ދިވެހިރާއްޖެ
ޅ. އަތޮޅުކައުންސިލްގެ 30 ވަނަ ޤުރްއާން ކިޔެވުމުގެ މުބާރާތް 14 އިން 16 ޑިސެމްބަރ ގެ ނިޔަލަށް ޅ. ކުރެންދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތަކީ އަތޮޅުގެ ކުދިބޮޑު، ކޮންމެ ފަރުދަކަށްވެސް ބައިވެރިވެވޭގޮތަށް އިންތިޒާމްކުރެވިފައިވާ މުބަރާތެކެވެ. މި މުބާރާތަށް އިނާމު ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހުޅުވައިލެވިފައި ވެއެވެ.
ވީމާ، މިމުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަތަކުންކުރެ ވަނައަކަށް، ތިޔަފަރާތުން އިނާމު ހުށަހަޅުއްވަން ޝައުޤުވެރިވެލައްވާނަމަ، 14 ޑިސެމްބަރ 2023 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މި އިދާރާއަށް ފޮނުއްވައި ދެއްވުން އެދެމެވެ.
ތިރީގައިވާ ތާވަލުގައި އެވަނީ މުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަތަކެވެ.
| 
 | ބަލައިގެން ކިޔެވުމުގެ ގޮފި 
 | ނުބަލައި ކިޔެވުމުގެ ގޮފި | ޚާއްޞަ ވަނަތަކުގެ ދާއިރާތައް | 
| ގިންތިތަކުން | 1 ވަނަ ދަރިވަރު / 10 އިނާމް | 1 ވަނަ ދަރިވަރު / 10 އިނާމް | 
 | 
| 2 ވަނަ ދަރިވަރު / 10 އިނާމް | 2 ވަނަ ދަރިވަރު / 10 އިނާމް | 
 | |
| 3 ވަނަ ދަރިވަރު / 10 އިނާމް | 3 ވަނަ ދަރިވަރު / 10 އިނާމް | 
 | |
| މުޅި މުބާރާތުން | 1 ވަނަ ދަރިވަރު / 1 އިނާމް | 1 ވަނަ ދަރިވަރު / 1 އިނާމް | |
| 2 ވަނަ ދަރިވަރު / 1 އިނާމް | 2 ވަނަ ދަރިވަރު / 1 އިނާމް | 1 ވަނަ މުއައްސަސާ | |
| 3 ވަނަ ދަރިވަރު / 1 އިނާމް | 3 ވަނަ ދަރިވަރު / 1 އިނާމް | 1 ވަނަ ސްކޫލް | 
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މި އިދާރާގެ ނަމްބަރ 6620331 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.