ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)28-AD-1/1/2023/241
ޕަބްލިޝްކުރި ތާރީޚް: 31 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 13:50
ސުންގަޑި:
04 ސެޕްޓެންބަރު 2023 23:59
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2023 ސެޕްޓެމްބަރ 2އިން 4އަށް އެމް.އެން.ޑީ.އެފް އިން ކ.ގިރިފުށީގައި ކުރިއަށް ގެންދާ ތަމްރީނު ތަކާއި ގުޅޭ،
އިޢުލާން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2023 ސެޕްޓެމްބަރ 02 އިން 04 އަށް، މިއިން ކޮންމެ ދުވަހެއްގެ 18:00 އިން 23:59 އަށް ކ. ގިރިފުށީގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ކ.ގިރިފުށީ ހުޅަނގުދެކުނު ފަރާތުން 5400 މީޓަރ ދުރުމިނަށެވެ. އަދި ވަޒަން ދަތުރުކުރާނެ އުސްމިނަކީ 300 މީޓަރެވެ.
ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
31 އޮގަސްޓް 2023