ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)142-A4/142/2023/126
ޕަބްލިޝްކުރި ތާރީޚް: 05 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 13:03
ސުންގަޑި: 13 ޖޫން 2023 14:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ވޭޖް އެމްޕްލޯއީމަންޓް އުޞޫލުން އެނިއުމެރޭޓަރ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން.

 

އިޢުލާން

ވޭޖް އެމްޕްލޯއީމަންޓް އުޞޫލުން އެނިއުމެރޭޓަރ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން.

 

މަޤާމު

ޢަދަދު

ޝަރުޠު

މަސްޢޫލިއްޔަތު

އުޖޫރަ

 

 

 

 

 

އެނިއުމެރޭޓަރ

 

 

 

 

 

 

10 (ދިހައެއް)

  1. ސާނަވީ ނުވަތަ އެއާ އެއް ފަންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑްރީ ސްކޫލް" ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

 

  • ގްރޭޓަރ މާލެ ސަރަހައްދުގައި ދިރިއުޅޭ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ތިބި ފަރާތްތަކުގެ ގެތަކަށްގޮސް އެމީހުންގެ ދިރިއުޅުމުގެ ޙާލަތު ދެނެގަތުން.
  • ގްރޭޓަރ މާލެ ސަރަހައްދުގައި ދިރިއުޅޭ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ތިބި ފަރާތްތަކުގެ ގުޅައި މަޢުލޫމާތު ސާފުކުރުން.
  • އެ ދުވަހަކު ކުރެވޭ ސަރވޭ ގެ މަޢުލޫމާތު އެދުވަހަކު އެންޓާރ ކުރުން.

މަސައްކަތް ކުރާ ދުވަހަކަށް -/500 (ފައްސަތޭކަ) ރުފިޔާ.

 

މި އިޢުލާނުގެ ދަށުން ޕޫލުގައި ރަޖިސްޓްރީ ކުރެވޭ ފަރާތްތައް ބޭނުންކުރާނީ މަސައްކަތައް ނިކުންނަ ދުވަހުންފެށިގެން 20 ދުވަހުގެ މުއްދަތަށެވެ. އަދި ޕޫލަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ޕޫލުގައި ރަޖިސްޓްރީ ކުރެވޭނީ މި މަސައްކަތުގެ ޤާބިލްކަން ހުރިތޯ ބަލައި އިންޓަވިއު ކުރުމަށް ފަހުގައެވެ.

ވީމާ، ޕޫލްގައި ރަޖިސްޓްރީވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 ޖޫން 2023 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން،  ސިޓީއަކާއެކު، ޕޮލިސް ރިޕޯޓް، ސީވީ، އައި.ޑީ ކާޑުގެ ކޮޕީ، ތައުލީ ސެޓްފިކެޓްތައާއެކު މި މިނިސްޓްރީގެ ކައުންޓަރަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ [email protected] އަށް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3020254 ފޯނަށް ގުޅުއްވުން އެދެމެވެ.

ޕޫލަށް އެނިއުމެރޭޓަރުން ހޮވުމުގައި ބަލާނެ ކަންތައްތައް.

  • އެނިއުމެރޭޓަރުން ހޮވުމުގައި މަސައްކަތް ކުރެވޭފަދަ ޞިއްހަތެއް ހުރި، އަޚްލާޤް ރަނގަޅު، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކާއި، ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

05 ޖޫން 2023