ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިދާރާތައް ލާމަރުކަޒީއުސޫލުން ހިންގުމުގެ ޤާނޫނު (7/2010) ގެ 107 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަރައްޤީގެ ޕްލޭނަށް ޢަމަލީ ސިފަ އަންނަމުންދާ ގޮތުގެ މަޢުލޫމާތު މަދުވެގެން ދެމަހުން އެއްމަހު ޢާއްމުކުރުމަކީ ރަށުކައުންސިލްތަކަށް ޤާނޫނުން މަތިކޮށްފައިވާ ޒިންމާއެކެވެ.
ޤާނޫނު ނަމްބަރު (7/2010) (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތަށް، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރ/ އޮކްޓޯބަރ މަހުގައި މި ދެންނެވި މަޢުލޫމާތު ޢާއްމުކޮށްފައިވާ ކައުންސިލްތަކުން އެމަޢުލޫމާތު މި ކައުންސިލަށް ހިއްސާކުރުމަށް ވާނީ ދަންނަވާފައެވެ. އެގޮތުން ސެޕްޓެމްބަރ/ އޮކްޓޯބަރ މަހުގައި މަޢުލޫމާތު ޢާއްމުކޮށް އަތޮޅު ކައުންސިލަށް ހުށަހަޅާފައިވާ، މި އިދާރީ ދާއިރާގެ ރަށުކައުންސިލްތަކުގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.
- ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
 - ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
 - ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދަރާ
 - ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
 - ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
 
ދެންނެވުނު ކައުންސިލްތަކުން، އެކައުންސިލްތަކުގެ ޤާނޫނީ ޒިންމާ އަދާކޮށްފައިވާތީ ކައުންސިލްތަކުގެ މަސައްކަތްތައް ފާހަގަކޮށް، މިކައުންސިލްގެ ފަރާތުން މަރުޙަބާ ދަންނަވަމެވެ.