ދިވެހިރާއްޖެ
މި އިދާރާގެ ނަންބަރު: IUL)321-A/321/2014/53)ފ(05 އޮގަސްޓު 2014) އިޢުލާނުން، މިރަށުގެ ލޭންޑްޔޫސްޕްލޭނުގައި ސްލިޕްވޭއެއް ހެދުމަށް ފާހަގަކޮށްފައިވާ ބިމުގައި ޕަބްލިކް ޕްރައިވެޓް ޕާރޓްނަރޝިޕްގެ އުސޫލުން ސްލިޕްވޭ އަޅައި ތަރައްޤީކޮށް ހިންގައިދޭނެ ފަރާތެއް ހޯދަން އިޖާބަ ދެއްވި ފަރާތްތަކަށް ފުރިހަމަ މަޢުލޫމާތު ދެވިފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް، އަލުން ފުރުޞަތު ހުޅުވާލަމެވެ.
ޕޮއިންޓް ދިނުމުގައި ބަލާނެ މިންގަނޑުތައް:
| މާކްސް ދެވޭ ބައިތައް | މިންވަރު | ތަފުސީލު | 
| އިންވެސްޓްކުރާ މިންވަރު | 15% | 
 | 
| ތަރައްޤީކުރާނެ މިންވަރު | 25% | 
 | 
| މަންފާ ލިބޭނެ ފަރާތް | 20% | 
 | 
| އިޖްތިމާޢީ ގޮތުން ދެވޭ ޚިދުމަތްތައް | 25% | 
 | 
| އޭރިޔާގެ އަކަފޫޓަކަށް ކަނޑައަޅާ އަގު | 15% | އަކަފޫޓަކަށް ކަނޑައަޅާ އެންމެ ކުޑައަގަކީ އޭރިޔާގެ އަކަފޫޓަކަށް މަހަކު 15/- (ފަނަރަ) ލާރި | 
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 02 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ހުށަހަޅުއްވާ ބިޑް ހިއްޕަވައިގެން މިއިދާރާއަށް ހާޒިރުވުން އެދެމެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީގަޑީގައި މި އިދާރާގެ ނަންބަރު: 6600006 ފޯނާ ގުޅުއްވުން އެދެމެވެ.
06 ރަބީޢުލްއާޚިރު 1436