ދިވެހިރާއްޖެ
| 
 އިޢުލާން ދިރާސީ އައު އަހަރު (2024/2023) ނާސަރީ އަދި ބޭބީ ނާސަރީއަށް ކުދިން ވެއްދުމާއިގުޅޭ. (2024/2023) ވަނަ އަހަރަށް ނާސަރީ އަދި ބޭބީ ނާސަރީ އަށް އަލަށް ކުދިން ވެއްދުމުގެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، ނާސަރީ އަދި ބޭބީ ނާސަރީއަށް އަލަށް ކުދިން ވެއްދުމަށް ބޭނުންވާ ފަރާތްތަކުން 11 ޖުލައި 2023 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން ޕްރީސްކޫލަށް ކުދިންވެއްދުމަށް އެދޭ ފޯމު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުން، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00ން މެންދުރުފަހު 14:00ށް ކައުންސިލްގެ އިދާރާގައި ކުރިޔަށްދާނެ ވާހަކަ ދެންނެވީމެވެ. އެގޮތުން (2024/2023) ވަނަ އަހަރަށް ޕްރީސްކޫލަށް ކުދިން ވެއްދުމުގެ ގްރޭޑް ތަކާއި އުމުރުފުރާތަކުގެ ތަފްޞީލް ތިރީގައި މި ދަންނަވަނީއެވެ. 
 ގްރޭޑް އުމުރުފުރާ ބޭބީ ނާސަރީ 1 އޮގަސްޓް 2023 ގެ ނިޔަލަށް 2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިން ނާސަރީ 1 އޮގަސްޓް 2023 ގެ ނިޔަލަށް 3 އަހަރު ފުރި 4 އަހަރު ނުފުރޭ ކުދިން 
 މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތެއްވާނަމަ މި އިދާރާގެ ފޯނުް ނަންބަރު 6560018 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 
 15 ޛުލްޙިއްޖާ 1444 03 ޖުލައި 2023 
 
  |