ދިވެހިރާއްޖެ
|
އިޢުލާން
2023/11/17 ވާ ހުކުރު ދުވަހުގެ ޢަޞުރު ނަމާދާއި މަޣްރިބު ނަމާދަށް މަސްޖިދުއްސުލްޠާންމުޙައްމަދު ތަކުރުފާނުލް އަޢުޡަމްއަށް ވަޑައިގަންނަވާ ބޭފުޅުން އިސްލާމީ މަރުކަޒުގެ ދެކުނު ފަޅި ބޭނުންކުރުމާ ގުޅޭ
ކުރިއަށްއޮތް 5 އަހަރަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އިންތިޚާބުކުރެވިފައިވާ ޑރ. މުޙައްމަދު މުޢިއްޒުއާއި، އެ މަނިކުފާނުގެ ނައިބު ރައީސްކަމުގެ މަޤާމަށް އައްޔަންކުރެވިފައިވާ އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މަޤާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު 2023/11/17 ވާ ހުކުރު ދުވަހުގެ ހަވީރު 4:45 ގައި ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ހަމަޖެހިފައިވާތީ، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމްއަށް އެ ދުވަހުގެ ޢަޞުރު ނަމާދާއި މަޣްރިބުނަމާދަށް ވަޑައިގަންނަވާ ބޭފުޅުން އިސްލާމީ މަރުކަޒުގެ ދެކުނު ފަޅި، (މެދުޒިޔާރަތްމަގު) ކުރީގެ ދިރާގުގެ މައި އޮފީސް ހުރި ފަޅިއާއި އަދި އިރުމަތީ ފަރާތު ނޭޝަނަލް އާރޓް ގެލެރީ ހުންނަ ފަޅި ބޭނުން ކުރެއްވުމަށް ދެންނެވީމެވެ. ވީމާ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ. 22 ރަބީޢުލްއާޚިރު 1445 06 ނޮވެންބަރު 2023
|