|
2023 ވަނަ އަހަރު ނޮވެންބަރު / ޑިސެންބަރު މަހު މި ޑިޕާޓްމަންޓްއިން ބާއްވާ ކެމްބްރިޖް އިންގްލިޝް އިމްތިޙާންތައް ބެލެހެއްޓުމަށްޓަކައި ޗީފް އިންވިޖިލޭޓަރުންނާއި އިންވިޖިލޭޓަރުން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ކަނޑައެޅިފައިވާ ފޯމު ފުރިހަމަކުރުމަށްފަހު ޑީޕީއީ އަށް ހުށަހެޅުން އެދެމެވެ.
|
|
ބޭނުންވާ އަދަދު:
|
|
ޗީފް އިންވިޖިލޭޓަރ
|
02
|
|
އިންވިޖިލޭޓަރ
|
15
|
|
|
މަސައްކަތް ކުރިއަށް ދާނެ މަސްތައް:
|
ނޮވެމްބަރ 23 ން ޑިސެމްބަރ 03 އަށް
|
|
އުޖޫރަ:
|
- ޗީފް އިންވިޖިލޭޓަރ ( މަސައްކަތް ކުރާ ކޮންމެ ސެޝަނަކަށް 300 ( ތިންސަތޭކަ) ރުފިޔާ
- އިންވިޖިލޭޓަރ ( މަސައްކަތް ކުރާ ކޮންމެ ސެޝަނަކަށް 200 ( ދުއިސައްތަ ) ރުފިޔާ
|
|
ޝަރުޠު:
|
ޗީފް އިންވިޖިލޭޓަރުންނާއި އިންވިޖިލޭޓަރުންގެ ޝަރުޠުތައް:
- ޗީފް އިންވިޖިލޭޓަރ ކަމުގެ ތަމްރީން ފުރިހަމަ ކޮށްފައިވުން (ހަމައެކަނި ޗީފް އިންވިޖިލޭޓަރުންނަށް)
- ދިވެހި ރައްޔިތަކަށް ވުން
- އުމުރުން 18 އަހަރު ފުރިފައިވުން
- ޖީސީއީ އޯލެވެލް ފެންވަރަށް ދިވެހި ބަހާއި އިނގިރޭސި ބަސް އެނގޭ މީހަކަށްވުން.
- އިމްތިޙާންގެ ކެނޑިޑޭޓެއް ކަމުގައި ނުވުން
- އިމްތިހާނުގައި ބައިވެރިވާ ކެނޑިޑޭޓެއްގެ މަންމަ، ބައްޕަ ، އަނބިމީހާ، ފިރިމީހާ ދަރިއެއް، ދެބޭންގެ ދެދަރި ކުއްޖެއް، މާމަ ކާފަ ދަރިއެއް، އެއްބަނޑު ނުވަތަ އެއްބަފާ މީހެއް، ބަލަދުވެރިކަމުގެ ދަށިގައިވާ މީހެއް، އެއްބަނޑު /އެއްބަފާ / އެއްބަނޑު އެއްބަފާ މީހެއްގެ ދަރިއެއް އަދި ތިމާ އުޅޭ ގޭގައި އުޅޭ ކުއްޖެއް ކަމުގައި ނުވުން.
|
|
މަސްޢޫލިއްޔަތު:
|
އިމްތިހާން އޮންނަ ގަޑިތަކުގައި ޗީފް އިންވިޖިލޭޓަރ ، އިންވިޖިލޭޓަރެއްގެ ހައިސިއްޔަތުން އެގްޒާމް ހޯލް ބެލެހެއްޓުމާއި އަދި މިނޫނަސް މިކަމާ ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައްތައް ޑީޕީއީ އިން އަންގާގޮތެއްގެ މަތިން ކުރުން
|
|
ހުށަހަޅަންޖެހޭ ތަކެތި:
|
- އިންވިޖިލޭޓުކަން ކުރުމަށް އެދޭ ފޯމު
- ތަޢުލީމީ ރޮނގުން ލިބިފައިވާ އެންމެ މަތީ ސެޓިފިކެޓްގެ ކޮޕީ
- ވަނަވަރު
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ
- ބޭންކް އެކައުންޓް ނަންބަރު ކަށަވަރު ކުރާނެ ލިޔުން.
|
|
ސުންގަޑި:
|
2023 ނޮވެންބަރު 12 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން
|
|
އެދެންވީ ގޮތް:
|
- ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ކުރެވިފައިވާ ފޯމު ފުރިހަމަ ކުރެއްވުމަށް ފަހު، ހުށައަޅަންޖެހޭ ޑޮކިއުމަންޓްތަކާއެކު ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (ހ. އަސްރަފީވިލާ، 2 ވަނަ ފަންގެފިލާ، މަޖީދީމަގު) ނުވަތަ އީ މެއިލް މެދުވެރިކޮށް [email protected] އަށެވެ.
- މިކަމާ ގުޅޭ ފޯމުތައް މި ޑިޕާޓްމަންޓް ގެ ކައުންޓަރުންނާއި ވެބްސައިޓުން www.dpe.edu.mv ލިބެން ހުންނާނެއެވެ.
- އިތުރު މައުލޫމާތު ހޯއްދެވުމަށް 4003999 ނުވަތަ 7957373 ގުޅުއްވުން އެދެމެވެ.
|