ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)142-B1/142/2023/218
ޕަބްލިޝްކުރި ތާރީޚް: 05 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:07
ސުންގަޑި: 22 ފެބުރުވަރީ 2024 14:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
1445 ވަނަ އަހަރު ރާއްޖޭގެ މިސްކިތް ތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރާނެ ދިވެހި ޙާފިޡުން ހޯދުން

                           އިޢުލާން

1445 ވަނަ އަހަރު ރާއްޖޭގެ މިސްކިތް ތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރާނެ ދިވެހި ޙާފިޡުން ހޯދުން

          1445 ވަނަ އަހަރުގެ ރަމަޟާންމަހު މިސްކިތް ތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރާނެ ދިވެހި ޙާފިޡުން ހޯދަން ބޭނުންވާތީ، އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރުމަށް ބޭނުންވާ ދިވެހި ޙާފިޡުންނަށް ފުރުސަތު ހުޅުވާލަމެވެ.

 

          މިގޮތުން 1445 ވަނަ އަހަރު މާލޭސިޓީގެ މިސްކިތްތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް އެދޭ ދިވެހި ޙާފިޡުން ކަނޑައެޅިފައިވާ ފޯމު ("ދިވެހި ޙާފިޡުން އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް އެދޭ ފޯމް") ފުރިހަމަކޮށް ލިޔުންތަކާއެކު 2024 ފެބުރުވަރީ 22 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް މި މިނިސްޓްރީ އަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

          ރަށްރަށުގެ މިސްކިތް ތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް އެދޭ ދިވެހި ޙާފިޡުން ކަނޑައެޅިފައިވާ ފޯމާއި ލިޔުންތަކާއެކު 2024 ފެބުރުވަރީ 22 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހުށަހަޅުއްވާނީ، ސިޓީ ކައުންސިލްގެ އިދާރާތައް ހިމެނޭ ރަށްރަށާއި އަދި އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާ އަށް ކަމުގައި ދަންނަވަމެވެ. 

 

          މިގޮތުން ސިޓީ ކައުންސިލްގެ އިދާރާތައް ހިމެނޭ ރަށްރަށާއި އެރަށެއްގެ ރަށު ކައުންސިލްގެ އިދާރާ އިން ފޯމާއި އެހެނިހެން ލިޔުންތައް މި މިނިނިސްޓްރީ އަށް ހުށަހަޅުއްވާނީ، 2024 ފެބުރުވަރީ 29 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ކަމުގައި ދަންނަވަމެވެ. އަދި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރުމަށް އެދޭ ފޯމު ކައުންސިލްގެ އިދާރާ ތަކުންނާއި މި މިނިސްޓްރީގެ ވެބްސައިޓް www.islamicaffairs.gov.mv އިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

 

 އުޖޫރަ (އެލަވަންސް):

         ދިވެހި ޙާފިޡުންނަށް އެލަވަންސް ފައިސާ ދެވޭނީ އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރައްވާ ކޮންމެ ރެޔަކަށް -/500 (ފައްސަސަތޭކަ) ރުފިޔާގެ މަގުންނެވެ. މިގޮތުން ގިނަވެގެން ފައިސާ ދެވޭނީ މިސްކިތަކަށް ދިވެހި 02 ޙާފިޡުންނަށެވެ.

 

         އަދި ދަންނަވަމެވެ. 1445 ވަނަ އަހަރު ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް ހުއްދަ ދެވޭނީ މާލެ ސިޓީ ފިޔަވައި އެހެން ސިޓީ ކައުންސިލްގެ އިދާރާތައް ހިމެނޭ ރަށްރަށާއި އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާތައް މެދުވެރިކޮށް މި މިނިސްޓްރީ އަށް ހުށަހަޅުއްވާ ލިޔުންތަކަށް ބަލާފައެވެ. މި އުސޫލާ ޚިލާފަށް ހުށަހަޅުއްވާ ފޯމުތަކަށް ޢަމަލުކުރެވެން ނޯންނާނެ ވާހަކަ ވެސް ދެންނެވީމެވެ.

 

                              19 ޖުމާދަލްއޫލާ 1445

                              03 ޑިސެންބަރު 2023

 

05 ޑިސެންބަރު 2023