ތަމްރީނު
ނަންބަރު: (IUL)160-A/1/2013/38
ޕަބްލިޝްކުރި ތާރީޚް: 16 ޖޫން 2013
ޕަބްލިޝްކުރި ގަޑި: 1234
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ކީރިތި ޤުރްއާނާބެހޭ މަރްކަޒުން 2013 ވަނަ އަހަރުގެ ދެވަނަ ސެމެސްޓަރގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތައް

އިޢުލާން

ކީރިތި ޤުރްއާނާބެހޭ މަރްކަޒުން 2013 ވަނަ އަހަރުގެ ދެވަނަ ސެމެސްޓަރގައި ތިރީގައި މިދަންނަވާ ކޯސްތައް ފެށުމަށްވަނީ ހަމަޖެހިފައެވެ.

  • ޤުރްއާން މުދައްރިސް އެޑްވާންސްކޯސް
  • ޤާރީ އެޑްވާންސްކޯސް

ޤުރްއާން މުދައްރިސް އެޑްވާންސްކޯސް

ޝަރުޠު:                      1- ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ޤާރީކޯސް ސެޓުފިކެޓު ލެވެލް 3 ހަދާފައިވުން.

                               2- ކީރިތި ޤުރްއާނާބެހޭ މަރްކަޒުންދޭ ޓެސްޓާއި އިންޓަވިއުއިން ފާސްވުން.

މުއްދަތު                      1   އަހަރު

ޖާގަ:                         30

މުއްދަތު ހަމަވާ ތާރީޚު:  25 ޖޫން 2013 ވާ އަންގާރަ ދުވަހުގެ 14.00

ޤާރީ އެޑްވާންސްކޯސް

ޝަރުޠު:                    ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ޤާރީކޯސް ސެޓުފިކެޓު ލެވެލް 3 ހަދާފައިވުން.

މުއްދަތު:                  1   އަހަރު

ޖާގަ:                       30

މުއްދަތު ހަމަވާ ތާރީޚު:   4 ޖުލައި 2013 ވާ ބުރާސްފަތި ދުވަހުގެ 14.00   

        ވީމާ، މިކޯސްތަކުގައި ބައިވެރިވުމަށް އެދޭފޯމު 16 ޖޫން 2013 ވާ އާދީއްތަ ދުވަހުން ފެށިގެން މިމަރްކަޒުން ދޫކުރަމުން ގެންދާނެއެވެ. މި ކޯސްތަކުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން ބައިވެރިވާން އެދޭ ކޯހުގެ މުއްދަތު ހަމަވުމުގެ ކުރިން ފޯމު ފުރުއްވުމަށްފަހު، ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓު ތަކުގެ (އެކްރެޑިޓް އަދި އެޓެސްޓު ކުރެވިފައިވާ) ކޮޕީއާއެކު މިމަރްކަޒަށް ހުށަހެޅުއްވުން އެދެމެވެ.

        ޤާރީ އެޑްވާންސް ކޯހަށް ދަރިވަރުން ހޮވުމުގައިބަލާނީ ކުރިމަތިލާފައިތިބި ދަރިވަރުންގެ ތެރެއިން ޤާރީކޯސް ލެވެލް 3 އިން އެންމެމަތިން މާކުސް ހޯދާފައިވާ ދަރިވަރުންނަށެވެ. ޤުރްއާން މުދައްރިސް އެޑްވާންސްކޯހަށް ދަރިވަރުން ހޮވާނީ ކުރިމަތިލާފައިވާ ދަރިވަރުންގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ދަރިވަރުންނާ އިންޓަވިއު ކޮށްގެންނެވެ.

                                1 ޝަޢުބާން 1434

                         

ނޯޓް: މިއިޢުލާން ޖޫން 13، 17، 20  މި ތިން ދުވަހުގެ ގެޒެޓްގައި ޝާއިއުކޮށްދެއްވުން އެދެމެވެ.  

 

2013-06-10