ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި ސުކޫލުގެ، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.
| 
 މަޤާމުގެ ނަން:  | 
 ކައުންސިލަރ އެސިސްޓެންޓް  | 
| 
 ބޭނުންވާ އަދަދު:  | 
 1 (އެކެއް)  | 
| 
 މަޤާމް އޮތް އޮފީސް:  | 
 ކުރިނބީ ސްކޫލް  | 
| 
 ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:  | 
 ކުރިނބީ ސްކޫލް / ހދ. ކުރިނބި  | 
| 
 ސެކްޝަން:  | 
 އިދާރީ  | 
| 
 ކުލެސިފިކޭޝަނާއި، ރޭންކް:  | 
 އޮފިސަރ ގްރޭޑް 1 / ޖީ.އެސް 3  | 
| 
 މުސާރައާއި އެލަވަންސް:  | 
 މުސާރަ: މަހަކު 4465.00 ރުފިޔާ، ސަރވިސް އެލަވަންސް: މަހަކު 1500.00 ރުފިޔާ، އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.  | 
| 
 ގިންތި  | 
 ދާއިމީ  | 
| 
 ޝަރުޠު:  | 
|
| 
 1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.  | 
|
| 
 މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުގެ ޚުލާޞާ  | 
 1- ސުކޫލުގެ ދަރިވަރުންނަށް ބޭނުންވާ ކައުންސިލިންގ ދިނުން. 2- ދަރިވަރުންގެ އަޚްލާޤީ މައްސަލަތައް ބަލައި، ވެރިންގެ އިރުޝާދާއެކު، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. 3- ދަރިވަރުންނާއި މުއައްޒަފުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން. 4- ސްކޫލުގައި ތިބި، އަޚްލާޤީ މައްސަލަ ތަކުރާރުކޮށް ދިމާވާ ދަރިވަރުންގެ މައްސަލަތައް ބެލުމާއި، އެ ދަރިވަރުންގެ ރެކޯޑްތައް ބެލެހެއްޓުމަށް ފައިލްތައް ތައްޔާރުކޮށް ޤަވައިދުން ބަލަހައްޓަމުން ގެންދިއުން. 5- ކުލާސްތަކަށް ގޮސް، އިތުރު އެހީއަށް ބޭނުންވާ ދަރިވަރުންގެ މަސައްކަތްތައް ކައިރިން ބަލައި، އެ ކަންތައްތައް ރެކޯޑުކުރުން. 6- ސްކޫލުގައި ދަރިވަރުންނަށް އުނގެނޭނެ އަދި މުވައްޒަފުންނަށް މަސައްކަތްކުރެވޭނެފަދަ ރައްކާތެރި ރަނގަޅު މާޙައުލެއް ޤާއިމުކުރަން މެނޭޖްމަންޓާއެކު މަސައްކަތްކުރުން. 7- ސުކޫލުގެ ޞިއްޙީ ޕޮރޮގްރާމްތައް ރާވައި ހިންގުން. 8- ކުދިން ބަލަހައްޓާނެ ގޮތާއި، އެކުދިންނަށް ބޭނުންވާނެ އެހީތެރިކަމަކީ ކޮބައިކަން އަންގައިދޭނެ ފަދަ ވޯރްކޝޮޕްތައް، ސްކޫލުގެ ޓީޗަރުންނަށާއި ބެލެނިވެރިންނަށް ރާވައިގެން ހިންގައިދިނުން. 9- ވަޒީފާއާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން. 10- ދަރިވަރުންނަށް ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ޤަވާޢިދުން ބަލައި، އެފަދަ މައްސަލަތައް ހުރިނަމަ ރެކޯޑްކޮށް، އަޅަންއެކަށީގެންވާ ފިޔަވަޅު އެޅުން. 11- ދުވަހުން ދުވަހަށް ބަލަންޖެހޭ އަޚްލާޤީ މައްސަލަތަކާއި ނަފްސާނީގޮތުން ދަރިވަރުންނަށް ދިމާވާ މައްސަލަތަކާއި ސްކޫލުގައްޔާއި ގޭތެރޭގައި ދަރިވަރުންނަން ލިބޭ ޖިސްމާނީ އަނިޔާތަކާމެދު ފިޔަވަޅުއެޅުމާއި ރެކޯޑްކުރުން. 12- ދަރިވަރުންގެ އަޚުލާޤަށް އަންނަ ބަދަލުތަކާއި، ނަފުސާނީ ޙާލަތަށް އަންނަ ބަދަލުތަކާމެދު ބެލެނިވެރިންނަށް މަޢުލޫމާތު ދިނުން. 13-އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް، ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ، އާއްމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި، ވެރިން އަންގަވާގޮތެއްގެމަތިން، ފަރުވާތެރިކަމާއެކު ބަރާބަރަށް ޢަމަލުކުރުން.  | 
| 
 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް  | 
 - ތައުލީމާއި ތަމްރީން ލިބިފައިވާ މިންވަރު. - މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު. - މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް.  | 
| 
 އިންޓަވިއުކުރުން: 
 
 
  | 
 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި ޕްރެޒެންޓޭޝަނާއި ޕްރެކްޓިކަލްސްއާއި އިމްތިޙާން އޮންނާނީ، 2015 ފެބުރުވަރީ 17 ވާ އަންގާރަ ދުވަހުގެ ރޭ 20:45 ގައި ކުރިނބީ ސްކޫލުގައެވެ. މި ވަޒީފާއަށް އެދިފައިވާ ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށާއި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ، ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.  | 
| 
 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
 ފުރިހަމަކޮށްފައިވާ އެޕްލިކެޝަން ފޯމް (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ. މި ފޯމު، ސްކޫލުގެ އޮފީހުންވެސް ލިބެން ހުންނާނެއެވެ.) - ސިވިލް ސަރވިސްއަށް / ސަރުކާރަށް ހިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުން ދެއްވާފައިވާ ލިޔުމެއް. - ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) - މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް. - ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)  | 
| 
 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:  | 
 މި ވަޒީފާއަށްއެދި ހުށައަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި ސުކޫލުގެ އޮފީހަށެވެ. ފޯމާއި ތަކެތި ހުށައެޅުމުގެ ސުންގަޑިއަކީ، 2015 ފެބުރުވަރީ 16 ވާ ހޯމަ ދުވަހުގެ މެންދުރުރު 12:00 އެވެ.  | 
| 
 ނޯޓް:  | 
 މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސުކޫލުގެ ފޯން ނަންބަރު 6520532 އާ ގުޅުން އެދެމެވެ.  | 
| 
 13 ރަބީޢުލްއާޚިރު 1436  | 
|