މަސައްކަތް
ނަންބަރު: (IUL)23-PD(PMS)/23/2023/297
ޕަބްލިޝްކުރި ތާރީޚް: 05 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 13:48
ސުންގަޑި: 15 އޮކްޓޫބަރު 2023 13:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ގެ ނިއުޓްރިޝަން ޕްރޮގްރާމުން ތައްޔާރުކޮށްފައިވާ، މޯލްޑިވްސް ފުޑް ބޭސްޓް ޑައެޓަރީ ގައިޑްލައިން އަށް ޞިއްޙީ ޙިދުމަތްތެރިން އަހުލުވެރިކުރުމަށް ބާއްވާ ޓްރޭނިންގ ގެ ކޭޓަރިން އަދި ހޯލް އެއް ހޯދުމަށް

އިޢުލާން

 

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ގެ ނިއުޓްރިޝަން ޕްރޮގްރާމުން ތައްޔާރުކޮށްފައިވާ، މޯލްޑިވްސް ފުޑް ބޭސްޓް ޑައެޓަރީ ގައިޑްލައިން އަށް ޞިއްޙީ ޙިދުމަތްތެރިން އަހުލުވެރިކުރުމަށް (29 އޮކްޓޯބަރ 2023 ން 1 ނޮވެމްބަރ 2023) ބާއްވާ ޓްރޭނިންގ ގެ ކޭޓަރިން އަދި ހޯލް އެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 5 އޮކްޓޯބަރ 2023 ވާ ބުރާސްފަތި ދުވަހުން ފެށިގެން 15 އޮކްޓޯބަރ  2023 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 18 އޮކްޓޯބަރ 2023 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 16 އޮކްޓޯބަރ 2023 ވާ ހޯމަ ދުވަހު ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

20 ރަބީޢުލްއައްވަލް 1445

 

05 އޮކްޓޫބަރު 2023