ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
| 
 ޕްރިންޓަރ  | 
 މަޤާމް:  | 
|||||
| 
 އެސް. އެސް. 3  | 
 މަޤާމުގެ ރޭންކް:  | 
|||||
| 
 ސަޕޯޓް ސްޓާފް ގްރޭޑް 3  | 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
|||||
| 
 އއ. ތޮއްޑޫ ސްކޫލް  | 
 ވަޒީފާ އަދާކުރަންޖެހޭ އޮފީސް:  | 
|||||
| 
 އިދާރީ ސެކްޝަން  | 
 ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:  | 
|||||
| 
 އއ. ތޮއްޑޫ  | 
 ވަޒީފާ އަދާކުރަންޖެހޭ ރަށް:  | 
|||||
| 
 1 (އެކެއް)  | 
 ބޭނުންވާ އަދަދު:  | 
|||||
| 
 މަހަކު -/3،875 ރުފިޔާ  | 
 މުސާރަ:  | 
|||||
| 
 މަހަކު -/1،000 ރުފިޔާ  | 
 ސަރވިސް އެލަވަންސް:  | 
|||||
| 
 1. މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. މަޤާމުގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤާއުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.  | 
 
 މަޤާމުގެ ޝަރުޠު: 
  | 
|||||
| 
 1. ސްކޫލުގައި ޗާޕްކުރަންޖެހޭ ޓެސްޓް ޕޭޕަރުތަކާއި، ނޯޓިސްތަކާއި، ފޮޓޯކޮޕީ ނަގަންޖެހޭ ތަކެއްޗާއި އެހެނިހެންތަކެތި، ކަނޑައެޅިފައިވާ ގަޑިއަށް ޗާޕްކޮށްފައި ހަވާލުކުރުން. 2. ކޮންމެ އަހަރަކުވެސް އެ އަހަރެއްގެ ޖަނަވަރީމަހުގެ 10 ގެ ކުރިން، ޓީޗަރުންގެ ހޭންޑް ބުކް، ވެރިއެއްގެ ލަފާގެމަތިން ތައްޔާރުކޮށްފައި ހަވާލުކުރުން. 3. ބައިންޑްކުރުމާއި ލެމިނޭޓްކުރުމަށް ހަވާލުކުރެވޭ ތަކެތި، ކަނޑައެޅިފައިވާ ވަގުތަކަށް ނިންމާފައި ހަވާލުކުރުން. 4. ސްކޫލުގައި ހުންނަ ޕްރިންޓަރާއި ފޮޓޯކޮޕީ މެޝިންފަދަ މެޝިނަރީތަކާއި އެހެނިހެން ތަކެއްޗަށް ރައްކާތެރިވުމާއި، އެތަކެތި ބެލެހެއްޓުން. 5. އޮފީހަށާއި، ޓީޗަރުންނަށް ބޭނުންވާ ތަކެތި ފޮޓޯކޮޕީ ނަގައިދިނުން. 6. ސްކޫލުގެ ސައުންޑް ސިސްޓަމްތައް ބެލެހެއްޓުން. 7. ޕްރިންޓިންގ މެޝިންތަކަށް ދިމާވާ މައްސަލަތައް (ޕްރިންޓްކުރަން ބޭނުންވާ ލިޔެކިޔުންތަކަށް ދަތިނުވާނެހެން) އިދާރާއާ ވާހަކަދައްކައިގެން މަރާމާތުކުރުން.  | 
 މަޤާމުގެ މަސްއޫލިއްޔަތު:  | 
|||||
| 
 1. ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު 2. މަސައްތުގެ ތަޖުރިބާލިބިފައިވާ މިންވަރު 3. ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހެއް ކަމުގައިވުން. 4. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި، ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 1 އެޕްރީލް 2013 ގައިވާ ކަންކަމަށް ބެލެވޭނެއެވެ.  | 
 ވަޒީފާއަށް އެންމެ ޤާބިލުމީހެއް ހޮވުމަށް ބެލޭނެ ކަންތައްތައް  | 
|||||
| 
 * އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. * ސަރުކާރުގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ކަންތައްތައް ހަމަޖައްސައިދެވޭނެއެވެ.  | 
 އުޖޫރައާއި ޢިނާޔަތްތައް:  | 
|||||
| 
 1. ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މި ސްކޫލުގެ ކައުންޓާރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.) 2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް. 3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީއާއި، އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ އަޞްލު. 4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު) 5. ވަޒީފާގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާނަމަ، ވަޒީފާ އަދާކުރި ތަންތަނުގެ ލިޔުންތައް. 6. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.  | 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
|||||
| 
 މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2015 މާރިޗު 24 ވާ އަންގާރަ ދުވަހުގެ 14.00 ގެ ކުރިން މި ސްކޫލަށް ހުށަހެޅުން އެދެމެވެ.  | 
 ސުންގަޑި:  | 
|||||
| 
 މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު، 2015 މާރިޗުމަހު، މި ސްކޫލުގައި އޮންނާނެއެވެ.  | 
އިންޓަވިއު: | |||||
| 
 މަޢުލޫމާތު ހޯދުމަށް ގުޅާނީ 6660819 ފޯނު ނަންބަރު ފޯނަށެވެ.  | 
 އިތުރު މަޢުލޫމާތު:  | 
|||||
21 ޖުމާދަލްއޫލާ 1436