މަސައްކަތް
ނަންބަރު: (IUL)23-PD(PMS)/23/2023/164
ޕަބްލިޝްކުރި ތާރީޚް: 05 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 14:33
ސުންގަޑި: 14 ޖޫން 2023 13:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އޮރެންޖް ހިޔާ އިމާރާތުގެ ތިންވަނަ ފަންގިފިލާގެ ބިއްލޫރި ދޮރުތަކުގައާއި ކުޑަދޮރުތަކުގައި ބްލައިންޑްސް ހަރުކުރުމާއި ފިލްމްސް/ސްޓިކާރ ތަތްކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

އޮރެންޖް ހިޔާ އިމާރާތުގެ ތިންވަނަ ފަންގިފިލާގެ ބިއްލޫރި ދޮރުތަކުގައާއި ކުޑަދޮރުތަކުގައި ބްލައިންޑްސް ހަރުކުރުމާއި ފިލްމްސް/ސްޓިކާރ ތަތްކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 5 ޖޫން 2023 ވާ ހޯމަ ދުވަހުން ފެށިގެން 14 ޖޫން 2023 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 20 ޖޫން 2023 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 15 ޖޫން 2023 ވާ ބުރާސްފަތި ދުވަހު ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

16 ޒުލްޤައިދާ  1444

05 ޖޫން 2023