|
ވަޒީފާގެ ފުރުޞަތު
|
|
މަޤާމު:
|
އެސިސްޓެންޓް މެނޭޖަރ (ޙައްޖު އޮޕަރޭޝަން)
|
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
|
އަސާސީ މުސާރަ:
|
-/8,000
|
|
އެލަވަންސް:
|
ސާރވިސް އެލަވަންސް: -/3,000
ޕްރޮފެޝަނަލް އެލަވަންސް: މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/125
ފޯން އެލަވަންސް: -/300
|
|
މަސައްކަތުގެ ގަޑި:
|
- ރަސްމީ ގަޑި: ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން 16:00 އަށް
- އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ އެލަވަންސް ދެވޭނެއެވެ.
|
|
ފެންވަރު ނުވަތަ ޝަރުޠު:
|
- އިސްލާމީ ޝަރީޢާ، އިސްލާމިކް ފައިނޭންސް ނުވަތަ ގުޅުން ހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.
- ދިވެހި، އިނގިރޭސި އަދި ޢަރަބި ބަހުން ފަރިތަކަމާއެކު މުޢާމަލާތު ކުރަން އެނގުން.
- ވޭތުވެދިޔަ 5 އަހަރު ޖިނާޢީ ކުށެއް ސާބިތުވެފައިނުވާ މީހަކު ކަމުގައިވުން ނުވަތަ އެފަދަ ކުށެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން.
|
|
މަސްއޫލިއްޔަތު:
|
- ޙައްޖާއި ޢުމްރާގެ ލޮޖިސްޓިކް ހުރިހާކަމެއް ރާވައި ބެލެހެއްޓުމާއި އަދި އެކަމާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
- ޙައްޖުވެރިންނަށް ބޭނުންވާ ތަމްރީނުތަކުގެ މެޓީރިއަލްތައް އެކަށައެޅުމުގައި ބައިވެރިވެ، ތަމްރީނުތައް ރާވައި ހިންގުން.
- ޙައްޖާއި ޢުމްރާގެ ދަތުރުތަކުގައި ބައިވެރިވެ، ސަޢުދީ ޢަރަބިއްޔާގައި ކުރަންޖެހޭ މަސައްކަތްތަކުގައި ހީވާގިކަމާއެކު މަސައްކަތްކުރުން.
- ޙައްޖާއި ޢުމްރާއަށް ތައްޔާރުވުމަށް ސަޢުދީ ޢަރަބިއްޔާއަށް ކުރަންޖެހޭ ދަތުރުތަކުގައި ބައިވެރިވުން.
- ޢަރަބިބަހުން ލިޔެކިޔުންތައް ތައްޔާރުކުރުމާއި ޢަރަބިބަހުން ކުރަންޖެހޭ މުޢާމަލާތްތަކުގައި އިސްދައުރެއް އަދާކުރުން.
- ޙައްޖާއި ޢުމްރާގެ އެންމެހާ ކަންކަން ރާވައި ހިންގުމުގައި މެނޭޖަރގެ ދަށުން މަސައްކަތްކުރުން.
- ކޯޕަރޭޝަންގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރެވޭ ހުރިހާ މަސައްކަތްތަކެއްގައި ބައިވެރިވެ އެއްބާރުލުން.
|
|
ނޯޓް:
|
މިމަޤާމަށް މީހަކު ހޮވުމުގައި ސަޢުދީ ޢަރަބިއްޔާގެ މާޙައުލު ދަންނަ ފަރާތްތަކާއި، އަދި ޙައްޖާއި ޢުމްރާގެ ދަތުރުތަކުގައި ބައިވެރިވެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
|
މަސައްކަތު ވަގުތު:
|
- ރަސްމީ ގަޑި: ހެނދުނު 08:00 އިން ހަވީރު 16:00 އަށް (ރަސްމީ ބަންދު ދުވަސްތައް ފިޔަވައި)
- ނުރަސްމީ ގަޑިގައިވެސް މަސައްކަތް ކުރަންޖެހިއްޖެނަމަ ނުރަސްމީ ގަޑީގައިވެސް މަސައްކަތްކުރާ ގޮތަށް
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- މަޤާމަށް އެދި ހުށަހަޅާ ސިޓީ (އިޢުލާން ނަންބަރާއެކު)
- މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
- ވަޒިފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން
|
|
ސުންގަޑި:
|
19 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.
|
|
ނޯޓް:
|
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، އެންމެ އެކަށީގެންވާ ފަރާތެއް ނެގުމުގެ ފުރުޞަތު އޮންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.
|
|
އިތުރު މަޢުލޫމާތު:
|
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިޔު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓްވާ ފަރާތްތަކުން، އިންޓަރވިޔުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަސްލު ގެންނަވަންވާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އެޑްރެސް ކުރަންވާނީ:
މެނޭޖިންގ ޑިރެކްޓަރ
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
މާލެ، ދިވެހިރާއްޖެ
|