ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)GAAH-HR/2015/07
ޕަބްލިޝްކުރި ތާރީޚް: 26 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 16:52
ސުންގަޑި: 11 މާރިޗު 2015 14:30
ގއ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
މަސައްކަތް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ގއ. ގެމަނަފުށީ ސިއްޙީ މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަގާމު

މަސައްކަތް

ބޭނުންވާ ޢަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް: SS1

މުސާރަ

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ޑިވިޜަން/ ސެކްޝަން

އެޑްމިނިސްޓްރޭޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

ގއ. ގެމަނަފުށި ޞިއްޙީ މަރުކަޒު/ ގއ. ގެމަނަފުށި

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • މަރުކަޒުގެ ބޭނުންތަކަށް އެކިތަންތަނަށް ފޮނުވަންޖެހޭ ސިޓީ، މެސެޖް ފަދަ ތަކެތި، އޮފީހުން އަންގަވާ ތަންތަނަށް ގެންގޮސްދިނުން.
  • މަރުކަޒުގެ އިމާރާތާއި ގޯތިތެރެ ފޮޅައި ސާފުކޮށް ބެލެހެއްޓުން.
  • ހިފާ ގެންގުޅޭ ތަކެތި (ތަފާތު މަސައްކަތްކުރުމަށް ބޭނުންކުރާ ސާމާނު) ދަބަރު ޖެހިޔަނުދީ ސާފުކޮށް ބެލެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ

 ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ޢިނާޔަތްތައް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

1. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

2.  ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާފައިވާ ލިޔުންތައް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

4. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭ ފަދަ ކޮޕީއެއް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ސުންގަޑި

2015 މާރިޗު 11 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން، ގއ. ގެމަނަފުށީ ޞިއްޙީ މަރުކަރަށް / ގއ. އަތޮޅު ހޮސްޕިޓަލަށް.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2015 ވަނަ އަހަރުގެ މާރިޗުމަހުގައި، ގއ. ގެމަނަފުށި ސިއްޙީ މަރުކަޒުގައި.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނީ 6820070 ނަންބަރު ފޯނަށް ނުވަތަ 6824755 ނަންބަރު ފޯނަށެވެ.  

7 ޖުމާދަލްއޫލާ 1436

26 ފެބުރުވަރީ 2015