މަސައްކަތް
ނަންބަރު: (IUL)142-A1/142/2023/131
ޕަބްލިޝްކުރި ތާރީޚް: 08 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 10:13
ސުންގަޑި: 11 ޖޫން 2023 14:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
އިސްލާމީ މަރުކަޒުގެ ޚާއްޞަ ދުވަސް ތަކުގައާއި، މަރުކަޒުގައި ބާއްވާ އިވެންޓްތަކުގައި ބޭނުންކުރުމަށް ދިދައާއި ދިދަ ދަނޑިތައް ހޯދާދޭނެ ފަރާތެއްހޯދުން

އިޢުލާން

އިސްލާމީ މަރުކަޒުގެ ރަސްމީދުވަސްތަކުގައާއި، ޚާއްޞަ ދުވަސް ތަކުގައި މަރުކަޒުގައި ބާއްވާ އިވެންޓްތަކުގައި ބޭނުންކުރުމަށް  ދިދަ އާއި ދިދަ ދަނޑި ހޯދާދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. 

ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2023 ޖޫން 11 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. 

https://forms.office.com/r/uJxdbm1cGy

 

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2023 ޖޫން 19 ވާ ހޯމަ ދުވަހުގެ 11:00 ގައެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2023 ޖޫން 14 ވާ ބުދަ ދުވަހުގެ 11:00 ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3020252،3020232 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

08 ޖޫން 2023