|
އިޢުލާން
ވޭޖް އެމްޕްލޯއިމަންޓް އުސޫލުން މި މިނިސްޓްރީގެ އިސްލާމިކް ލައިބްރަރީގައި މަސައްކަތް ކުރުމަށް 3 ކޮންސަލްޓެންޓުން އަދި 6 އެޑްމިނިސްޓްރޭޓިވް އޮފިސަރ ހޯދުމަށް
|
|
މަޤާމު
|
ޢަދަދު
|
ޝަރުޠު
|
މަސްޢޫލިއްޔަތު
|
އުޖޫރަ
|
|
ކޯޑިނޭޓަރ- މެނޭޖްމަންޓް (ލައިބްރަރީ ދާއިރާ)
|
1 (އެކެއް)
|
- މަޤާމުގެ މަސައްކަތާގުޅޭ ތައުލީމީ ރޮނގަކުން (ލައިބްރަރީ) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 5،6 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ
- ލައިބްރަރީ ދާއިރާއިން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
|
- އިސްލާމިކް ލައިބްރަރީ ހެޔޮގޮތުގައި ޢާންމުންނަށް ބޭނުންހިފޭގޮތަށް ތަރުތީބުކުރުމުގެ ކަންކަން އިސްކޮށް ބެލެހެއްޓުން
- ލައިބްރަރީ ހިންގުމަށް ބޭނުންވާ އިދާރީ ޤަވާޢިދުފަދަ ލިޔެކިއުންތައް ތައްޔާރުކުރުން
- ކޮންސެޕްޓާ އެއްގޮތަށް ލައިބްރަރީ ސެޓަޕް ހެދުމުގެ ކަންކަން އިންތިޒާމްކުރުން
- ލައިބްރަރީގެ މަސައްކަތްތައް ކުރިއަށް ގެންދާ ގޮތުގެ މަޢުލޫމާތު އިސްވެރިންނާއި ޙިއްސާކުރުން
- މަސައްކައްތައް ޝައުގުވެރިކަމާއެކު ކުރުމާއެކު، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއްކަމުގައިވުން
- މަސައްކަތާއި ގުޅޭ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރެވޭ ފަރާތަކަށްވުން
|
ދުވާލަކު -/700 (ހަތްސަތޭކަ) ރުފިޔާ
|
|
ކޯޑިނޭޓަރ- ޓެކްނިކަލް (ލައިބްރަރީ ދާއިރާ)
|
1
(އެކެއް)
|
- މަޤާމުގެ މަސައްކަތާގުޅޭ ތައުލީމީ ރޮނގަކުން (ލައިބްރަރީ) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 5،6 ގެ ސަނަދެއް ހާސިލްކޮށްފައިވުން
ނުވަތަ
- ލައިބްރަރީ ދާއިރާއިން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
|
- ޕްރޮޖެކްޓްގެ ކެޓެލޮގިން އަދި ޚިދުމަތާ ގުޅޭ ކަންކަން ބެލެހެއްޓުން
- ލައިބްރަރީ ތައްޔާރުކުރުމަށް ކެޓެލޮގިން އަދި ސަރވިސަސް އާއި ގުޅޭ ކަންކަން ކުރުމަށް ގެނެވޭ މުވައްޒަފުންނަށް ޓްރެއިނިންގ ދިނުން އަދި މުވައްޒަފުންލައްވައި މަސަކްތަކަތް ކުރާނެ ގޮތުގެ ތާވަލެއް ހަދައި ޢަމަލީ ގޮތުން އެކަންކަން މުވައްޒަފުން ލައްވައި ކުރުވުން
- ލައިބްރަރީގެ މަސައްކަތްތައް ކުރިއަށް ގެންދާ ގޮތުގެ މަޢުލޫމާތު އިސްވެރިންނާއި ޙިއްސާކުރުން
- މަސައްކައްތައް ޝައުގުވެރިކަމާއެކު ކުރުމާއެކު، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއްކަމުގައިވުން
- މަސައްކަތާއި ގުޅޭ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރެވޭ ފަރާތަކަށްވުން
|
ދުވާލަކު -/700 (ހަތްސަތޭކަ) ރުފިޔާ
|
|
ކޯޑިނޭޓަރ- ޓެކްނިކަލް (ދީނީ ކޮންޓެކްޓް ޗެކްކުރުމަށް)
|
1
(އެކެއް)
|
- ދީނީ ދާއިރާ ނުވަތަ ޢަރަބި ބަހުގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ނުވަތަ 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ
- ޢަރަބި ޤައުމަކުން ލައިބްރަރީގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން
|
- ލައިބްރަރީގެ ފޮތްތައް ކެޓެލޮގް ކުރުމަށާއި ކްލެސިފައި ކުރުމުގައި ފަންނީ އެހީތެރިކަން ދިނުން
- މަސައްކައްތައް ޝައުގުވެރިކަމާއެކު ކުރުމާއެކު، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއްކަމުގައިވުން
- މަސައްކަތާއި ގުޅޭ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރެވޭ ފަރާތަކަށްވުން
|
ދުވާލަކު -/700 (ހަތްސަތޭކަ) ރުފިޔާ
|
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
2 (ދެއެއް)
|
- މަޤާމުގެ މަސައްކަތާގުޅޭ ތައުލީމީ ރޮނގަކުން (ލައިބްރަރީ) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން
- ސާނަވީ ނުވަތަ މަތީ ސާނަވީ ނުވަތަ އެއާ އެއް ފަންވަރުގެ އިމްތިޙާނަކުން "އިނގިރޭސި" މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑްރީ ސްކޫލް" ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު،
އިނގިރޭސި ބަހާއި ދިވެހި ބަހުން ޓައިޕްކުރަން އެނގުން- އަދި މައިކްރޯ ސޮފްޓް ވާރޑް، އެކްސެލްއަށް ފަރިތަ ފަރާތެއް ކަމުގައިވުން
|
- ފޮތްތަކުގެ މަޢުލޫމާތުތައް ސޮފްޓެވެއަރއަށް އެންޓަރކުރުން
- ފޮތްތައް ކްލެސިފައި ކުރުމާއި ކެޓެލޮގް ކުރުމާއި ޕްރޮސެސް ކުރުން
- ފޮތްތައް ޝެލްފްތަކުގައި ތަރުތީބުކުރުން
- މަސައްކަތްތައް ޝައުގުވެރިކަމާއެކު ކުރުމާއެކު، ގިނަވަގުތު މަސައްކަތުގައި އެޅެވޭނެ ފަރާތެއްކަމުގައިވުން
- މަސައްކަތާއި ގުޅޭ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރެވޭ ފަރާތަކަށްވުން
|
ދުވާލަކު -/200 (ހަތްސަތޭކަ) ރުފިޔާ
|
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
4 (ހަތަރެއް)
|
- ޢަރަބި ބަހުން ސާނަވީ ނުވަތަ މަތީ ސާނަވީ ތަޢުލީމު ޙާޞިލް ކޮށްފައިވުމާއެކު، "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑްރީ ސްކޫލް" ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު،
ޢަރަބި ބަހާއި ދިވެހި ބަހުން ޓައިޕްކުރަން އެނގުން،އަދި މައިކްރޯ ސޮފްޓް ވާރޑް، އެކްސެލްއަށް ފަރިތަ ފަރާތެއް ކަމުގައި ވުން
|
- ފޮތްތަކުގެ މަޢުލޫމާތުތައް ސޮފްޓެވެއަރއަށް އެންޓަރކުރުން
- ފޮތްތައް ކްލެސިފައި ކުރުމާއި ކެޓެލޮގް ކުރުމާއި ޕްރޮސެސް ކުރުން
- ފޮތްތައް ޝެލްފްތަކުގައި ތަރުތީބުކުރުން
- މަސައްކަތްތައް ޝައުގުވެރިކަމާއެކު ކުރުމާއެކު، ގިނަވަގުތު މަސައްކަތުގައި އެޅެވޭނެ ފަރާތެއްކަމުގައިވުން
- މަސައްކަތާއި ގުޅޭ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރެވޭ ފަރާތަކަށްވުން
|
ދުވާލަކު -/200 (ހަތްސަތޭކަ) ރުފިޔާ
|
|
މި އިޢުލާނުގެ ދަށުން ވަޒީފާއަށް ނެގޭ ފަރާތްތައް ބޭނުންކުރާނީ މަސައްކަތައް ނިކުންނަ ދުވަހުންފެށިގެން 3 މަސް ދުވަހުގެ މުއްދަތަށެވެ. އަދި މި މަޤާމަށް ނެގޭ ފަރާތްތަކުގެ މަސައްކަތްކުރަން ހަމަޖެހިފައިވާ ގަޑިއަކީ ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށެވެ. މި އިއުލާނަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނެގޭނީ މި މަސައްކަތުގެ ޤާބިލްކަން ހުރިތޯ ބަލައި އިންޓަވިއު ކުރުމަށް ފަހުގައެވެ.
ވީމާ، މި މަޤާމުތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 ސެޕްޓެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން، ލިބިފައިވާ ތައުލީމާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ، ސީވީ، އައި.ޑީ ކާޑުގެ ކޮޕީ، މަސައްކަތުގެ ތަޖުރިބާގެ ލިޔުން އަދި ޕޮލިސް ރިޕޯޓާއެކު މި މިނިސްޓްރީއަށް ސިޓީ ހުށަހެޅުމަށް އެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ [email protected] އަށް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3020254 ފޯނަށް ގުޅުއްވުން އެދެމެވެ.
މަތީގައި ބަޔާންކޮށްފައިވާ މަޤާމްތަކަށް މުވައްޒަފުން ހޮވުމުގައި ބަލާނެ ކަންތައްތައް.
- މި މަޤާމުތަކަށް މުވައްޒަފުން ހޮވުމުގައި މަސައްކަތް ކުރެވޭފަދަ ޞިއްހަތެއް ހުރި، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކާއި، ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|