މަސައްކަތް
ނަންބަރު: 198-K/2015/17
ޕަބްލިޝްކުރި ތާރީޚް: 18 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 11:03
ސުންގަޑި: 26 ފެބުރުވަރީ 2015 11:30
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

މިޑިޕާޓްމަންޓުން ކުރަންހުރި މަރާމާތްތަކާއި، އެއަރކޮންޑިޝަން ބެހެއްޓުމާއި މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މިޑިޕާޓްމަންޓުން ކުރެވުނު ނަންބަރު: K/2015/16-ފ198 (15 ފެބުރުވަރީ 2015) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެފައިވަނީ އެންމެ ފަރާތަކުން ކަމަށްވުމާއެކު، އެފަރާތުން މަޢުލޫމާތު ސާފުކޮށްފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް 2 ވަނަ ފަހަރަށް، މިޑިޕާޓްމަންޓުން ކުރަންހުރި މަރާމާތުތަކާއި، އެއަރކޮންޑިޝަން ބެހެއްޓުމާއި މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 03 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 11:30 އަށް މި ޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

28 ރަބީޢުލްއާޚިރު 1436      

18 ފެބުރުވަރީ 2015