މަސައްކަތް
                	
                ނަންބަރު: (IUL)142-E1/1/2015/33
                    ޕަބްލިޝްކުރި ތާރީޚް: 04 މާރިޗު 2015
                    ޕަބްލިޝްކުރި ގަޑި:  11:34
                                            ސުންގަޑި: 
                            10 މާރިޗު 2015 14:00
                        
                    
                މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ކަލަންޑަރު ޑިޒަިއންކޮށް، ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމަށް
                                2016 ވަނަ އަހަރު މި މިނިސްޓްރީގެ ފަރާތުން ނެރޭ ކަލަންޑަރު ޑިޒައިންކޮށް ޗާޕުކުރުމާއެކު، މާރކެޓްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 10 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 14:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 12 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މި މިނިސްޓްރީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސެޝަނަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ތަމްސީލު ކުރެވޭނީ އެއްފަރާތެއް ކަމުގައި ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020219 ފޯނަށެވެ.
13 ޖުމާދަލްއޫލާ 1436
                04 މާރިޗު 2015