ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)142-A4/142/2023/230
ޕަބްލިޝްކުރި ތާރީޚް: 07 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 10:22
ސުންގަޑި: 14 ޑިސެންބަރު 2023 14:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ސްޓޫޑިއޯ މެނޭޖަރ މަޤާމަށް މުވައްޒަފަކު ހޯދުމަށް

އިޢުލާން

 

މަގާމް

ސްޓޫޑިއޯ މެނޭޖަރ

މަޤާމުގެ ގިންތި

ކޮންޓްރެކްޓް

މުއްދަތު: 1 އަހަރާއި 11 މަސް

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ލެވެލް

MS 3

މުސާރަ: (މަހަކު)

-/7035ރ (ހަތްހާސް ތިރީސްފަސް ރުފިޔާ)

އެހެނިހެން އެލަވަންސް އަދި ޢިނާޔަތްތައް:

  • ސަރވިސް އެލަވަންސް: -/2500ރ (ދެހާސް ފަސްސަތޭކަ ރުފިޔާ)
  • މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/150ރ (ސަތޭކަ ފަންސާސް ރުފިޔާ)
  • ސަޕޯޓިންގ ކޯ އެލަވަންސް: 900/-ރ (ނުވަސަތޭކަ ރުފިޔާ)
  • ސްޕެޝަލް ޑިއުޓީ އެލަވަންސް: އަސާސީ މުސާރައިގެ %35 (ތިރީސް ފަސް) އިންސައްތަ
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތީން ޕެންޝަން ފައިސާ.
  • ރަމަޟާންމަހުގެ އިނާޔަތުގެ ފައިސާ
  • މީގެ އިތުރުން ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑިއާއި ބަންދު ދުވަހުގެ ފައިސާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

އިސްލާމިކް ސްޓޫޑިއޯ / މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

މަޤާމުގެ ޝަރުޠު:

  1. މަގާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ތަޢުލީމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް  ޙާސިލްކޮށްފައިވުމާއެކު މަގާމުގެ މަސައްކަތު ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

 

  1. މަގާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން  ދިވެހިރާއްޖޭގެ ތަޢުލީމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު މަގާމުގެ މަސައްކަތު ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

 

  1. މަގާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ތަޢުލީމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

ތަޢުލީމީ ރޮނގުތައް:

  1. މެނޭޖްމަންޓް
  2. އެޑްމިނިސްޓްރޭޝަން
  3. މަލްޓިމީޑިއާ
  4. އިންފޮމޭޝަން ޓެކްނޮލަޖީ

ޕްރިފަރޑް ޑިސިޕްލިންތައް:

  1. މަލްޓިމީޑިއާ

ގުޅޭ ވަޒީފާގެ ދާއިރާތައް

  1. މެނޭޖްމަންޓް
  2. އެޑްމިނިސްޓްރޭޝަން
  3. މަލްޓިމީޑިއާ
  4. ބްރޯޑްކާސްޓިންގ
  5. ވީޑިއޯގްރަފީ / ފޮޓޯގްރަފީ / ގްރެފިކް ޑިޒައިނިންގ

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. މި މިނިސްޓްރީން ޤާއިމުކޮށްފައިވާ "އިސްލާމިކް ސްޓޫޑިއޯ" ގެ މަސައްކަތްތައް ހިންގާ ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތަކަށް ބޭނުންވާ އިދާރީ އަދި ފަންނީ ލަފާދިނުމާއި އެކަންކަން ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި ކުރުވުން.
  2. އިސްލާމިކް ސްޓޫޑިއޯގެ މަސައްކަތްތައް ހަލުވިކަމާއެކު ހިންގާ ބެލެހެއްޓުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި ފަންނީ މަސައްކަތްތައް ކުރުމާއި އެ މަސައްކަތްތައް އިންތިޒާމްކުރުމާއި ކުރުވުން.
  3. އިސްލާމިކް ސްޓޫޑިއޯގެ ޑޭޓާބޭސް ތަރައްޤީ ކުރުމާއި ބެލެހެއްޓުން.
  4. މިނިސްޓްރީގެ ވެބްސައިޓާއި އަދި ސޯޝަލް މީޑިއާ ވަޞީލަތްތައް ބެލެހެއްޓުމާއި އެ ޕްލެޓްފޯމުތަކުގައި މިނިސްޓްރީގެ ފަރާތުން ޕަބްލިޝްކުރުމަށް ކުރަންޖެހޭ ފަންނީ މަސައްކަތްތައްކުރުމާއި ކުރުވުން.
  5. މިނިސްޓްރީން ތައްޔާރުކުރާ އެޕްލިކޭޝަންތަކާއި ޑޭޓާބޭސްތަކަށް ބޭނުންވާ ފަންނީ ލަފާދިނުން.
  6. އިސްލާމިކް ސްޓޫޑިއޯއިން ތައްޔާރު ކުރުމަށް ބޭނުންވާ ޕްރޮގްރާމްތަކުގެ ކޮންސެޕްޓްތައް އެކުލަވާލައި އެ ކޮންސެޕްޓް ތަކަށް ވީޑިއޯ އަދި އޯޑިއޯ ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި ހޯދައި ޕްރޮގްރާމް ތައްޔާރުކުރުމާއި ކުރުވުން
  7. މިނިސްޓްރީގެ އިވެންޓްތަކުގެ ވީޑިއޯ ތައްޔާރު ކުރުމާއި ކުރުވުން.
  8. މިނިސްޓްރީގެ ސެކްޝަންތަކާއި ޔުނިޓްތަކުން ޕަބްލިޝްކުރަން ބޭނުންވާ ޕަބްލިކޭޝަންތަކުގެ ލޭއައުޓް އަދި ގްރެފިކްސް ތައްޔާރުކުރުމުގެ އިންތިޒާމް ހަމަޖައްސައިދިނުން.  
  9. އިސްލާމިކް ސްޓޫޑިއޯގައި ބޭނުންކުރާ އިކްއިޕްމަންޓްތައް މެއިންޓެއިންކޮށް ރައްކާތެރި ކަމާއެކު ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި ކުރުވުން.
  10. އިސްލާމިކް ސްޓޫޑިއޯއަށް ބޭނުންވާ ތަކެތި ހޯދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި ކުރުވުން.
  11. އިސްލާމިކް ސްޓޫޑިއޯގެ މަސައްކަތްތަކުގެ ތަފްސީލް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ކުރުމާއި ކުރުވުން
  12. އިސްލާމިކް ސްޓޫޑިއޯގެ މުވައްޒަފުން ސްޕަވައިޒްކުރުމާއި މުވައްޒަފުންނާގުޅޭ އެންމެހައި މަސައްކަތްތައް ބެލެހެއްޓުން.
  13. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ މިނިސްޓްރޯ އޮފް އިސްލާމިކް އެފެއާޒްގެ ކޮންޓްރެކްޓް ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. ލިބިފައިވާ ތަޢުލީމު،
  2. މަސައްކަތު ތަޖުރިބާ،
  3. ލިބިފައިވާ ހުނަރު (އިންޓަވިއު)
  4. އޮފީހަށް ކޮންމެ ވަގުތަކުވެސް ނުކުންނަށް ޖެހިއްޖެނަމަ ނުކުމެވޭނެ ފަރާތެއްކަމުގައިވުން.
  5. އަތޮޅުތެރޭގެ ރަށްރަށަށް ދަތުރުކުރަންޖެހިއްޖެނަމަ، ދަތުރުކުރެވޭނެ ފަރާތެއް ކަމުގައިވުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ހުށަހަޅާނީ 2023ޑިސެމްބަރ 14 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ އިތުރުވާނަމަ ޝޯޓްލިސްޓް ކުރެވޭނީ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، އެންމެ މަތިން މާރކްސް ލިބޭ  10 ފަރާތެކެވެ.  

އިންޓަރވިއުއާއި އިމްތިހާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނީ، 2023 ޑިސެމްބަރ 20 އާ 2023 ޑިސެމްބަރ 31 އާއި ދެމެދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއު، ޕްރެކްޓިކަލްއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3020254 ނަންބަރު ފޯނާއެވެ.

07 ޑިސެންބަރު 2023