ދިވެހިރާއްޖެ
އިޢުލާން
ޢަރަބި ބަހުން ލިޔެފައިވާ، ކީރިތި ރަސޫލާ ﷺ ގެ ސީރަތު ފޮތެއް ކަމުގައިވާ "އައްރަޙީޤުލް މަޚްޠޫމް" ދިވެހި ބަހަށް ތަރުޖަމާކޮށް ޕްރޫފް ބެލުމުގެ މަސައްކަތާއި، "މަޖާލިސް ރަމަޟާނިއްޔާ" ދިވެހި ބަހަށް ތަރުޖަމާ ކޮށް ޕްރޫފް ބެލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އެ ޤާނޫނުގެދަށުން ރަޖިސްޓްރީކުރަންނުޖެހޭ އަމިއްލަ ފަރުދުންނަށެވެ. އަދި މިފޮތްތައް ތަރުޖަމާކޮށް ޕްރޫފް ބައްލަވާ ފަރާތަކީ، ދީނީ ވަޢުޒު ވިދާޅުވުމަށް މިމިނިސްޓްރީ އިން ހުއްދަ ދީފައިވާ ޢިލްމުވެރިން ކަމުގައިވާންވާނެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓްރީ ކުރައްވާ ހުރިހާ ފަރާތްތަކަށް، މެއިލް މެދުވެރިކޮށް ފޮނުވޭނެވެ.
ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2023 އޮގަސްޓް 17 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.
https://forms.office.com/r/hwGLx6XTjM
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2023 އޮގަސްޓް 23 ވާ ބުދަ ދުވަހުގެ 11:00 ގައެވެ.
އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2023 އޮގަސްޓް 20 ވާ އާދިއްތަ ދުވަހުގެ 11:00 ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3021404،3020252 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.