ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)448-ASS/1/2015/16
ޕަބްލިޝްކުރި ތާރީޚް: 23 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 1153
ސުންގަޑި: 02 މާރިޗު 2015 1500
މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ސަބް އޮފިސަރ

މަޤާމު

ސަބް އޮފިސަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގރ.1

ރޭންކް:އެމް.އެސް 1

މުސާރަ

މަހަކު -/5610ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2,000ރުފިޔާ

އިނާޔަތްތައް

ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސެކްޝަން/ ޔުނިޓް/ ތަން

ފުވައްމުލަކު އެއަރޕޯޓް އޮފީސް / ޏ.ފުވައްމުލައް

މަގާމުގެ މަސްއޫލިއްޔަތު

ފުވައްމުލަކު އެއަރޕޯޓްގެ މަތިންދާބޯޓަށް ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠު

  1. އެއަރޕޯޓް ފަޔަފައިޓަރ ގެ މަޤާމްގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި، އައި.ކާ.އޯ ގަބޫލުކުރާ އިންސިޓިއުޓަކުން ބޭސިކް ފަޔަފައިޓަރ ކޯސް ފުރިހަމަކޮށް ފަސްވެފައިވުމާއި، ލީޑިންގ ފަޔަރމަން ކޯސް ފުރިހަމަކޮށް ފާސްވެފައިވުމާއި، 6 މަސްދުވަހުގެ ލީޑިންގ ފަޔަރމަން އޮންދަ ޖޮބް ޓްރެއިނިންގ ފުރިހަމަ ކޮށްފައިވުމާއި، އެއަރކްރާފްޓް ރެސްކިއު ފަޔަރ ފައިޓިންގެ ރޭޓިންގ އިން ފާސްވެފައިވުމާއި، މުއްދަތު ހަމަނުވާ މެޑިކަލް ސެޓިފިކެޓް އޮތުމާއިއެކު އަދި އެޕްރައިސަލް އިން 80% އިން މަތީން މާކްސް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1- ހާސިލުކޮށްފައިވާ ތަޢުލީމާއި ،ތަމްރީނަށް ބަލައިގެން.

2- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

4- ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ %30އަށްވުރެ މަތިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ޑިއުޓީގައި ދަށުން މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް މަސައްކަތްތަކާ ބެހޭގޮތުން އިރުޝާދު ދިނުމާއި، ރާވާފައި އޮންނަ ތާވަލާއި އެއްގޮތަށް މަސައްކަތްތަށް ހިނގާތޯ ބަލައި ޗެކްކުރުން.
  2. އިމަޖެންސީ ޙާލަތްތަކުގައި އިސްކޮށް ހުންނަ އޮފިސަރަކު ޑިއުޓީ ކޮމާންޑާ ޙަވާލުވަންދެން އެސް.އޯ.ޕީ ގައިވާގޮތަށް މަސައްކަތްކުރުމާއި، ސީނިއަރ އޮފިސަރަކުނެތް ޙާލަތެއްނަމަ އޮޕަރޭޝަން ނިމެންދެން ސީނިއަރ އޮފިސަރުގެ ރޯލް އަދާކުރުން.
  3. އެއަރޕޯޓްގެ ވަށައިގެންވާ ސަރަޙައްދުގައި މަތިންދާބޯޓުފަހަރަށް ދިމާވާ އިންސިޑެންޓް އަދި އެކްސިޑެންޓްތަކުގައި މީހުންސަލާމަތް ކުރުމަށާއި، އަލިފާން ނިއްވުމުގެ މަސައްކަތަށް ތައްޔާރުވެތިބުން. އަދި މަތީގައި ބުނެވިދިޔަ ހާދިސާތަކުގައި، ދަށުން މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ސްޕަވައިޒް ކުރުން. ރެސްކިއު އެންޑް ފަޔަރ ފައިޓިންގއާ ގުޅޭގޮތުން، ފަޔަމަނުން ހާނުވާފައި ބޭތިއްބުމަށްޓަކައި ދެވޭ ޓްރެއިނިންގ (ކޮންޓިނުއޭޝަން ޓްރެއިނިންގ) ޕްރޮގްރާމްގެ ދަށުންދެވޭ ހުރިހާ ޓްރެއިނިންގގައި ބައިވެރިވުން.
  4. މަތީގައި ބުނެވިދިޔަ ހާދިސާތަކާ ގުޅިގެން ބޭނުންކުރަންޖެހޭ ރެސްކިއު އެންޑް ފަޔަރ ފައިޓިންގ އިކްއިޕްމަންޓްސްތަކާއި ވެހިކަލްތައް ހުރީ ތައްޔާރީ ޙާލަތުގައިތޯ ބަލައި ދުވަހުން ދުވަހަށް ޗެކްކުރުވުން.
  5. ވެހިކަލް ނުވަތަ އިކްއިޕްމަންޓް އަކަށް މައްސަލައެއްޖެހި މަސައްކަތަށް ބޭނުންވާ ނުކުރެވޭފަދަ ގޮތެއް ވެއްޖެނަމަ، ސީނިއަރ އޮފިސަރަކަށް ވަގުތުން އެންގުން.
  6. ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓުމާއި މަސައްކަތަށް ބޭނުންވާހުރަނު އިތުރުކުރުމަށްޓަކައި މަސައްކަތްކުރުމާއި، ޓެކްނިކަލް މަޢުލޫމާތު މުއްސަދި ކުރުމަށް އަބަދުވެސް މަސައްކަތްކުރުން އަދި ތާވަލާއި އެއްގޮތަށް ފިޒިކަލް ޓްރެއިނިންގ ފުރިހަމަކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ރީޖަނަލް އެއަރޕޯޓްސްގެ ކައުންޓަރުން / ފުވައްމުލަކު އެއަރޕޯޓް އޮފީސް ނުވަތަ ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv/2012/01/2449އިން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތްމުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި (ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ).

ސުންގަޑި

02 މާރިޗު 2015 ވާ ހޯމަދުވަހުގެ 15:00 އަށް.

އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން

މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއް މަސްދުވަހުގެ ތެރޭގައި އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ ފުވައްމުލަކު އެއަރޕޯޓް އޮފީހުގައެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3323776 އެވެ. ފެކްސް ނަންބަރަކީ 3320911 އެވެ. ވަޒީފާއަށް އެދޭ ފޯމު ހުށައަޅުއްވާނީ ފުވައްމުލަކު އެއަރޕޯޓް އޮފީސް / ޏ.ފުވައްމުލައް އަށެވެ. ވަޒީފާއަށް އެދޭ ފޯމު ރީޖަނަލް އެއަރޕޯޓްސްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

ނޯޓް: މިވަޒީފާއަށް ހުށަހަޅާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަޖުރިބާއަށް ބަލައި ޝޯޓް ލިސްޓް ކުރެވޭނެއެވެ.

2015-02-18