ދިވެހިރާއްޖެ
ލޯގޯއެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުން 
މި އޮތޯރިޓީން ކުރިއަށްގެންދިއުމަށް ރާވާފައިވާ މަސައްކަތަކަށް ތިރީގައި މިވާ މަޢުލޫމާތަށް ރިޢާޔަތްކޮށް ލޯގޯއެއް ފަރުމާކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ލޯގޯއެއް ފަރުމާކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 10 މާރިޗު 2015 ވަނަ ދުވަހުގެ 14:00 އަށް މި އޮތޯރިޓީ (ހ.ފުލިދޫގެ 2 ވަނަ ފަންގިފިލާ) އަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ލޯގޯއާބެހޭ މަޢުލޫމާތު؛
- މި ލޯގޯއަކީ ގެވެށި އަނިޔާ ހުއްޓުވުމަށް ހޭލުންތެރިކަން އިތުރުކުރުމަށް އެޕްރީލް 2015 ގައި އެއް މަސްދުވަހުގެ މުއްދަތަށް މި އޮތޯރިޓީން ކުރިއަށްގެންދާ "އައި-ސްޕްރެޑް އަ ސްމައިލް" ކެމްޕޭންގައި ބޭނުންކުރުމަށް ފަރުމާކުރެވޭ ލޯގޯއެކެވެ.
 - މި ކެމްޕޭންގެ ބޭނުމަކީ ގެވެށި އަނިޔާ ހުއްޓުވުމަށް ހިތްވަރުދިނުމުގެ މެސެޖްތަކެއް މުޖުތަމަޢަށް ފޯރުކޮށްދިނުމެވެ. އެގޮތުން، މިފަދަ އަނިޔާތަކުން އަރައިގަނެ، ސަލާމަތްވެ، ނުވަތަ މިފަދަ އަނިޔާތަކުން އެހެން މީހަކު ސަލާމަތް ކުރުމަށް އެހީވެދިނުން ފަދަ ކަންކަން ޕްރޮމޯޓްކުރުމަށް މި ކެމްޕެއިންގައި ޚާއްޞަ ސަމާލުކަމެއް ދެވޭނެއެވެ.
 
ލޯގޯގައި ހުންނަންވީ އަސާސީ ސިފަތައް:
- ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ލޯގޯއާ ގުޅޭ/އެއްގޮތް ސިފަތަކެއް ހުރުން.
 - ލޯގޯގައި ދަނބު އަދި އޮރެންޖް ކުލަ ބޭނުންކުރުން.
 - ހިތްވަރު، އެކަކު އަނެކަކަށް އޯގާތެރިވުން އަދި އެހީތެރިވުން ދައްކުވައިދިނުން.
 - އުންމީދު، އުފާވެރިކަން އަދި ހިތްހަމަޖެހުން ދައްކުވައިދިނުން.
 - ބޭނުންކުރަން ފަސޭހަ ލޯގޯއަކަށްވުން (ޕޯސްޓަރު/ކެންވަސްތަކުގައި ބޭނުންކުރުން).
 - 20mm X 20mm އަށް ކުޑަކުރުމާއި A4 ސައިޒަށް ބޮޑުކުރުމުން ސިފަ ނުގެއްލުން.
 - ލޯގޯ ހުށަހަޅުއްވާއިރު އޭގެ ސޮފްޓް އަދި ހާރޑް ކޮޕީ ހުށަހެޅުން.
 - ހޮވޭ ލޯގޯގެ ކޮޕީ ރައިޓްސް އަދި ވެކްޓަރ ފައިލް ފެމިލީ ޕްރޮޓެކްޝަނަން އޮތޯރިޓީއަށް މަސައްކަތް ފުރިހަމަކުރެއްވުމަށްފަހު ހުށަހަޅުއްވަން ހަމަޖެހިފައިވާ ދުވަހު އެތަކެތި ހުށަހަޅަންވާނެއެވެ.
 - ލޯގޯ ހުށަހަޅުއްވާއިރު، ލޯގޯއިން ދައްކުވައިދޭ އެއްޗަކާބެހޭ މަޢުލޫމާތު ލިޔުމުން ހުށަހަޅަންވާނެއެވެ.
 - ލޯގޯގައި އެއްވެސް އަކުރެއް ނުވަތަ ލިޔުމެއް ބޭނުންކޮށްފައިވާނަމަ ބޭނުންކޮށްފައިވާ ފޮންޓް އަދި ލޯގޯގައި ބޭނުންކޮށްފައިވާ ކުލަ ނުވަތަ ކުލަތަކުގެ ކޯޑް ހުށަހަޅުއްވަން ވާނެއެވެ.
 
ޕްރޮޕޯސަލް އަންދާސީހިސާބުގައި ހިމަނަންވީ ބައިތައް:
- މަސައްކަތުގެ އަގު
 - މަސައްކަތް ނިންމޭނެ މުއްދަތު
 - ލޯގޯ ފަރުމާ ކުރާ ފަރާތުގެ ވަނަވަރު/ޕްރޮފައިލް (ކުންފުންޏެއް ނަމަ ކުންފުނީގެ ރަޖިސްޓަރީގެ ސެޓުފިކެޓުގެ ކޮޕީ އަދި ޖީ.އެސް.ޓީ އަށް ރަޖިސްޓަރީކުރި ސެޓުފިކެޓުގެ ކޮޕީ)
 - މީގެ ކުރިން މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ އެކަމުގެ ތަފުސީލު އެނގޭނެ ލިޔުންތައް
 
މި ބިޑް އެވޯޑްކުރުމުގައި ޕޮއިންޓު ދޭނެ މިންގަނޑު
- އަގު: %60
 - ތަޖުރިބާ %25
 - މަސައްކަތް ނިންމޭނެ މުއްދަތު % 15
 
ޕްރޮޕޯސަލް/އަންދާސީހިސާބު ހުށަހެޅުން: 10 މާރިޗު 2015 ވަނަ ދުވަހުގެ 14:00
އަންދާސީހިސާބު ހުށަހަޅަންޖެހޭ ތަން: ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (ހ.ފުލިދޫގެ 2 ވަނަ ފަންގިފިލާ)
އިތުރު މަޢުލޫމާތު
- މި މަސައްކަތުގެ އަގު -/4000 ރުފިޔާއަށްވުރެ ބޮޑުވެގެން ނުވާނެއެވެ.
 - ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކުގެ އަންދާސީހިސާބު/ޕްރޮޕޯޒަލް ބަލައެއްނުގަނެވޭނެއެވެ.
 
އިތުރު މަޢުލޫމާތު ހޯދުމަށް
ފޯން: 3010551
ފެކްސް: 3010552
އީމެއިލް: [email protected]
13 ޖުމާދަލްއޫލާ 1436