މަސައްކަތް
ނަންބަރު: (IUL)142-A1/142/2023/136
ޕަބްލިޝްކުރި ތާރީޚް: 06 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 11:57
ސުންގަޑި: 09 ޖުލައި 2023 14:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
އިސްލާމީ މަރުކަޒުގައި ކުރަންހުރި ބައެއް މަރާމާތުތައްކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

އިސްލާމީ މަރުކަޒުގައި ކުރަންހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރ:
 (IUL)142-A1/142/2023/112 (18 މޭ 2023) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑްހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލީމެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ޕްރީބިޑް މީޓިން 2023 ޖުލައި 11  ވާ އަންގާރަ ދުވަހުގެ 11:00 ގައި އިސްލާމީ މަރުކަޒުގައި އޮންނާނެއެވެ. 

އަދި މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓަރ ކުރައްވާ ހުރިހާ ފަރާތްތަކަށް، މެއިލް މެދުވެރިކޮށް ފޮނުވޭނެވެ.

ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2023 ޖުލައި 09 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. 

https://forms.office.com/r/QNc69XBXfx

 

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2023 ޖުލައި 17 ވާ ހޯމަ ދުވަހުގެ 11:00 ގައެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2023 މޭ 13 ވާ ބުރާސްފަތި ދުވަހުގެ 10:00 ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3020239،3020232 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

06 ޖުލައި 2023