މަސައްކަތް
ނަންބަރު: URH/IUL/2015/06
ޕަބްލިޝްކުރި ތާރީޚް: 26 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:02
ސުންގަޑި: 04 މާރިޗު 2015 13:00
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ރ.މަޑުއްވަރީ ޞިއްޙީ މަރުކަޒު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

ރ.މަޑުއްވަރީ ޞިއްޙީ މަރުކަޒު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި ޞިއްޙީމަރުކަޒު މަރާމާތުކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 04 މާރިޗު 2015 ވާ ބުދަ ދުވަހުގެ 13.00 އަށް މިނިސްޓްރީ އޮފް ހެލްތު ( ރޯޝަނީ ބިލްޑިންގ ) ، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ނުވަތަ ރ. މަޑުއްވަރީ ޞިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 މާރިޗު 2015 ވާ ބުދަ ދުވަހުގެ 13:00 އަށް މިނިސްޓްރީ އޮފް ހެލްތު ( ރޯޝަނީ ބިލްޑިންގ ) ، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ނުވަތަ ރ. މަޑުއްވަރީ ޞިއްޙީމަރުކަޒަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ކޮންމެ ބޭފުޅަކަށްވެސް މަޢުލޫމާތު ސާފުކުރެވޭނީ އެންމެ ފަރާތެއްގެ ނަމުގައެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ފޮނުވޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

07 ޖުމާދަލްއޫލާ 1436

26 ފެބުރުވަރީ 2015