މަސައްކަތް
ނަންބަރު: (IUL)142-A1/142/2023/236
ޕަބްލިޝްކުރި ތާރީޚް: 18 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި: 21 ޑިސެންބަރު 2023 09:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ބަންގްލަދޭޝް ބަހަށް ޚުޠުބާ ތަރުޖަމާކުރާނެ ފަރާތެއް ހޯދުން

އިޢުލާން

އިނގިރޭސި ބަހުން ލިޔެފައިވާ ޚުޠުބާ ބަންގްލަދޭޝް ބަހަށް ތަރުޖަމާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އެ ޤާނޫނުގެދަށުން ރަޖިސްޓްރީކުރަންނުޖެހޭ އަމިއްލަ ފަރުދުންނަށެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ޕްރީބިޑް މީޓިން 2023 ޑިސެންބަރު 21  ވާ ބުދަ ދުވަހުގެ 10:30 ގައި އިސްލާމީ މަރުކަޒުގައި އޮންނާނެއެވެ. 

އަދި މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓްރީ ކުރައްވާ ހުރިހާ ފަރާތްތަކަށް، ޕްރީބިޑް މީޓިންއަށް ފަހު މެއިލް މެދުވެރިކޮށް ފޮނުވޭނެވެ.

ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2023 ޑިސެންބަރު 21 ވާ ބުރާސްފަތި ދުވަހުގެ 09:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.

https://forms.office.com/r/h6gNpUpuQ4

 

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2023 ޑިސެންބަރު 28 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2023 ޑިސެންބަރު 24 ވާ އާދީއްތަ ދުވަހުގެ 11:00 ކުރިން [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3020263،3020252 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

18 ޑިސެންބަރު 2023