ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)199-SN/PRIV/2015/2
ޕަބްލިޝްކުރި ތާރީޚް: 17 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 18:55
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
އަގަކާ ނުލައި ފޯމު ފުރުމުގެ އެހީތެރިކަން ރީރަޖިސްޓްރޭޝަންގެ މަސައްކަތް ކުރިއަށް ގެންދާ ދަރުބާރުގެއިން ލިބެން ހުންނާނެ

އިޢުލާން

މި އެޖެންސީ އިން މިހާރު ކުރިއަށް ގެންދާ ކަރަންޓު ސަބްސިޑީގެ ރީރަޖިސްޓްރޭޝަން ފޯމު ބައެއް ފަރާތްތަކުން އަގު ނަގައިގެން ފުރައިދެމުންގެންދާ ކަމަށްވަނީ މިއެޖެންސީއަށް މަޢުލޫމާތު ލިބިފައެވެ. މިގޮތުން މި ފޯމު ފުރުމުގައި ދަތިވާ ފަރާތްތަކަށް އެއްވެސް އަގަކާ ނުލައި ފޯމު ފުރުމުގެ އެހީތެރިކަން ރީރަޖިސްޓްރޭޝަންގެ މަސައްކަތް ކުރިއަށް ގެންދާ ދަރުބާރުގެއިން ލިބެން ހުންނާނެ ވާހަކަ ދަންނަމަވެ.

އަދި ހަމައެއާއެކު މިމަސައްކަތް ކުރިއަށް ގެންދިއުމުގައި ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަކޮށް ކުރިއަށް ގެންދިއުމަށް މިހާރު ރީރަޖިސްޓްރޭޝަންގެ މަސައްކަތް ކުރިއަށް ގެންދާ ދަރުބާރުގޭގެ އިތުރުން މާލޭގެ އިތުރު ސަރަހައްދުތަކުގައާއި ވިލިނގިލި އަދި ހުޅުމާލޭގައި މޭޒުތައް ބަހައްޓައި ކަރަންޓު ސަބްސިޑީފޯމާ ބެހޭ މަޢުލޫމާތު ދިނުމާއި އެފޯމު ފުރައިދިނުން ކުރިއަށް ގެންދިއުމަށް ވަނީ ގަސްދުކުރެވިފައެވެ. އަދި މިމަސައްކަތް ކުރިއަށް ގެންދާނެ ސަރަހައްދުތަކާއި، ތާރީޚު އަދި ގަޑި މި އެޖެންސީއިން ފަހުން އިޢުލާންކުރާނެ ވާހަކަވެސް ދަންނަވަމެވެ.

މި އެޖެންސީ އިން މިހާރު ކުރިއަށް ގެންދާ ކަރަންޓު ސަބްސިޑީގެ ރީރަޖިސްޓްރޭޝަން ފޯމު ބައެއް ފަރާތްތަކުން އަގު ނަގައިގެން ފުރައިދެމުންގެންދާ ކަމަށްވަނީ މިއެޖެންސީއަށް މަޢުލޫމާތު ލިބިފައެވެ. މިގޮތުން މި ފޯމު ފުރުމުގައި ދަތިވާ ފަރާތްތަކަށް އެއްވެސް އަގަކާ ނުލައި ފޯމު ފުރުމުގެ އެހީތެރިކަން ރީރަޖިސްޓްރޭޝަންގެ މަސައްކަތް ކުރިއަށް ގެންދާ ދަރުބާރުގެއިން ލިބެން ހުންނާނެ ވާހަކަ ދަންނަމަވެ.

އަދި ހަމައެއާއެކު މިމަސައްކަތް ކުރިއަށް ގެންދިއުމުގައި ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަކޮށް ކުރިއަށް ގެންދިއުމަށް މިހާރު ރީރަޖިސްޓްރޭޝަންގެ މަސައްކަތް ކުރިއަށް ގެންދާ ދަރުބާރުގޭގެ އިތުރުން މާލޭގެ އިތުރު ސަރަހައްދުތަކުގައާއި ވިލިނގިލި އަދި ހުޅުމާލޭގައި މޭޒުތައް ބަހައްޓައި ކަރަންޓު ސަބްސިޑީފޯމާ ބެހޭ މަޢުލޫމާތު ދިނުމާއި އެފޯމު ފުރައިދިނުން ކުރިއަށް ގެންދިއުމަށް ވަނީ ގަސްދުކުރެވިފައެވެ. އަދި މިމަސައްކަތް ކުރިއަށް ގެންދާނެ ސަރަހައްދުތަކާއި، ތާރީޚު އަދި ގަޑި މި އެޖެންސީއިން ފަހުން އިޢުލާނުކުރާނެ ވާހަކަވެސް ދަންނަވަމެވެ.

17 ފެބުރުވަރީ 2015