މަސައްކަތް
ނަންބަރު: (IUL)23-PD(PMS)/23/2023/315
ޕަބްލިޝްކުރި ތާރީޚް: 06 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 10:35
ސުންގަޑި: 14 ނޮވެންބަރު 2023 13:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތާއި ހެލްތު މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ތަންތާންގައި ބަހައްޓާފައި ހުރި ކޫލަރުތަކަށް ބޭނުންވާ ފެން 1 އަހަރު ދުވަހަށް ސަޕްލައިކޮށް ދިނުން

 އިޢުލާން

 

މިނިސްޓްރީ އޮފް ހެލްތުގައި ބަހައްޓާފައި ހުރި ފެން ކޫލަރުތަކަށް ބޭނުންވާ ފެން 1 އަހަރު ދުވަހަށް ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުން ވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 6 ނޮވެމްބަރ  2023 ވާ އާދިއްތަ ދުވަހުން ފެށިގެން 14 ނޮވެމްބަރ  2023 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 21 ނޮވެމްބަރ  2023 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 15 ނޮވެމްބަރ  2023 ވާ ބުދަ ދުވަހު ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

22 ރަބީޢުލްއާޚިރު 1445

  6 ނޮވެމްބަރ  2023

06 ނޮވެންބަރު 2023