މަސައްކަތް
ނަންބަރު: (IUL)23-PD(PMS)/23/2023/279
ޕަބްލިޝްކުރި ތާރީޚް: 13 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 09:34
ސުންގަޑި: 24 ސެޕްޓެންބަރު 2023 13:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ރޯޝަނީ ބިލްޑިންގ އާއި ހެލްތު ސަޕްލައިޒް ހިނގަމުންގެންދާ އިމާރާތާއި ދަމަނަވެށި، މޯލްޑިވިއަން ބްލަޑް ސަރވިސަސް އާއި ހ. ރިޔާލު އިމާރާތް އަދި އޮރެންޖް ހިޔާ އިމާރާތުގައި ހަރުކޮށްފައިވާ އެއަރކޮންޑިޝަން ތަކާއި ބެހެއްޓިފައިވާ ރެފްރިޖިރޭޓަރުތަކާއި ކޯލްޑްރޫމް މަހަކު އެއްފަހަރު ސަރވިސްކޮށް ބެލެހެއްޓުމުގެ މަސައްކަތް 2 އަހަރު ދުވަހަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ރޯޝަނީ ބިލްޑިންގ އާއި ހެލްތު ސަޕްލައިޒް ހިނގަމުންގެންދާ އިމާރާތާއި ދަމަނަވެށި، މޯލްޑިވިއަން ބްލަޑް ސަރވިސަސް އާއި ހ. ރިޔާލު އިމާރާތް އަދި އޮރެންޖް ހިޔާ އިމާރާތުގައި ހަރުކޮށްފައިވާ އެއަރކޮންޑިޝަން ތަކާއި ބެހެއްޓިފައިވާ ރެފްރިޖިރޭޓަރުތަކާއި ކޯލްޑްރޫމް މަހަކު އެއްފަހަރު ސަރވިސްކޮށް ބެލެހެއްޓުމުގެ މަސައްކަތް 2 އަހަރު ދުވަހަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 13 ސެޕްޓެމްބަރ  2023 ވާ ބުދަ ދުވަހުން ފެށިގެން 24 ސެޕްޓެމްބަރ 2023 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2 އޮކްޓޯބަރ 2023 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 25 ސެޕްޓެމްބަރ 2023 ވާ ހޯމަ ދުވަހު ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

28 ޞަފަރު  1445

13 ސެޕްޓެންބަރު 2023