ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)448-ASS/1/2015/13
ޕަބްލިޝްކުރި ތާރީޚް: 23 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 1142
ސުންގަޑި: 02 މާރިޗު 2015 1500
މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
މަސައްކަތު

މަޤާމު

މަސައްކަތު

ބޭނުންވާ އަދަދު

04

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް 1

ރޭންކް: އެސް.އެސް.1

މުސާރަ

މަހަކު -/3,100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1,000 ރުފިޔާ

އިނާޔަތްތައް

ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސެކްޝަން/ ޔުނިޓް/ ތަން

ފުވައްމުލަކު އެއަރޕޯޓް އޮފީސް / ޏ.ފުވައްމުލައް

މަޤާމުގެ މަސްއޫލިއްޔަތު

ފުވައްމުލަކުއެއަރޕޯޓްގެ ޢާންމު މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠު

1- ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

4- ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ %25 އަށްވުރެ މަތިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

 1. ފްލައިޓް އޮޕަރޭޝަންސާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
 2. ރަންވޭ މަރާމާތުކޮށް ކުލަލައި ބެލެހެއްޓުމާއި، ރަންވޭ އަދި އޭޕްރަންގެ ކައިރިޖެހުމުގެ އިތުރަށް ރަންވޭ ސާފުކޮށް ބެލެހެއްޓުން.
 3. ޓާރމިނަލް ފޮޅައި ސާފުކޮށް، ޓާމިނަލްގައި ލާންޖެހޭ ކުލައާއި ދަވާދުލުމާއި ޓާމިނަލްގެ ސަރަޙައްދުގައި ބަގީޗާ ގަސް އިންދައި ބެލެހެއްޓުން
 4. ޓްރޯލީތައް ބެލެހެއްޓުމާއި ފަސިންޖަރުންނަށް ދަތިނުވާނެ ގޮތެއްގެމަތީން ޓްރޮލީތައް ލިބެންހުންނާނޭ އިންތިޒާމު ހަމަޖެއްސުމާއި ފްލައިޓް ގަޑި ނިމުމުން ޓްރޮލީތައް ބެހެއްޓުމަށް ޚާއްޞަކުރެވިފައިވާ ތަންތަނަށް ޓްރޮލީތައްލުން.
 5. ޓާރމިނަލް އެތެރޭގެ ފާޚާނާ ސާފުކޮށް ބެލެހެއްޓުމާއި އަދި ޓާރމިނަލް ކުރިމަތީ ޕާކުގައި ހުންނަ އާންމު ފާޚާނާތައް ސާފުކޮށް ބެލެހެއްޓުން.
 6. އަދި މީގެއިތުރުންވެސް ޓާރމިނަލް ސަރަހައްދު ސާފްކޮށް ބެލެހެއްޓުމާއި ފަސިންޖަރުންނާއި ޒިޔާރަތްކުރާ މެހެމާނުންނަށް ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށް ދިނުމަށްޓަކައި ރާވައި ހިންގަންޖެހޭ އެންމެހައި ކަންތައްތައް ރާވައި ހިންގުމުގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކުރުން.
 7. އެއަރޕޯޓުގެ ޢިމާރާތްތައް ފޮޅައި ސާފުކޮށް ބެލެހެއްޓުމާއި އަދި ތަނުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތާކާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް

 1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ރީޖަނަލް އެއަރޕޯޓްސްގެ ކައުންޓަރުން / ފުވައްމުލަކު އެއަރޕޯޓް އޮފީސް ނުވަތަ ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv/2012/01/2449އިން ލިބެން ހުންނާނެއެވެ.)
 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތްމުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުން.
 3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި މަސައްކަތުގެ  ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާއިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
 4. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)

ސުންގަޑި

02 މާރިޗު 2015 ވަ ހޯމަދުވަހުގެ  15:00 އަށް.

 

އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން

މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއް މަސްދުވަހުގެ ތެރޭގައި އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ ފުވައްމުލަކު އެއަރޕޯޓް އޮފީހުގައެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3323776 އެވެ. ފެކްސް ނަންބަރަކީ 3320911 އެވެ. ވަޒީފާއަށްއެދޭ ފޯމު ހުށަހަޅުއްވާނީ ފުވައްމުލަކު އެއަރޕޯޓް އޮފީސް / ޏ.ފުވައްމުލައް އަށެވެ. ވަޒީފާއަށް އެދޭ ފޯމު ރީޖަނަލް އެއަރޕޯޓްސްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

ނޯޓް: މިވަޒީފާއަށް ހުށަހަޅާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަޖުރިބާއަށް ބަލައި ޝޯޓް ލިސްޓް ކުރެވޭނެއެވެ.

2015-02-18