ދިވެހިރާއްޖެ
އިޢުލާން
މި ޑިޕާޓްމަންޓުގެ، ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
| 
 މަޤާމް:  | 
 ޑިރެކްޓަރ  | 
|||
| 
 ބޭނުންވާ އަދަދު: 1  | 
 މަޤާމުގެ ކްލެސިފިކޭޝަން: ޑިރެކްޓަރ  | 
 ރޭންކް: އީ.އެކްސް 1  | 
 ސެކްޝަން: އިމްތިޙާނާ ގުޅޭ ސެކްޝަން  | 
|
| 
 މުސާރަ:  | 
 -/8835 ރުފިޔާ  | 
|||
| 
 ސަރވިސް އެލަވަންސް:  | 
 -/2000 ރުފިޔާ  | 
|||
| 
 އަސާސީ ޝަރުޠު:  | 
  | 
|||
| 
 މަޤާމުގެ މަސްއޫލިއްޔަތު:  | 
  | 
|||
| 
 އުޖޫރައާއި ޢިނާޔަތްތައް:  | 
  | 
|||
| 
 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް: 
  | 
 ހ. ޙާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. ނ. ޤާބިލްކަން ކަށަވަރުކުރުމަށްޓަކައި އިންޓަވިއުކޮށްގެން. ރ. މި މަޤާމަށް މީހަކު ހޮވުމުގައި މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އިސްކަން ދޭވޭނެއެވެ.  | 
|||
| 
 އިންޓަވިއު ކުރުން:  | 
 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ، މަސައްކަތު 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.  | 
|||
| 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
 ހ- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުންނާއި މިޑިޕާޓްމަންޓްގެ ވެބްސައިޓް www.dpe.edu.mv އިން ލިބެން ހުންނާނެއެވެ.) ށ. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ކޮޕީ) ނ. ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމުގެ ބޮންޑެއްގައި ހުރި މުވައްޒަފަކު މި މަޤާމަށް ހޮވިއްޖެނަމަ، މި މަޤާމަށް ބަދަލުވުމާމެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުން. ރ. ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ ނުވަތަ ވަޒީފާ އަދާކޮށްފައިވާ ފަރާތެއްނަމަ، ވަޒީފާގައި އޮތް މަސްއޫލިއްޔަތާއި، މަސައްކަތުގެ ތަޖުރިބާ އެނގޭ ލިޔުން. ބ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް. ޅ. ވަޒީފާއަަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ސީވީ (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު) ނޯޓް:  ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެއެވެ.   | 
|||
| 
 ތަކެތި ހުށަހަޅަންޖެހޭ އޮފީސް: 
 
  | 
 - މި މަޤާމުތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް / ފިލާ ބިލްޑިންގ 2 (ބޮޑުތަކުރުފާނު މަގު) 2 ވަނަ ފަންގިފިލާގެ ކައުންޓަރަށް. - ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 މާރިޗު 2 ވާ ހޯމަ ދުވަހުގެ 14.30 ގެ ކުރިން.  | 
|||
| 
 ނޯޓް:  | 
 މި ޢިއުލާނާ ގުޅިގެން މި މަޤާމުތަކަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުޠު ހަމަވާ މީހުންގެ ތެރެއިން ޝޯޓް ލިސްޓްކޮށް، އެންމެ މަތިން މާކުސް ލިބޭ 5 މީހުންނާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތިން މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ މީހަކަށް ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.  | 
|||
| 
 އިތުރު މަޢުލޫމާތު:  | 
 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި ޑިޕާޓްމަންޓުގެ 3009339 ނަންބަރު ފޯނާއެވެ.  | 
|||
29 ރަބީޢުލްއާޚިރު 1436