ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)22-PU/22/2023/162
ޕަބްލިޝްކުރި ތާރީޚް: 16 މޭ 2023
ޕަބްލިޝްކުރި ގަޑި: 12:48
ސުންގަޑި: 31 މޭ 2023 23:59
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
2024-2023 ވަނަ ދިރާސީ އަހަރަށް ދަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރަށް ކުރެޑިޓަށް ތަކެތި ދޫކުރުމަށް ރަޖިސްޓްރީވުމަށް ހުޅުވާލި މުއްދަތު އިތުރުކުރުން

އިޢުލާން

2024-2023 ވަނަ ދިރާސީ އަހަރަށް ދަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ

ވައުޗަރަށް ކުރެޑިޓަށް ތަކެތި ދޫކުރުމަށް ރަޖިސްޓްރީވުމަށް ހުޅުވާލި މުއްދަތު އިތުރުކުރުން:

1. 2023-2024 ވަނަ ދިރާސީ އަހަރަށް ދަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރަށް ކްރެޑިޓަށް ތަކެތި ދޫކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިމިނިސްޓްރީގައި ރަޖިސްޓްރީ ކުރުމުގެ މުއްދަތު 2023 މޭ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

2. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން "ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރުމަށް ރަޖިސްޓްރީ ވުމަށްއެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު ފޯމުގައި ބަޔާންކުރާ ލިޔުންތަކާއެކު 2023 މޭ 31 ވަނަ ދުވަހުގެ ނިޔަލަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ.

3. ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރުމަށް  ރަޖިސްޓްރީވުމަށްއެދި ފޯމު ހުށަހަޅުއްވާނީ ތިރީގައިވާ ލިންކު މެދުވެރިކޮށެވެ.

ލިންކު: https://bit.ly/3JTWtPL

4. ސްޓޭޝަނަރީ ވައުޗަރު ދޫކުރުމަށް ކުރިން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުންވެސް، 2023-2024 ވަނަ ދިރާސީ އަހަރުގެ ވައުޗަރަށް ތަކެތި ދޫކުރުމަށް އަލުން ރަޖިސްޓްރީކުރަންޖެހޭނެ ވާހަކަ ދެންނެވީމެވެ.

5. މިއިޢުލާނާއެކު "ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރުމަށް ރަޖިސްޓްރީ ވުމަށްއެދޭ ފޯމް" އަދި، "ސްޓޭޝަނަރީ ވައުޗަރުތަކުގެ ލިސްޓް" އެޓޭޗް ކުރެވިފައިވާނެއެވެ.

6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވެލާނާގެ، 9 ވަނަ ފަންގިފިލާ

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.                                          

ފޯން: 9997721 / 7986664

އީ-މެއިލް: [email protected]

16 މޭ 2023