މަސައްކަތް
ނަންބަރު: (IUL)23-PD(PMS)/23/2023/166
ޕަބްލިޝްކުރި ތާރީޚް: 07 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 10:06
ސުންގަޑި: 15 ޖޫން 2023 13:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގާ 8 ހޮސްޕިޓަލެއްގައި ލޮލުގެ ޚިދުމަތް ފެށުމަށްޓަކައި ބޭނުންވާ ސާމާނުތައް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގާ 8 ހޮސްޕިޓަލެއްގައި ލޮލުގެ ޚިދުމަތް ފެށުމަށްޓަކައި ބޭނުންވާ ސާމާނުތައް ސަޕްލައިކޮށް  އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)23-PD(PMS)/23/2023/61 (22 ފެބްރުއަރީ 2023) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ  ތެރެއިން އަންދާސީ ހިސާބުގެ ޝަރުތުތައް ފުރިހަމަވާ ފަރާތެއް ނެތުމުން މިއިޢުލާން ބާތިލްކޮށް މައުލޫމާތަށް ގެނެވިފައިވާ ބަދަލާއިއެކު އަލުން އިޢުލާން ކުރަމެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 07 ޖޫން  2023 ވާ ބުދަ ދުވަހުން ފެށިގެން 15 ޖޫން   2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 20 ޖޫން  2023 އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 18 ޖޫން  2023 ވާ އާދިއްތަ ދުވަހު ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

                             18 ޛުލްޤަޢިދާ  1444

07 ޖޫން 2023