ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މިމިނިސްޓްރީން ކަނދުފަތި ތައްޔާރުކުރުމުގެ މަސައްކަތަށް ބޭނުންވާ 20 ގަލްވަނައިޒް 100’*8/5” ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމިނިސްޓްރީއަށް (ވެލާނާގޭގެ 7 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިއޮފީހަށް (ވެލާނާގޭގެ 7 ވަނަ ފަންގިފިލާ) ވަޑައިގެންދެއްވުން އެދެމެވެ.
| 
 އަންދާސީހިސާބު ހުށައެޅުމަށް  | 
 މަޢުލޫމާތު ސާފުކުރެއްވުމަށް  | 
| 
 02 ފެބުރުވަރީ 2015 ހޯމަ ދުވަހުގެ 11:00 އަށް  | 
 27 ޖަނަވަރީ 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް  | 
މައުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339211/ 3339239 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
30 ރަބީޢުލްއައްވަލް 1436