މަސައްކަތް
ނަންބަރު: (IUL)242/242/2015/12
ޕަބްލިޝްކުރި ތާރީޚް: 22 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި: 26 ފެބުރުވަރީ 2015 11:00
ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިންޖީނު އޯވަރހޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މިއޮފީހުގެ ނަންބަރު IUL)242/242/2015/4)ފ(01 ފެބުރުވަރީ 2015) ގައި ކުރި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ، އެއިޢުލާން ބާޠިލުކޮށްފީމެވެ.

ވީމާ، މިއިދާރާގެ ހުވަދޫ 1 ދޯނީގައިހުރި ޔަމަހާ ME730TI (މެރިން ޑީސަލް) އިންޖީނު އަމިއްލަ ތަކެތީގައި އޯވަރހޯލް ކޮށްދޭނެ ފަރާތެއްވާނަމަ 26 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަތޮޅުކައުންސިލް އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީހިސާބު 04 މާރިޗު 2015 ވާ ބުދަ ދުވަހުގެ 11:00 އަށް އަތޮޅުކައުންސިލް އިދާރާއަށް ހުށަހަޅުއްވައިދެއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތައް އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތެއް ނުލިބޭނެއެވެ.

03 ޖުމާދަލްއޫލާ 1436

22 ފެބުރުވަރީ 2015