ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-BR/1/2015/33
ޕަބްލިޝްކުރި ތާރީޚް: 16 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 10:25
ސުންގަޑި: 01 އޭޕްރިލް 2015 00:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އަހަރީފީ ދެއްކުމަށް

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 10/96) ގެ 7 ވަނަ މާއްދާގެ (ށ) އާއި މިޤާނޫނުގެ ތާވަލުގެ 2 ވަނަ ނަންބަރުގައި، މިޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކޮންމެ ކުންފުންޏަކުން މިޤާނޫނުގައި ބަޔާންކޮށްފައިވާ އަހަރީ ފީ ކޮންމެ އަހަރެއްގެ މާރިޗުމަސް ނިމުމުގެ ކުރިން ދައްކަންވާނެ ކަމަށް ބަޔާންކުރެއެވެ. މިގޮތުން، ޕްރައިވެޓް ކުންފުންޏެއްނަމަ އަހަރީ ފީއަކީ -/2,000 ރުފިޔާ ކަމަށާއި، ޕަބްލިކް ކުންފުންޏެއްނަމަ އަހަރީ ފީއަކީ -/10,000 ރުފިޔާ ކަމަށް އިސްވެދެންނެވުނު މާއްދާގައި ބަޔާންކުރެއެވެ. އަދި މާރިޗުމަހުގެ ނިޔަލަށް އަހަރީ ފީ ނުދައްކައިފިނަމަ، އެޕްރީލްމަހުގެ ތެރޭގައި ފީ ބަލައިގަނެވޭނީ -/1,000 ރުފިޔާގެ ޖޫރިމަނާއަކާ އެކުގައި ކަމަށާއި، އެޕްރީލްމަހުގެ ނިޔަލަށް ފީ ނުދައްކައިފިނަމަ، މޭމަހުގެ ތެރޭގައި ފީ ބަލައިގަނެވޭނީ -/2,500 ރުފިޔާގެ ޖޫރިމަނާއަކާ އެކުގައި ކަމަށް އިސްވެދެންނެވުނު މާއްދާގައި ބަޔާންކުރެއެވެ.

ވީމާ، ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކުން، ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އަހަރީ ފީ ދެއްކުމަށް ހަނދުމަފުޅުކޮށް އެރުވުމުގެ ގޮތުން މިވާހަކަ ޢާންމުކޮށް އިޢުލާންކުރީމެވެ.

އެހެން އަހަރުތަކެކޭވެސް އެއް ފަދައިން، ކުންފުނިތަކުގެ އަހަރީ ފީ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިންނެވެ.

‏24 ޖުމާދަލްއޫލާ‏ 1436

16 މާރިޗު 2015