މަސައްކަތް
ނަންބަރު: (IUL)142-A1/142/2023/128
ޕަބްލިޝްކުރި ތާރީޚް: 06 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 20:03
ސުންގަޑި: 10 ޖޫން 2023 14:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
1444 ވަނައަހަރުގެ އަޟްޚާ ޢީދު ނަމާދުގެ ބޮޑުޖަމާޢަތުގެ ސައުންޑް ހަމަޖައްސައިދޭނެ ފަރާތެއްހޯދުން

 

1444 ވަނައަހަރުގެ އަޟްޚާ ޢީދު ނަމާދުގެ ބޮޑުޖަމާޢަތުގެ ސައުންޑް ހަމަޖައްސައިދޭނެ ފަރާތެއްހޯދުން

1444 ވަނައަހަރުގެ އަޟްޚާ ޢީދު ނަމާދުގެ ބޮޑުޖަމާޢަތް ބޭއްވުމަށް މާފަންނު ސްޓޭޑިއަމް ސަރަޙައްދާއި،  ،ވިލިމާލެ ފުޓްބޯޅަ ދަނޑު އަދި ހުޅުމާލެ ސިންތަޓިކް ޓްރެކާއި، ހުޅުމާލެ ފޭސް2ގެ ކްރިކެޓް ސްޓޭޑިއަމްގައި ސައުންޑް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓްރީ ކުރައްވާ ހުރިހާ ފަރާތްތަކަށް، މެއިލް މެދުވެރިކޮށް ފޮނުވޭނެވެ.

ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2023 ޖޫން 10 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. 

https://forms.office.com/r/gQQB2xqfWU

 

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2023 ޖޫން 15 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2023 ޖޫން 13 ވާ އަންގާރަ ދުވަހުގެ 10:00 ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3020252،3020247 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

06 ޖޫން 2023