| ވަޒީފާގެ ފުރުޞަތު | 
| މަޤާމު: | ސޮފްޓްވެއަރ ޑިވެލޮޕަރ | 
| ބޭނުންވާ އަދަދު: | 01 (އެކެއް) | 
| މުސާރަ: | މުސާރަ: -/13000 ރުފިޔާ އެލަވަންސް: -/12000 ރުފިޔާ | 
| ފެންވަރު ނުވަތަ ޝަރުޠު | 
ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ނުވަތަ އައިޓީއާ ގުޅުންހުރި ދާއިރާއަކުން މާރސްޓާރސް ޑިގްރީއެއް ހާސިލުކޮށްފައިވުން، ނުވަތަ ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ނުވަތަ އައިޓީއާ ގުޅުންހުރި  ދާއިރާއަކުން ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު ކަމާގުޅޭ ދާއިރާއަކުން 03 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ނުވަތަ އައިޓީއާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 08 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުންތިރީގައި ބަޔާން ކުރެވިފައިވާ ޓެކްނޮލޮޖީތަކުގެ ތަޖުރިބާ ލިބި އަހުލުވެރި ފަރާތަކަށް އިސްކަންދެވޭނެއެވެ. - ސީ ޝާޕް އާއި ޕީ.އެޗް.ޕީ، އެމް.އެސް.އެސް.ކިއު.އެލް އާއި މައި.އެސް.ކިއު.އެލް ޑާޓާބޭސް މެނޭޖްކުރުމާއި، މައިކްރޮސޮފްޓް އެމް.ވީ.ސީ 5 އަދި މައިކްރޮސޮފްޓް އެންޓިޓީ ފްރޭމްވާރކް 5 ނުވަތަ 6، ޕީ.އެޗް.ޕީ ފްރޭމްވާރކް ޔީ އަދި ޔީ 2 ، ރެސްޓް، ވެބް.އޭ.ޕީ.އައި، ފުރިހަމަ އޯ.އޯ.ޕީ އަދި މިނޫންވެސް މަސައްކަތާއި ގުޅުން ހުރި ޓެކްނޮލޮޖީތައް 
ދިވެހި އަދި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތް ކުރަން އެނގުން.ވޭތުވެދިޔަ 5 އަހަރު ޖިނާއީ ކުށެއް ސާބިތުވެފައިނުވާ މީހަކު ކަމުގައިވުން ނުވަތަ އެފަދަ ކުށެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި އެހެން މުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން. | 
| މަސްއޫލިއްޔަތު: | 
ޙައްޖު މެނޭޖްމަންޓް ސިސްޓަމް އިތުރަށް ތަރައްޤީ ކުރުމަށް ބޭނުންވާ ދިރާސާކޮށް ތަންފީޛު ކުރުމާއި ސިސްޓަމަށް ގެންނަންޖެހޭ ބަދަލުގެނައުން.ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ޢާންމު ފަރާތްތަކަށް ދޭންޖެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ބޭނުންވާ ވެބް އެޕްލިކޭޝަން ހެދުން.ކޯޕަރޭޝަންގެ ފަރާތުން ޙައްޖާއި ޢުމްރާ އޮޕަރޭޝަންތަކަށް މައްކާ އަދި މަދީނާގައި ބޭނުންކުރުމަށްޓަކައި އެ އޮޕަރޭޝަންތަކަށް ޚާއްޞަ ސޮފްޓްވެއަރއެއް ތައްޔާރުކުރުން.ކޯޕަރޭޝަންގެ މަސައްކަތްތަކަށް ބޭނުން އެހެނިހެން ސޮފްޓްވެއަރތައް ތައްޔާރުކުރުމާއި މިހާރު ބޭނުންކުރަމުންދާ ސޮފްޓްވެއަރތައް ބެލެހެއްޓުންކޯޕަރޭޝަންގެ ވެބްސައިޓަށް ގެންނަންޖެހޭ ބަދަލުތަކަކީ ކޮބައިތޯ ބަލައި ޢާންމު ފަރާތްތަކަށް ފަސޭހައިން މަޢުލޫމާތު އެނގޭނޭފަދަގޮތަކަށް ވެބްސައިޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.ޙައްޖު މެނޭޖްމަންޓް ސިސްޓަމަށްގެންނަ ބަދަލުތަކާ ގުޅޭ ތަމްރީނު ކޯޕަރޭޝަންގެ މުވައްޒަފުންނަށް ދިނުން.ކޯޕަރޭޝަންގެ ބޭނުންތަކަށް ތައްޔާރުކުރެވޭ ސޮފްޓްވެއަރއާބެހޭ ތަމްރީނު ކޯޕަރޭޝަންގެ މުވައްޒަފުންނަށް ދިނުން.ޙައްޖު މެނޭޖްމަންޓް ސިސްޓަމަށް ދިމާވާ މައްސަލަތައް ހައްލުކޮށް ސިސްޓަމް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް މި ނިޒާމަށް ވަދެވޭނެގޮތް ލިޔެ އާންމު އެކައުންޓް ހަދައި ބެލެހެއްޓުން.ޙައްޖު މެނޭޖްމަންޓް ސިސްޓަމް ބޭނުންކުރާ ފަރާތްތަކަށް އެކައުންޓް ހަދައިދިނުން.ޙައްޖު މެނޭޖްމަންޓް ސިސްޓަމްސް ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށް ގެންދާނެ ޕްލޭންތައް، އަދި ޑިޒާސްޓަރ ރިކަވަރީ ޕްލޭންތައް ތަރައްޤީކޮށް، ސިސްޓަމް ބެލެހެއްޓުމާއި ވަގުތުނުގެއްލި މުހިއްމު މަޢުލޫމާތު ނުގެއްލި މަސައްކަތް ހިގަމުންދާނެގޮތްތައް ރާވައި ހިންގުން.ޙައްޖު މެނޭޖްމަންޓް ސިސްޓަމް އަދި ކޯޕަރޭޝަންއަށް ބޭނުންވާ ވެބް އެޕލިކޭޝަން ސޮފްޓްވެއަރތަކާ ގުޅޭގޮތުން ޑިރެކްޓަރުންގެ ބޯޑަށް ބޭނުންވާ މަޢުލޫމާތު ދުވަހުން ދުވަހަށް ފޯރުކޮށްދިނުންޙައްޖު މެނޭޖްމަންޓް ސިސްޓަމަށާއި ކުންފުނީގެ އެހެނިހެން ސޮފްޓްވެއަރތަކަށް ކުރިމަތިވެދާނެ އަދި ކުރިމަތިވާ ނުރައްކާތަކަށް ސިސްޓަމްތައް ތައްޔާރުކޮށް އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އެޅުން. | 
| މަސައްކަތު ވަގުތު: | މި ކޯޕަރޭޝަންގެ ރަސްމީގަޑިގައި ދުވާލަކު (8 ގަޑިއިރު) | 
| ހުށަހަޅަންޖެހޭ ލިޔުންތައް: | 
މަޤާމަށް އެދި ހުށަހަޅާ ސިޓީ (އިޢުލާން ނަންބަރާއެކު)މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީވަޒިފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން | 
| ސުން ގަޑި: | 12 ފެބްރުވަރީ 2015 ވާ  ބުރާސްފަތި ދުވަހު 14:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށަހެޅުއްވުން އެދެމެވެ. | 
| ނޯޓު: | ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، އެންމެ އެކަށީގެންވާ ފަރާތެއް ނެގުމުގެ ފުރުޞަތު އޮންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ. | 
| އިތުރު މަޢުލޫމާތު: | މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަވިއު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓްވާ ފަރާތްތަކުން، އިންޓަވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓްފިކެޓްތަކުގެ އަސްލު ގެންނަވަން ވާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އެޑްރެސް ކުރަންވާނީ: މެނޭޖިންގ ޑިރެކްޓަރ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް އަމީނީމަގު، 20379 މާލެ، ދިވެހިރާއްޖެ |