ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2015/90
ޕަބްލިޝްކުރި ތާރީޚް: 23 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 1435
ސުންގަޑި: 02 މާރިޗު 2015 1200
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑެޕިއުޓީ ޑިރެކްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

ޑެޕިއުޓީ ޑިރެކްޓަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 12,687.50 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  5,437.50 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް

ސްޕައިން ޕޮއިންޓް:

40

ގްރޭޑް:

7

މަޤާމުގެ ޝަރުޠު:

 

  •  އަންނަނިވި ހުނަރާއި ތަޢުލީމުގެ ފެންވަރުގައި ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރަން އެނގުން.
  1. ލެވެލް 7/8 ގެ ބެޗްލަރ ޑިގްރީއަކަށްފަހު ދަސްކުރި ތިއަރީތަކާއި ޢުޞޫލުތައް ހަރުދަނާކޮށް ބޭނުންކުރަން އެނގުމަށް ނުވަތަ އިތުރަށް ދެތުމަށް މަދުވެގެން 4 އަހަރު ދުވަހުގެ ގުޅޭ ތަޖުރިބާ ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން.
  2. މެނެޖްމަންޓް ތަޖުރިބާ އާއި/ނުވަތަ ޚާއްޞަ ހުނަރުތައް އެނގުން.
  • މަތީގައި ބަޔާންކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް ޢިލްމާއި ޤާބިލްކަން އެހެން ކޮންބިނޭޝަންތަކުން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ފެކަލްޓީގެ އިދާރީ މުވައްޒަފުންގެ މަސައްކަތްތައް ރޭވުމާއެކު، އެ މުވައްޒަފުންގެ ވަޒީފާބަޔާނުގައި ސޮއިކުރެވިފައިވޭތޯ ބަލައި، އެ މުވައްޒަފުންގެ ވާޖިބުތައް ފުރިހަމައަށް އަދާކުރޭތޯ ބެލުމާއި، އިދާރީ ކަންކަމުގައި ހެދިފައިވާ އުޞޫލުތައް ދެމެހެއްޓުން.
  • ފަންނީ މުވައްޒަފުންގެ ވަޒީފާބަޔާނުގައި ސޮއިކުރެވިފައިވޭތޯ ޗެކުކުރުމާއި، ވަޒީފާ ބަޔާން ހަވާލުކުރެވިފައިނުވާ މުވައްޒަފުން ވަޒީފާ ބަޔާނުގައި ސޮއިކުރުވުމުގެ ކަންތައް، އިދާރީ މަރުކަޒުގެ ކަމާބެހޭ ސެކްޝަނާ ގުޅައިގެން ކުރިޔަށްގެންދިޔުން.
  • ފެކަލްޓީގެ މަސައްކަތްތައް/ކިޔަވައިދިނުމަށް ބޭނުންވާ އެންމެހައި ވަސީލަތްތައް، ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހޯދުން.
  • ފެކަލްޓީގެ ޢިމާރާތައް ކުނިކަހައި ފޮޅައި ސާފުކުރުމުގެ ކައްތައް އިންތިޒާމުކޮށް، އެ ރޭވުމާ އެއްގޮތަށް ކަންކުރޭތޯ ޗެކުކުރުން.
  • ފެކަލްޓީގެ ދަރިވަރުން / މުވައްޒަފުން ކުރަންޖެހޭ ދަތުރުތަކުގެ ކަންތައްތައް، މަރުކަޒީ އިދާރާޔާ ގުޅައިގެން ކުރިޔަށް ގެންދިޔުން.
  • އިންވެންޓްރީ / ސްޓޮކް ޤަވާޢިދުން ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުން.
  • ފެކަލްޓީގެ ޢިމާރާތްތަކުގެ މެއިންޓަނަންސް ކަންތައްތައް އިންތިޒާމްކުރުމާއި، ފެކަލްޓީން ގެއްލޭ ތަކެއްޗާއި މުދަލަށް ވާނުވާގޮތް އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  • ފެކަލްޓީގެ ކުރިއެރުމަށް ނުވަތަ ދުވަހީ އިންތިޒާމުތައް ކޮށްދިނުމާއި، އިމްތިޙާންތަކަށް ހޯލް / ކިލާސްރޫމްފަދަ ތަންތަން  ތައްޔާރުކުރުމުގެ ކަންތައް ހަމަޖެއްސުމާއި، އިދާރީގޮތުން ދޭންޖެހޭ އެހީތެރިކަން ދިނުން.
  • ފެކަލްޓީގެ ބަޖެޓް ތައްޔާރުކުރުމަށް އިދާރީ މަރުކަޒަށް ބޭނުންވާ މަޢުލޫމާތު ދިނުމާއި، ބަޖެޓުން ކުރެވޭ ޚަރަދުތައް، އިދާރީ މަރުކަޒުގެ ކަމާބެހޭ ސެކްޝަނާ ގުޅައިގެން ކުރިޔަށް ގެންދިޔުން.

    މުވައްޒަފުގެ ކަންތައްތައް ބެލެހެއްޓުން

  • ނޯޓް: މަތީގައިވާ އެންމެހައި ކަންތައްތައް ކުރައްވަންވާނީ ޑީން ނުވަތަ ތަން ހިންގެވުމާ ހަވާލުކުރެވިފައިވާ ބޭފުޅެއްގެ މަޝްވަރާގެ މަތިންނެވެ.

   ވަސީލަތްތައް ހޯދައި ބެލެހެއްޓުން

  • ފެކަލްޓީގެ ތަކެތި ބޭނުންކުރުމުގައި ވީހައިވެސް ބޮޑަށް އިސްރާފު ކުޑަގޮތެއްގައި ވަސީލަތްތައް ބޭނުންކުރުމާއި، ދެވޭ ޚިދުމަތް ދިނުމުގައި ދެމިހުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1.  ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  2. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށް ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަވިއު ކުރެވޭނީ، އިޢުލާންގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ، އިންޓަވިއު ނިމުމަށް ފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2015 މާރިޗު 2 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3345409 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ.
  • މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.  

4 ޖުމާދަލްއޫލާ 1436

2015-02-23