| 
 ތިރީގައި  މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ. 
 | 
| 
 މަޤާމު 
 | 
 ސީނިއަރ ޖީއައިއެސް އޮފިސަރ   
 | 
| 
 މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން 
 | 
 އެމް އެސް 2 (މެނޭޖީރިއަލް ސާރވިސް 2) / ޓެކްނިކަލް އޮފިސަރ ގްރޭޑް 2 
 | 
| 
 ބޭނުންވާ އަދަދު 
 | 
 01 
 | 
| 
 ވަޒިފާ އަދާ ކުރަންޖެހޭ ރަށް / އޮފީހާއި،  ސެކްޝަން 
 | 
 މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީ / ސްޕޭޝަލް ސެކްޝަން ، ކ. މާލެ 
 | 
| 
 މަޤާމުގެ ނަންބަރު
  
 | 
 256981 
 | 
| 
 މުސާރައާއި އިނާޔަތްތައް 
 | 
 މުސާރަ:  -/6295 ރ 
ސަރވިސް އެލަވަންސް: -/2000ރ 
ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35 
(އިތުރު ގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.) 
 | 
| 
 ޝަރުޠު 
 | 
 މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު  މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާ (ޖިއޮގްރަފީ، ކާޓޮގްރަފީ، ޖީއައިއެސް، ކޮމްޕިއުޓަރ ޕްރޮގްރާމިންގ އަދި ޑޭޓާބޭސް މެނޭޖްމަންޓް) އަކުން: 
- ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
 
 
- ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
 
 
- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
 
 
- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
 
 
 | 
| 
 މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް 
 | 
- ސަރުކާރުގެ އެކިއެކި ދާއިރާތަކުން ބޭނުންކުރާ ޖިއޮގްރަފިކް ޑޭޓާއާބެހޭ މަޢުލޫމާތު އެއްކޮށް ބެލެހެއްޓުން.
 
- ޖިއޯގްރަފިކް މަޢުލޫމާތުތައް ޕަބްލިޝްކުރުމުގައި އެހީތެރިވުން.
 
- ސެޓަލައިޓް އިމޭޖަރީ ޕްރޮސެސްކޮށް ރާއްޖޭގައި ހުރި ޤުދުރަތީ އަދި ޢުމްރާނީ ޒޯންތަކާބެހޭ މަޢުލޫމާތު އެއްކޮށް ބެލެހެއްޓުން.
 
- ޖީއައިއެސް އެޕްލިކޭޝަންތައް ބޭނުންކުރުމާއި، އެންޖީއައިއެސްއާ ބެހޭގޮތުން ސަރުކާރުގެ އޮފީސްތަކަށް ޓްރޭނިނިންގ ރާވައި ހިންގުން.
 
- ސެކްޝަނުން އެތާނގެ މުވައްޒަފުންނަށް ހިންގާ ކުރު މުއްދަތުގެ އިންހައުސް ޓްރެއިނިންގ ރާވައި ހިންގުން.
 
- ޖީއައިއެސްއާ ބެހޭގޮތުން ހޭލުންތެރިކުރުމުގެ ޕުރޮގުރާމުތައް ރާވައި ހިންގުން.
 
- ރާއްޖޭގައި ޤުދްރަތީގޮތުން އުފެދިފައިވާ ތަންތަނުގެ ރަސްމީ ޑިސްކްރިޕްޝަނެއް ތައްޔާރުކޮށް އަދި އެތަންތަނަށް ކިޔާނެ ރަސްމީ ނަންތަކުގެ ލިސްޓު ތައްޔާރުކުރުމުގެ މަސައްކަތުގައި ކަމާބެހޭ ދާއިރާތަކާ ބައްދަލޮކޮށް، އެއްކުރަންޖެހޭ މަޢުލޫމާތުތައް އެއްކޮށް، ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުން.
 
  | 
| 
 އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3004265  އަށް ގުޅުއްވުން އެދެމެވެ. 
 | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް: 
- ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ގަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއްކަމުގައިވުން.
 
  | 
- ސުންގަޑި: 02 މާރިޗު 2015 ވާ ހޯމަދުވަހުގެ މެންދުރު 12:00 ގެ ކުރިން  
 
- އިންޓަރވިއު ބޭއްވޭނެ މުއްދަތު:
 
 
މާރިޗު މަހުގެ ތެރޭގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ / މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީގައި ބޭއްވޭނެއެވެ. 
 | 
| 
 ހުށަހަޅަންޖެހޭ ތަކެތި:  
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ހައުސިންގ މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ (http://www.housing.gov.mv ) ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.)
 
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (މޯލްޑީވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކުރެވިފައިވާ ) ފޮޓޯކޮޕީ
 
- މަސައްކަތާ ގުޅުން ހުރި ތަޢުލީމީ ސެޓްފިކެޓް ލިބިފައި ނުވާނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސެޓްފިކެޓްގެ ލެވެލް އެނގޭނެ ލިޔުމެއް ހުށަހެޅުން (ކޮލިފިކޭޝަން އެސެސްމަންޓް ރިޕޯޓު)
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ސީވީ)
 
- ވަޒީފާގައި އުޅުނުކަމުގެ ލިޔުންތައް.
 
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މިމަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
 
- ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތަކާއި އަދި ސީވީ ފިޔަވައި އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާ ހުރިހާ ލިޔުންތަކުގެ ކޮޕީ.
 
 
މި ވަޒީފާއަށް އެދިފައިވާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓު ކުރެވޭނެއެވެ. 
 | 
| 
 26 ރަބީޢުލްއާޚިރު 1436 
 |