ދިވެހިރާއްޖެ
ގއ. ވިލިނގިލީ ޒުވާނުންގެ މަރުކަޒުގެ ސެކިއުރިޓީ ކަންތައްތައް ބަލަހައްޓާނެ ފަރާތެއް ހޯދުން
ގއ. ވިލިނގިލީ ޒުވާނުންގެ މަރުކަޒުގެ ސެކިއުރިޓީގެ ކަންތައްތައް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަން ކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މިމަސައްކަތް ކުރެވިދާނެ އަގަކާއި މިކަން ކުރެއްވުމަށް ގަސްތުކުރައްވާގޮތް ބަޔާންކޮށް ތިރީގައިމިވާ ތާރީޚުތަކާއި ގަޑިތަކުގައި މަޢުލޫމާތު ސާފުކޮށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިނުވާ ވާހަކަ ދަންނަވަމެވެ.
އަންދާސީހިސާބު އިވެލުއޭޓް ކުރުމުގައި މާކްސް ދެވޭނެގޮތް
- މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ އަގަށް: 50 މާކްސް
 - މުވައްޒަފުން ލައިގެން ތިބޭ ޔުނިފޯމަށް: 10 މާކްސް
 - ޑިއުޓީ ބަހާފައިވާ ގޮތާއި ވަގުތުތަކާއި މަސައްކަތް ރާވާފައިވާ ގޮތަށް: 10 މާރްކްސް
 - ޑިއުޓީގައި ބޭނުންކުރަން ކަނޑައަޅާފައިވާ ވަސީލަތަށް: 10 މާކްސް
 - ދިދަ ނަގާ ތިރިކުރުމަށް ހަމަޖައްސާފައިވާ ގޮތަށް: 10 މާކްސް
 - މިމަސައްކަތަށް ބޭނުންކުރާނެ މީހުން: 10 މާކްސް
 
| 
 ތަފުސީލު  | 
 ތާރީޚާއި ދުވަސް  | 
 ވަގުތު  | 
| 
 މަޢުލޫމާތު ސާފުކުރުން  | 
 15 މާރިޗު 2015 އާދީއްތަ ދުވަސް  | 
 14:00  | 
| 
 އަންދާސީހިސާބު ހުށަހެޅުން  | 
 22 މާރިޗު 2015 އާދީއްތަ ދުވަސް  | 
 14:30  | 
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
11 ޖުމާދަލްއޫލާ 1436