ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)13-HR/13/2015/54
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 14:58
ސުންގަޑި: 03 މާރިޗު 2015 14:30
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
އެސިސްޓަންޓް ވެލުއޭޝަން އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމު:

އެސިސްޓަންޓް ވެލުއޭޝަން އޮފިސަރ (ޖީ.އެސް 3) (1އަހަރުގެ ކޮންޓްރެކްޓް)

ބޭނުންވާ އަދަދު:

1

މުސާރަ:

ގަޑިއިރަކަށް -/40 ރުފިޔާ

ސާރވިސް އެލަވަންސް:

              -

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

އޮފީސް / ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ، މާލެ

ސެކްޝަން:

ސްޓޭޓް ޕްރޮޕަޓީ މެނޭޖްމަންޓް ޑިވިޜަން

މަޤާމުގެ ޝަރުޠު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ސަރުކާރުގެ އަގުބޮޑު ތަކެއްޗާއި ޕްރޮޕަރޓީ ތަކުގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ހަމަޖެހިފައި އޮންނަ އުސޫލަކުން ޔުނިޓްގެ ވެރިއެއްގެ އިރުޝާދުގެ ދަށުން ކުރުން.
  • މި މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ހުރިހާ ފިހާރަތަކެއް އަގު ކުރުމުގެ އެންމެހާ މަސައްކަތްތައްކުރުން.
  • ރާއްޖޭގައި ހުރި ސަރުކާރުގެ ޕްރޮޕަރޓީތައް އަގު ކުރުމުގެ މަސައްކަތް ކުރުން.
  • ސަރުކާރުގެ އަގު ބޮޑު އެސެޓްތައް އަގު ކުރުމުގެ މަސައްކަތް ކުރުން.
  • ސަރުކާރުގެ ހުރިހާ އެސެޓްތައް އަގުކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް ރަޖިސްޓްރީއެއް ހެދުމަށް ޕްރޮޕަރޓީ މެނޭޖްމަންޓް އޮފިސަރއަށް އެހީތެރިވުން.
  • ސަރުކާރުގެ ހުރިހާ އެސެޓްތައް އަގުކޮށް އެއަށް އަންނަ ބަދަލުތައް ހޯދައި އެސެޓް ރަޖިސްޓްރީ ފުރިހަމަކުރުން.
  • ރާއްޖެއިން ބޭރުގައި ހުރި ސަރުކާރުގެ ޕްރޮޕަރޓީތަކުގެ މަޢުލޫމާތު ހޯދައި، އެތަންތަން އަގުކޮށް ރަޖިސްޓްރީ ފުރިހަމަކުރުން.

އުޖޫރަ އާއި އިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކޮށްފި ނަމަ އިތުރު ގަޑީގެ ފައިސާ

ފިނޭންސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ދެވޭނެއެވެ.

އާސަންދަ (ހެލްތް އިންޝުއަރެންސް)

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ
  • މަސައްކަތަށް ޝަޢުޤުވެރިކަން ހުރި މިންވަރު
  • އިނގިރޭސި އަދި ދިވެހި ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު
  • މުޢާމަލާތް ކުރާ ގޮތް
  • ސާފުތާހިރުކަން     

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަކުރެވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓް) އަދި ޓްރާންސްކްރިޕްޓް. ސާރޓިފިކެޓް ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު   
  • ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓްފިކެޓް
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އަދި ކުރަމުންގެންދާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މި ލިޔުމުގައި މުވައްޒަފު އަދާކޮށްފައިވާ މަޤާމުތަކުގައި ހޭދަވި މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އެނގޭގޮތަށް ހުށަހެޅުން). 

ސުންގަޑި:

03 މާރިޗު 2015 (އަންގާރަ) ދުވަހުގެ 14:30 ގެ ނިޔަލަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349171/3349335 ނަންބަރު ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުންގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާންގެ މުއްދަތު ހަމަވާތާ 3 ހަފުތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އަދި ޕްރެކްޓިކަލް އާއި އިމްތިޙާން ކުރުން މިމިނިސްޓްރީގައި ބޭއްވޭނެއެވެ.


29 ރަބީޢުލްއާޚިރު 1436

19 ފެބުރުވަރީ 2015