ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)28-PM-1/1/2023/251
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:19
ސުންގަޑި: 25 ސެޕްޓެންބަރު 2023 14:00
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
މަސައްކަތު / އެމް.އެން.ޑީ.އެފް ސަދަންއޭރިޔާ، ގދ.ކާޑެއްދޫ ޕޯސްޓް

އެމް.އެން.ޑީ.އެފް/ގދ.ކާޑެއްދޫ ޕޯސްޓް އަށް ކޮންޓްރެކްޓް އުސޫލުން މަސައްކަތު މަގާމަށް މުވައްޒަފަކު ބޭނުންވެއެވެ.

 

މަގާމު

މަސައްކަތު

ބޭނުންވާ ޢަދަދު

01 (އެކެއް)

މުސާރަ

މަހަކު 4,865.00 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު 1,000.00 ރުފިޔާ

ޢާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭތަން

އެމް.އެން.ޑީ.އެފް / ސަދަންއޭރިޔާ، ގދ.ކާޑެއްދޫ ޕޯސްޓް

އިތުރު ޢިނާޔަތްތައް

މި މަގާމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު

އަސާސީ ތަޢުލީމުގެ ފެންވަރު ހުރުމާއެކު، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްގައިހުރި މީހަކު ކަމުގައިވުން.

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

އެމް.އެން.ޑީ.އެފްގެ ކާޑެއްދޫ ޕޯސްޓް ސަރަހައްދުތަކުގައިވާ އެންމެހާ ޢިމާރާތްތަކާއި ގޯތިތެރެ ސާފުތާހިރުކޮށް ބެލެހެއްޓުމާއި، މަރާމާތުކުރަންޖެހޭ ތަންތަން މަރާމާތު ކުރުމާއި، ފާޚާނާ ތަކާއި ޖަންކްޝަންތައް ސާފުކޮށް ބެލެހެއްޓުން.

އިތުރު މަޢުލޫމާތު

ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯން ނަންބަރު ޖައްސަވާ، 2023 ސެޕްޓެންބަރު 25 ވާ ހޯމަ ދުވަހު 14.00 ގެ ކުރިން މި މިނިސްޓްރީއަށް ސިޓީ ފޮނުއްވުން އެދެމެވެ. މި މިނިސްޓްރީއަށް ފޮނުއްވާ ސިޓީތައް އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. މީގެއިތުރުން ވަޒީފާއަށްއެދޭ ސިޓީއާއި ލިޔުންތައް މިނިސްޓްރީއަށް އޮންލައިންކޮށް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، “GOV.MV” މެސެޖް ޕްލެޓްފޯމް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެއެވެ. މި ޕްލެޓްފޯމް ލިންކަކީ:https://message.gov.mv/en/messages އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313724 އަށް ގުޅުއްވުން އެދެމެވެ.

02 ރަބީޢުލްއައްވަލު 1445

17 ސެޕްޓެންބަރު 2023