތިތެރެއާއި މަގުމަތީ ސަރަޙައްދުން އޮފީހުގެ ފަރާތުން ބަލަހައްޓަންޖެހޭ ސަރަޙައްދުތައް ވިނަނޮޅައި، ކުނިކަހައި ސާފްކުރުން.
- އޮފީހުގެ ޢިމާރާތުގެ އެތެރެ ކުނިކަހައި، ފޮޅައިސާފުކޮށް ފެންފޮތިލުމާއި، އޮފީހުގެ ޢިމާރާތުގެ ބޭރު ކުނިކަހައި އަބަދުވެސް ސާފުތާހިރުކޮށް ބޭއްވުން.
- އޮފީހުގެ ފާޚާނާ މަދުވެގެން ހަފްތާއަކު ދެފަހަރު ދޮވެ ސާފުކުރުން.
- އޮފީހުގެ ޢިމާރާތުގެ ބިއްލޫރި ދޮރުތައް މަދުވެގެން ހަފްތާއަކު އެއްފަހަރު ފުހެ ސާފުކުރުން.
- އިންޖީނުގެ އާއި އޮފީސް ޢިމާރާތާއި ބެލެހެއްޓުމަށްޓަކައި ކުރެވެން ހުންނަ ކުދިކުދި މަސައްކަތްތަކާއި ކުދިކުދި މަރާމާތުތައް ( މިސާލަކަށް ފްލަޝް ޓޭންކް، ފެންއިސްކުރުން ލީކުވާނަމަ އެކަމެއް ރަނގަޅުކުރުންފަދަ ) ކުރެވެން ހުރިވަރަކުން، ވެރީންގެ އިރުޝާދުގެ މަތީން ކުރަމުން ގެންދިއުން.
- އޮފީސް ޢިމާރާތުގެ ފާރުތަކާއި ވަށާފާރު ސާފުކޮށް ބެލެހެއްޓުމާއި، އެފަދަ ތަންތާގައި ކުލަލުމުގެ މަސައްކަތުގައި، ވެރީން އަންގާ އުޞޫލެއްގެ މަތީން ބައިވެރިވުން.
- އެކިއެކި ބައްދަލުވުންތަކަށް ނުވަތަ އޮފީހަށް ޒިޔާރަތްކުރައްވާ ބޭފުޅުންނަށް މެހުމާންދާރީ އަދާކުރުމުގައި އޮފީހުގެ ވެރިން އަންގާގޮތެއްގެ މަތިން ކަންކަން އިންތިޒާމްކުރުމުގައި އެހީތެރިވެ ދިނުން.
- އޮފީސް ޢިމާރާތާއި ގޯތިތެރެ ރީތިކުރުމަށްޓަކައި ގަސްއިންދުމާއި އިންދާފައިހުންނަ ގަސްތަކަށް ފެންދީ، ގަސްކޮށައި ބެލެހެއްޓުން.
- އޮފީހުގެ ބޭނުމަށް އޮފީހުން ހޯދާ އިދާރީ ތަކެތި، ސްޓޭޝަނަރީ އަދި މިނޫންވެސް ޚިދުމަތާއި ތަކެތި، އޮފީހުގެ ވެރިން އަންގާ ގޮތެއްގެމަތީން، ރަށުގެ ފިހާރަތަކުން އަގުހޯދުމާއި، އެފަދަ ތަކެތި ނުވަތަ ޙިދުމަތް ހޯދުމުގައި އެހީތެރިވެދިނުން.
- ކަރަންޓްބިލާއި އަދި އޮފީހުން ކަސްޓަމަރުންނަށް ޙަވާލުކުރާ އެހެނިހެން ލިޔެކިއުންތައް އޮފީހުން އަންގާ ޤަވާޢިދެއްގެ މަތީން އެފަރާތްތަކާއި ޙަވާލުކުރުން.
- ޚިދުމަތް ކަނޑާލުމުގެ ކުރީން އަންގާ އެންގުންތައް އެފަރާތްތަކަށް ރައްދުކޮށްދިނުން.
- އިންޖީނުގޭގައި ޑިއުޓީކުރަންޖެހިއްޖެނަމަ، ފަރުވާތެރިކަމާއި މުރާލިކަމާއިއެކު ޑިއުޓީ އަދާކުރުން.
- އޮފީހުގެ ބޮޑެތި މަސައްކަތްތައް (މިސާލަކަށް އޮފީސް ޢިމާރާތް އެހެން ޢިމާރާތަކަށް ބަދަލުކުރުންފަދަ) ހިނގަމުންދާ ގަޑިތަކުގައި އޮފީހުގެ ވެރީން އަންގާގޮތުގެ މަތީން ވިއެންމެ މަތީ ދަރަޖައަކަށް އެ މަސައްކަތުގައި ބައިވެރިވުން. ( މީގެތެރޭގައި އިންޖީނު ޑިކާބަނައިސް، އޯވަހޯލް ކުރުންފަދަ ޓެކްނިކަލް މަސައްކަތްތައް ވެސް ހިމެނެއެވެ. )
- އޮފީހުން އުކާލަންޖެހޭ އެންމެހާ ކުނިބުނި ރައްކާތެރިކަމާއެކު، އެ ރަށެއްގައި ކަނޑައެޅިފައި އޮންނަ ޤަވާޢިދެއްގެ ދަށުން ނައްތާލަމުން ގެންދިއުން.
- އޮފީސް ސާފްކޮށް ބެލެހެއްޓުމުގައި ޙަރަކާތްތެރިވާ އެހެން މުވައްޒަފުންނާއި ގުޅިގެން މަސައްކަތްތައް ރޭވުން.
- އޮފީހުގެ އެންމެހާ ތަކެއްޗަށް ރައްކާތެރިވުމާއި، އެތަކެތި ރައްކާތެރިކޮށް ބެލެހެއްޓުން.
- އޮފީހާއި ނުގުޅޭ އެއްވެސް ފަރާތަކުން، އޮފީހުގެ މުދަލަށް ގެއްލުންދީ ހަލާކުކުރަމުން ގެންދާތަން ފެނިއްޖެނަމަ ނުވަތަ އެފަދަ ކަމެއް މީހަކު ކުރަން އުޅޭކަން އެނގިއްޖެނަމަ އެކަމެއް ހުއްޓުވުމަށް މަސައްކަތްކުރުމާއި، އެކަމެއް އޮފީހުގެ ވެރީންނަށް ވީ އެންމެ އަވަހަކަށް ރިޕޯރޓްކުރުން.
|
ވަޒީފާގެ މަސްއޫލިއްޔަތުތައް:
|