| 
 މަޤާމު: 
 | 
  ފައިނޭންޝަލް އެނަލިސްޓް 
 | 
 ބޭނުންވާ އަދަދު: 
 | 
 1 
 | 
| 
 އޮފީސް: 
 | 
 އިދާރީ މަރުކަޒު 
 | 
| 
 ބާވަތާއި މުއްދަތު: 
 | 
 1 އަހަރުދުވަސް (ކޮންޓްރެކްޓް މަޤާމެއްގެ ގޮތުގައި) 
 | 
| 
 މަސައްކަތް ކުރަންޖެހޭ ވަގުތު: 
 | 
 - ބަންދު ނޫން ކޮންމެ ދުވަހެއްގައި 4 ގަޑިއިރު (ހެނދުނު 8:00 އިން މެންދުރުފަހު 3:00 އާ ދެމެދު) 
- ބައެއް ދުވަސްތަކުގައި އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިދާނެއެވެ. 
 | 
| 
 މުސާރަ: 
 | 
 140.00 ރުފިޔާ (މަސައްކަތްކުރާ ކޮންމެ ގަޑިއެއްގެއިރަށް) 
 | 
| 
 ވަޒިފާއަށް ބޭނުންވާ ތަޢުލީމީ ޢިލްމީ ސިފަތަކާއި ތަޖުރިބާ: 
 | 
-  ރާއްޖޭގެ ބަޖެޓާއި އެކައުންޓިންގެ އުޞޫލުތަކާއި ހަމަތަކަށް ފަރިތަވުން.
 
-  ރާއްޖޭގެ ފައިސާއާބެހޭ ޤާނޫނާއި ޤަވާއިދުތަކަށް ރަނގަޅަށް އަހުލުވެރިވުމާއި އެނގުން.
 
-  ތަމްރީން ދިނުމާއި ސްޕަވައިޒްކުރުމުގެ އުޞޫލުތައް އެނގުން.
 
-  ބަޖެޓް އެޕްލިކޭޝަންތައް އެނގުން.
 
 
 | 
| 
   
  
  
މަޤާމުގެ މަސްއޫލިއްޔަތު: 
  
  
 | 
- ބަޖެޓް ތައްޔާރުކުރުމުގައި އިރުޝާދު ދިނުމާއި، ބަޖެޓް އެކުލަވައިލުމުގައި ބައިވެރިވުން.
 
- އެކައުންޓްތައް ރިވިއުކޮށް، ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މަސައްކަތްކުރުން.
 
-  ފައިސާ ޚަރަދުވާނޭ މިންވަރު މަހުން މަހަށް ކަނޑައެޅުން.
 
- ފައިސާ ޚަރަދުވާނެ މިންވަރު ދެނެގަނެ، އެކައުންޓްތަކުން ފައިސާ ބަދަލުކުރުމަށް ލަފާދިނުން.
 
- އިންވެސްޓްމަންޓްތައް ކުރުމުގައި ލަފާދިނުމާއި، އިންވެސްޓްމަންޓްތަކަށް ވާނުވާގޮތް ބެލުން.
 
- ފައިސާއާބެހޭ ނިންމުންތައް ނިންމުމުގައި ލަފާދިނުމާއި، އެ ނިންމުންތައް މުރާޖާޢާކުރުން.
 
- ފައިސާއާބެހޭ ކަންކަމުގެ ލަފަޔާއި އިރުޝާދު ދިނުން.
 
- ފިނޭންސް މަސައްކަތްކުރާ މުވައްޒަފުންނަށް އެކައުންޓްތައް ރީކޮންސައިލްކުރުމުގައި ދިމާވާ މައްސަލަތަކުގައި އެހީތެރިވުން.
 
- ރިޕޯޓްތައް އެކުލަވައިލުމުގައި ބައިވެރިވުމާއެކު އެހީތެރިވުން.
 
- މީގެ އިތުރުންވެސް، ސުޕަވައިޒަރު އަންގަވާގޮތެއްގެ މަތިން ފައިސާއާބެހޭ ކަންކަމުގައި އެހީތެރިކަން ދިނުން.
 
- ފައިސާއާބެހޭ ޚާއްޞަ އިވެންޓްތައް ފިކުރުކޮށް، އުފައްދާ އިންތިޒާމް ކުރުން.
 
 
 | 
| 
 ވަޒީފާއަށް ބޭނުންވާ މުޢާމަލާތްކުރުމުގެ ޢިލްމާއި ތަޖުރިބާ: 
  
 | 
- ފައިސާއާބެހޭ ކަންކަމުގައި 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
 
- މަރުކަޒެއްގެ ފައިސާއާބެހޭ ކަންކަން އިންތިޒާމްކޮށް ސްޕަވައިޒްކޮށްފައިވުން.
 
- މަރުކަޒުގެ އެހެން ޑިޕާޓްމަންޓްތަކާ ވިލަރެސްކޮށްގެން މަސައްކަތްކުރަން އެނގުން.
 
- މުރައްކިބު ފައިސާއާބެހޭ މަޢުލޫމާތު ތައްޔާރުކޮށް، މުރާޖަޢާކޮށް މީޒާންކުރަން އެނގުން.
 
- ބަޖެޓް ސިޔާސަތުތައް އެކުލަވައިލައި ތަންފީޒުކުރުމުގައި ބައިވެރިވެފައިވުން.
 
- ސުންގަޑީތަކާއި ތާވަލުތަކަށް މަސައްކަތްކުރަން އެނގުން.
 
- ލިޔުމުންނާއި ވާހަކަދައްކައިގެން، އިދާރީ މުވައްޒަފުންނާއި އެހެނިހެން މުވައްޒަފުންނާ މުޢާމަލާތުކުރަން އެނގުން.
 
- އެހެން މީހުންނާ،  މަސައްކަތުގެ ރަނގަޅު ގުޅުމެއް ޤާއިމްކުރަން ދަތުން.
 
- ސަޕޯޓް ސްޓާފުން ސުޕަވައިޒްކޮށް ތަމްރީނުކުރަން އެނގުން.
 
 
 | 
| 
 ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް: 
  
  
  
 | 
- ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
 
- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
 
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
 
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
 
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
 
  | 
| 
   
  
ނޯޓް: 
 | 
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ. 
 
- އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް، އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ. 
 
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ. 
 
- އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ. 
 
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއު ނިމުމަށް ފަހުގައެވެ.
 
 
 | 
| 
 ސިޓީ ފޮނުވަންވީ ތާރީޚު:   
 | 
2015 ފެބުރުވަރީ 19 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް. | 
| 
 އިތުރު މަޢުލޫމާތު: 
 | 
 މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345157 ނަންބަރު ފޯނާއެވެ. 
 | 
| 
 22 ރަބީޢުލްއާޚިރު 1436 
 |