މަސައްކަތް
                	
                ނަންބަރު: 145-SP/2015/08
                    ޕަބްލިޝްކުރި ތާރީޚް: 22 ޖަނަވަރީ 2015
                    ޕަބްލިޝްކުރި ގަޑި:  09:04
                                            ސުންގަޑި: 
                            29 ޖަނަވަރީ 2015 14:30
                        
                    
                ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ސައިކަލްތައް ސަރވިސްކޮށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް
                                ކްރިމިނަލް ކޯޓުގައި ބޭނުންކުރާ ސައިކަލްތައް ސަރވިސްކޮށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު 03 (11 ޖަނަވަރީ 2015) ގެ އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވެފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެ އިޢުލާން ބާޠިލުކޮށް، ސައިކަލްތައް ސަރވިސްކޮށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް 02 ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2015 ޖަނަވަރީ 29 ވަނަ ދުވަހުގެ 14:30 އަށް ކްރިމިނަލް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ފެބުރުވަރީ 01 ވަނަ ދުވަހުގެ 14:30 އަށް ކްރިމިނަލް ކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
01 ރަބީޢުލްއާޚިރު 1436
                22 ޖަނަވަރީ 2015