ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23-HRD(LR)/23/2023/270
ޕަބްލިޝްކުރި ތާރީޚް: 21 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 19:28
ސުންގަޑި: 02 އޮކްޓޫބަރު 2023 13:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ސީނިއަރ ހެލްތު ރިކޯޑްސް އޮފިސަރ - މިނިސްޓްރީ އޮފް ހެލްތު

އިޢުލާން

 މިނިސްޓްރީ އޮފް ހެލްތުގައި މަސައްކަތްކުރެއްވުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް

ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފުންނެވެ.

މަޤާމު

ސީނިއަރ ހެލްތު ރިކޯޑްސް އޮފިސަރ

މަޤާމުގެ ނަންބަރު

J-387069

ބޭނުންވާ އަދަދު

01 (އެކެއް)  

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ރޭންކް 7 - ސްޓެޕް 1

ޑިވިޝަން/ ސެކްޝަން

ހެލްތު އިންފޮމޭޝަން މެނޭޖްމަންޓް އެންޑް ރިސަރޗް ޑިވިޜަން،ހެލްތު ރިސަރޗް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތު   

މުސާރަ

-/9585 ރުފިޔާ

މަޤާމުގެ އެލަވަންސް

-/4472 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (1 މޭ 2023 އިސްލާހާއި އެއްގޮތައް) އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް
  3. ޙާޞިރީ އިނާޔަތް: ޙާޞިރުވާ ދުވަހަކަށް -/121

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1.ޞިއްޙީ ދިރާސާ އަދި ސިއްޙަތަށް ކުރާ ހޭދައާ ގުޅުންހުރި ދިރާސާކުރުމުގެ މަސައްކަތްތައް ކުރުން.

2.ނެޝަނަލް ހެލްތް ރިސާރޗް ކައުންސިލްގެ ސެކްރެޓްރިއޭޓްގެ މަސައްކަތްތައް ކުރުން.

3.ނެޝަނަލް ހެލްތް ރިސާރޗް ކައުންސިލްއިން ހުއްދަދެވޭ ދިރާސާތައް މޮނީޓަރކޮށް ދިރާސާކޮށް ނިމުމުން ދިރާސާގެ ހޯދުންތަކާއި އެބްސްޓްރެކްޓްތައް ހޯދާ ބެލެހެއްޓުން.

4.ކޮންމެ އަހަރަކު އެއްފަހަރު ނެރެވާ ރިސަރޗް ބުލެޓިން ތައްޔާރުކޮށް، މި މަސައްކަތާއި ގުޅުންހުރި ކަންކަން ކުރުން.

5.ސިއްޙީ ދާއިރާގައި ދިރާސާކުރުމަށް ކަނޑައެޅިފައިވާ ދާއިރާތަކާއި މައުލޫތަކުގެ މައްޗަށް ރިސާރޗް ހެދުމާއި އަރުޝީފު ކުރުމާއި އަދި އަޕްޑޭޓް ކުރުން.

6.މިނިސްޓްރީ ތެރޭއިންނާއި ބޭރުން ސިއްޙީ ދިރާސާކުރަން ބޭނުންވާ ފަރާތްތަކާއެކު ސިއްހީ ދިރާސާކުރުމުގެ މަސައްކަތްކުރުން.

7.ސިއްޙީ ދާއިރާގެ ސިޔާސަތުތައް ކަނޑައެޅުމުގައި ބޭނުންތެރި ސިއްޙީ ދާއިރާގެ ދިރާސާތަކާއި ރިސާރޗް ކަރުދާސްތައް ހެދުމުގެ މަސައްކަތްކުރުން.

8.ނެޝަނަލް ހެލްތު އެކައުންޓްސް އެކުލަވާލުމަށް ޞީއްހީ ދާއިރާގައި ހޭދަވާ ޙަރަދުތަކުގެ (ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން) މަޢުލޫމާތުތައް އައްކޮށް ސުޕަރވައިޒަރ/ކޮންސަލްޓަންޓްގެ އިރުޝާދުގެ ދަށުން ރިޕޯޓުތައް ތައްޔާރުކުރުން.

9.ހެލްތު އެކައުންޓްސްގެ މަޢުލޫމާތުތައް މިނިސްޓްރީގެ ޕޮލިސީ ލެވެލްގެ ބޭފުޅުންނާއި އެހެން ސެކްޝަންތަކާއި އަދި އޮފީސްތަކާއި ޙިއްސާކޮށް، ބައިނަލް އަޤުވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި ރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ބެލެހެއްޓުން.

10.ހެލްތު އިކޮނޮމިކްސް އަދި ހެލްތު ފައިނޭންސިންގ/އެކައުންޓްސް ދާއިރާއާ ގުޅުންހުރި ސެކްޓަރގެ ޕްރޮޖެކްޓް / ޕްރޮގުރާމުތައް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ހިންގުން..

11.ނެޝަނަލް ހެލްތް އެކައުންޓްސްގެ އަހަރީ މައުލޫމާތުތަކާއި ޤައުމީ ފެންވަރެއްގައި ކުރެވޭ ޚަރަދުތަކާއި އަދި ރާއްޖޭގައި ޞިއްޙީ ދާއިރާއަށް ހިނގާ ޚަރަދުތަކުގެ ތަފްޞީލު މަޢުލޫމާތު ހޯދާ ދިރާސާކުރުން.

12.ހެލްތު އެކައުންޓްސް/ފައިނޭންސް/ރިސާރޗްގެ ފަންނީ އެހީ ދެއްވުމަށްޓަކައި ރާއްޖެ ވަޑައިގަންނަވާ ކޮންސަލްޓެންޓުންނާ އެކު މަސައްކަތްކޮށް އެބޭފުޅުންނާއިއެކު ބާއްވަންޖެހޭ މީޓިންތައް އިންތިޒާމުކޮށް، ހެލްތު ފައިނޭންސިންގ/އެކައުންޓްސް/ރިސާރޗް  ރިޕޯޓުތައް ތައްޔާރުކުމުގައި ކޮންސަލްޓެންޓަށް އެހީތެރިވެދިނުން.

13. ޑިވިޝަންގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލު ކުރެވޭ އޮފީސް މަސައްކަތް ކުރުން   

ޞިއްޙީ އެމަރޖެންސީތަކާ،ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.

 

މަޤާމުގެ ޝަރުތުތައް

މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާޞިލުކޮށްފައިވުން.

ތަޢުލީމީ ރޮނގުތައް:

  • އެޕްލައިޑް މެތަމެޓިކްސް  
  • ކްލިނިކަލް ކޯޑިންގ  
  • ޑާޓާ ސައިންސް  
  • ޑިޖިޓަލް ހެލްތް ސިސްޓަމްސް  
  • ހެލްތް ޑޭޓާ ސައިންސް  
  • ހެލްތު އިންފޮމެޓިކްސް  
  • ހެލްތް އިންފޮމޭޝަން އެންޑް ރިސަރޗް  
  • ހެލްތް އިންފޮމޭޝަން މެނޭޖްމަންޓް  
  • ހެލްތް އިންފޮމޭޝަން ޓެކްނޯލޮޖީ  
  • ހެލްތް ރިސަރޗް  
  • ހެލްތް ސަރވިސަސް އެޑްމިނިސްޓްރޭޝަން  
  • ހެލްތް ސަރވިސަސް މެނޭޖްމަންޓް  
  • ހޮސްޕިޓަލް އެޑްމިނިސްޓްރޭޝަން  
  • ހޮސްޕިޓަލް އިންފޮމޭޝަން މެނޭޖްމަންޓް  
  • ހޮސްޕިޓަލް މެނޭޖްމަންޓް  
  • އިންފޮމޭޓިކްސް  
  • އިންފޮމޭޝަން މެނޭޖްމަންޓް  
  • މެޑިކަލް ކޯޑިންގ  
  • މެޑިކަލް ރިކޯޑްސް މެނޭޖްމަންޓް  
  • މެޑިކަލް ސްޓެޓިސްޓިކްސް  
  • ނަރސިންގ އިންފޮރމެޓިކްސް  
  • ޕަބްލިކް ހެލްތު މެނޭޖްމަންޓް  
  • ސްޓެޓިސްޓިކްސް  

 

ގުޅޭ ވަޒީފާގެ ދާއިރާ

      އިންފޮމެޓިކްސް

އިންފޮމޭޝަން މެނޭޖްމެންޓް

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ،އަދާކުރަމުންދާ ވަޒީފާއިންވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ  މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން  https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް 

ވަޒީފާއަށް އެންމެ    ޤާބިލު  ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 02 އޮކްޓޯބަރ 2023 ވަނަ ދުވަހުގެ 13:30 ގެ ކުރިން [email protected]  އަށެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) އަދި އިންޓަރވިއު އޮންނާނީ،2023 އޮކްޓޯބަރ މަހު މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިޙާނު އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް[email protected] އަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3014416 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް> "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

21 ސެޕްޓެންބަރު 2023