ދިވެހިރާއްޖެ
މި އިދާރާގެ އެޗް.އާރ. ސިސްޓަމް ޤާއިމު ކުރުމަށްޓަކައި މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމަށް ބޭނުންވާ ފިންގަރ ޕްރިންޓް މެޝިން ހޯދުމަށް ބޭނުންވެގެން ކުރެވުނު މިއިދާރާގެ ނަންބަރު: IUL)425-CB/1/2015/12)ފ(28 ޖަނަވަރީ 2015) އިޢުލާނުގައި 09 ފިންގަރޕްރިންޓް މެޝިންކަމަށް ޖެހިފައިވަނީ އިދާރީ ކުށަކުންނެވެ. އެހެންކަމުން އެއިޢުލާން ބާޠިލުކޮށް، އަލުން 06 ފިންގަރޕްރިންޓް މެޝިން ހޯދުމަށް އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިތަކުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ.
| ތަފުސީލު | ތާރީޚު | ތަން | ގަޑި | ދުވަސް | 
| މަޢުލޫމާތު ސާފުކުރެއްވުމަށް | 12 ފެބުރުވަރީ 2015 | މާލޭ ސިޓީ ހޯލް | 14:00 | ބުރާސްފަތި | 
| އަގު ހުށަހެޅުއްވުމަށް | 19 ފެބުރުވަރީ 2015 | މާލޭ ސިޓީ ހޯލް | 11:30 | ބުރާސްފަތި | 
އަގު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި މި އިޢުލާން ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައެއްނުގަނެވޭނެއެވެ.
13 ރަބީޢުލްއާޚިރު 1436