ވަޒީފާގެ ފުރުޞަތު
ނަންބަރު: HDFC/IU/2015/01
ޕަބްލިޝްކުރި ތާރީޚް: 05 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:58
ސުންގަޑި: 12 ފެބުރުވަރީ 2015 14:30
ހައުސިންގ ޑިވެލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން ޕލކ
ދިވެހިރާއްޖެ
އެކައުންޓްސް އެސިސްޓަންޓް

މިކުންފުނީގެ ތިރީގައިވާ މަޤާމަށް މުވައްޒަފުން ބޭނުން ވެއްޖެއެވެ.

މަޤާމު: އެކައުންޓްސް އެސިސްޓަންޓް

އަދަދު: 01

ޝަރުޠު: ޑިޕްލޮމާ ހަދާފައިވުން (އެކައުންޓްސް މޮޑިއުލް އިން ފާސްވެފައިވުން).

ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.  

މުސާރަ: ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށް ބިނާކޮށް

މީގެ އިތުރުން ވަޒީފާޔަށް ނުކުންނަ ކޮންމެ ދުވަހަކަށް ކޮއްތު ފައިސާގެ ގޮތުގައި ދުވާލަކަށް -/50ރ. ދެވޭނެއެވެ. އަދި ކުންފުނީގެ ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން މެޑިކަލް އިންޝުއަރަންސާއި ޓްރެއިނިންގާއި އެހެނިހެން ޢިނާޔަތްތައް ފޯރުކޮށްދެވޭނެއެވެ.

ވީމާ، ޝަރުޠު ހަމަވާ އަދި މިވަޒީފާއަށް ޝައުޤުވެރިވަޑައިގަންނަވާ ފަރާތްތަކުން 12 ފެބުރުވަރީ 2015 ވަނަ ދުވަހުގެ 2:30 ގެ ކުރިން ތިރީގައިމިވާ އެޑްރެހަށް ސިޓީއާއެކު ސީވީ، އައި.ޑީ ކޮޕީ އަދި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ފޮނުއްވުން އެދެމެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕލކ. 4 ވަނަ ފަންގިފިލާ،

ހ. މިއަލަނި، ސޯސަންމަގު، މާލެ، ދިވެހިރާއްޖެ.

05 ފެބުރުވަރީ 2015